Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޝަންގްހާއި މާސްޓާސް

ޝަންގްހާއި މާސްޓާސް: ނަޑާލް ބަލިކޮށް ފެޑެރާ ތަށި އުފުލާލައިފި

16 އޮކްޓޯބަރު 2017 | ހޯމަ 11:32

ފެޑެރާ ވަނީ ނަޑާލް ސީދާ ދެ ސެޓުން ބަލިކޮށްފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 16 އޮކްޓޯބަރު 2017 | ހޯމަ 11:32
ރޯޖާ ފެޑެރާ އަދި ނަޑާލް އިނާމު ދިނުމުގެ ރަސްމިއްޔާތަށް ފަހު - މިއީ ޓެނިސްގެ ދުނިޔޭގައި އެންމެ ވާދަވެރި ދެ ކުޅުންތެރިން

ރޯޖާ ފެޑެރާ އަދި ނަޑާލް އިނާމު ދިނުމުގެ ރަސްމިއްޔާތަށް ފަހު - މިއީ ޓެނިސްގެ ދުނިޔޭގައި އެންމެ ވާދަވެރި ދެ ކުޅުންތެރިން

ޝަންގްހާއި މާސްޓާސްގެ ފައިނަލްގައި ރަފައޭލް ނަޑާލް ބަލިކުރުމަށްފަހު ރޯޖާ ފެޑެރާ ތަށި އުފުލާލައިފިއެވެ.

ޗައިނާގެ ޝަންގްހާއީގައި ކުރިޔަށް ދިޔަ އޭޓީޕީ ވޯލްޑް ޓުއާގެ ޝަންގްހާއީ މާސްޓާސްގެ ޗެމްޕިއަންކަން ފެޑެރާ ހޯދީ ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ސްޕެއިންގެ ރަފައޭލް ނަޑާލް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ފެޑެރާ ގެންދިޔައީ 6-4 އަދި 6-3 އަކުންނެވެ. 36 އަހަރުގެ ފެޑެރާ މި އަހަރު ކުޅުނު މެޗުތަކުގެ ތެރެއިން ބަލިވެފައިވަނީ އެންމެ ހަތަރު މެޗުން ކަމުގައިވާއިރު އޭނާ ނަޑާލް ބަލިކޮށްފައިވަނީ 72 މިނެޓުންނެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ވާހަކަ ދައްކަމުން ފެޑެރާ ބުނެފައިވަނީ އަންނަ މަހު ލަންޑަންގެ އޯޓޫ އެރީނާގައި އޮންނަ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްއަކީ އޭނާގެ އެންމެ ބޮޑު އަމާޒު ކަމަށާއި އޭނާގެ އުއްމީދަކީ އެ މުބާރާތް ކާމިޔާބުކޮށް އަލުން އަނބުރާ ދުނިޔޭގެ ރޭންކިންގެ އެއްވަނަ ހޯދުން ކަމަށެވެ.

މި ސީޒަނުގައި ފެޑެރާ ވަނީ ހަތަރު ފަހަރެއްގެ މަތިން ނަޑާލް ބަލިކޮށްފައެވެ. އަދި މިއީ އެ ދެ ކުޅުންތެރިން ވާދަކުރި މެޗުތަކުގެ ތެރެއިން ފެޑެރާ ނަދާލްގެ މައްޗަށް ޖެހިޖެހިގެން ކުރިހޯދި ފަސް ވަނަ މެޗެވެ. ފެޑެރާ އާއި ނަދާލް ޖުމްލަ 38 ފަހަރު ވާދަކޮށްފައިވާއިރު 23 މެޗުން ނަޑާލް މޮޅުވެފައިވާއިރު ބާކީ 15 މެޗުން މޮޅުވެފައިވަނީ ފެޑެރާއެވެ. މި މުބާރާތް ކާމިޔާބު ކުރުމާއެކު ފެޑެރާ ވަނީ އޯޕަން އެރާގައި 94 މުބާރާތް ކާމިޔާބު ކޮށް އެންމެ ގިނަ މުބާރާތް ކާމިޔާބު ކުރި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައަށް ޖެހިލާފައެވެ.

މިއީ ފެޑެރާ މި ސީޒަނުގައި ކާމިޔާބުކުރި ހަ ވަނަ މުބާރާތައް ވާއިރު އަންނަ މަހު އޮންނަ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސް އޭނާ ކާމިޔާބު ކޮށްފިނަމަ އޭނާއަށް އަލުން އަނބުރާ ދުނިޔޭގެ ރޭންކިންގެ އެއްވަނަ ލިބޭނެއެވެ. ފެޑެރާ ވަނީ ކެރިއަރުގައި 19 ގްރޭން ސްލޭމް ކާމިޔާބުކޮށް 302 ހަފްތާ ވަންދެން ދުނިޔޭގެ ރޭންކިންގެ އެއްވަނަ ދަމަހައްޓާފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް