Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް

ޓެސްޓް ޗެމްޕިއަންޝިޕާއި އޯޑީއައި ލީގު ބޭއްވުމަށް އައިސީސީއިން ނިންމައިފި

2021 ވަނަ އަހަރު ތައާރަފް ކުރަން ހަމަޖެހިފައިވާ އޯޑީއައި ލީގުގައި 13 ޓީމަކުން ވާދަކުރާނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 13 އޮކްޓޯބަރު 2017 | ހުކުރު 18:46
އައިސީސީ ކްރިކެޓް ވޯލްޑްކަޕްގެ ތެރެއިން

އައިސީސީ ކްރިކެޓް ވޯލްޑްކަޕްގެ ތެރެއިން

އިންޓަނޭޝަނަލް ކްރިކެޓުގައި އޯޑީއައި ލީގާއި ޓެސްޓް ޗެމްޕިއަންޝިޕް ބޭއްވުމަށް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އިއިސީސީ) އިން ނިންމައިފިއެވެ.

އައިސީސީއިން މިހެން ނިންމުމާއެކު މިހާރު ކުޅެމުންދާ ޓެސްޓް ސީރީސްގެ މެޗުތަކާއި އޯޑީއައި މެޗުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނުވަ ޓީމެއްގެ މެދުގައި ހަ ސީރީސްގެ ޓެސްޓް މެޗުތަށް ކުޅެވޭނެއެވެ. އެއީ އަމިއްލަ ގައުމުގައި ކުޅޭ ތިން މެޗާއި ގައުމުން ބޭރުގައި ކުޅެވޭ ތިން މެޗެވެ. މި މެޗުތަށް ކާމިޔާބު ކުރާ ޓީމުތަކުން ދެން ވާދަކުރަން ޖެހޭނީ ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕްގެ ފައިނަލްސްގައި ކަމަށް އައިސީސީއިން ހާމަކުރެއެވެ.

ހަމައެހެންމެ 2021 ވަނަ އަހަރު ތައާރަފް ކުރަން ހަމަޖެހިފައިވާ އޯޑީއައި ލީގުގައި 13 ޓީމަކުން ވާދަކުރާނެ ކަމަށާއި މި ލީގަކީ އައިސީސީ ކްރިކެޓް ވޯލްޑް ކަޕަށް ކޮލިފައިވާ ޓީމުތަށް ކަނޑައަޅާ ލީގު ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އައިސީސީއިން ވަނީ ހަތަރު ދުވަހުގެ ޓެސްޓް މެޗުތަށް ކުޅުމުގެ ހުއްދަ ވެސް ގައުމުތަކަށް ދީފައެވެ. މިއީ ކްރިކެޓް ކުރިއަރުވާ ދެމެހެއްޓުމަށް ކުރެވެމުންދާ ކަންކަމުގެ ތެރެއިން އެ ކައުންސިލުން ނިންމި ނިންމުމެއް ކަމަށް އައިސީސީއިން ބުނެފައިވެއެވެ.

އައިސީސީއިން ހާމަކޮށްފައިވާ ގޮތުގައި 2019 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕަށްފަހު ތައާރަފް ކުރަން ހަމަޖެހިފައިވާ ޓެސްޓް ޗެމްޕިއަންޝިޕް ކުރިޔަށް ގެންދިއުމުގެ މަގްސަދަކީ ކްރިކެޓު މެޗުތަކުގެ ވަގުތު ދިގުކޮށް ކްރިކެޓް ބެލުމަށް ދަނޑަށް ވަންނަ މީހުންގެ އަދަދު އިތުރު ކުރުމެވެ.

ދެކުނު އެފްރިކާއިން ވަނީ ދާދި ފަހުން ހަތަރު ދުވަހުގެ ޓެސްޓް މެޗުތަކެއް ކުޅުމުގެ ހުއްދައަށް އެދިފައެވެ. އެހެނަސް އައިސީސީއިން މިކަމަށް ހުއްދަ ދީފައެއް ނުވެއެވެ. ހަމަމިއާއެކު އައިސީސީއިން ވަނީ "ޑޭ ނައިޓް ޓެސްޓް" މެޗުތަށް ވެސް ތައާރަފް ކޮށްފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު