Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުން

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

9 ނޮވެމްބަރު 2026 | ހޯމަ 08:58

މުޅި ރާއްޖެއަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ވައިގަދަވާނެތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި. ކުރިއަށް އޮތް ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވޭ. އަދި ހުޅަނގު މޫސުމުގެ މި ވިއްސާރައިގައި ބައެއް ރަށްތަކުގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުންތައް ވެސް ދަނީ ލިބެމުން

އަމްނާ އިމާދު
އަމްނާ އިމާދު | 9 ނޮވެމްބަރު 2026 | ހޯމަ 08:58
ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލެގެ ހާލަތު / މަގުމަތީގައި ފެންބޮޑުވުން

ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލެގެ ހާލަތު / މަގުމަތީގައި ފެންބޮޑުވުން | ރާއްޖެއެމްވީ

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ. 

މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހޯމަ ދުވަހުގެ މެންދުރުފަހު 1:30ން ހޯމަ ދުވަހުގެ ރޭ 7:00 ށެވެ. 

Advertisement - newsAdvertisement

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހޯމަ ދުވަހުގެ ހެނދުނު 10:00ން އަންގާރަ ދުވަހުގެ ހެނދުނު 10:00ށް ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

މީގެ އިިތުރުން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ކަނޑުތައް އާދައިގެ ވަަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 6 ނުވަތަ 3 ފޫޓު ހުންނާނެ ކަމަށެވެ. 

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީވެ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވާއިރު، އާދިއްތަ ދުވަހުގެ ހެނދުނު 8:00ން ހޯމަ ދުވަހުގެ ހެނދުނު 8:00ށް އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ކ.ދިއްފުއްޓަށެވެ. އެއީ 85.5 މިލިމީޓަރުގެ ވާރޭ އެވެ. 

މޫސުމާބެހޭ ގައުމީ އިދާރާއިން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ދެން އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ބ. ތުޅާދޫ އަށެވެ. އެއީ 70.2 މިލިމީޓަރުގެ ވާރޭ އެވެ. މީގެ އިތުރުން މ.މުއްޔަށް 62.6 މިލިމީޓަރުގެ ވާރޭ، ފ.ނިލަންދޫ އަށް 61.2 މިލިމީޓަރުގެ ވާރޭ، އިފުރު އެއަރޕޯޓަށް 55.5 މިލިމީޓަރުގެ ވާރޭ އަދި ޅ.އޮޅުވެލިފުއްޓަށް 53.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. 

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ. ރަށު ތެރެ ފެން ބޮޑުވެ ގެތަކަށް ފެންވަދެ، ހިފައިގެންގުޅޭ އާލަތްތަކަށް ގެއްލުންވުމާއި، ކަރަންޓު ކެނޑުމާއި، ރުށްގަސްތައް ވެއްޓުން ފަދަ ހާދިސާތައް ހިނގާފައިވެ އެވެ. 

މޫސުމާބެހޭ ގައުމީ އިދާރާމޫސުން

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2026

ބުރާސްފަތި ދުވަހުން ފެށިގެން ވިއްސާރަ އަލިވެ، މޫސުން ރަނގަޅުވާނެ: މެޓް

08 ނޮވެމްބަރު 2026
ބުރާސްފަތި ދުވަހުން ފެށިގެން ވިއްސާރަ އަލިވެ، މޫސުން ރަނގަޅުވާނެ: މެޓް
07 ނޮވެމްބަރު 2026

ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

07 ނޮވެމްބަރު 2026
ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި
27 އޮކްޓޯބަރު 2026

ރާއްޖޭގެ ބޮޑު ބަޔަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު، ސަމާލުވޭ!

27 އޮކްޓޯބަރު 2026
ރާއްޖޭގެ ބޮޑު ބަޔަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު، ސަމާލުވޭ!
24 އޮކްޓޯބަރު 2026

ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ ގާފަރަށް، ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވެ ރާޅުގެ އުސްމިން 7 ފޫޓަށް އުފުލޭނެ!

24 އޮކްޓޯބަރު 2026
ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ ގާފަރަށް، ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވެ ރާޅުގެ އުސްމިން 7 ފޫޓަށް އުފުލޭނެ!
23 އޮކްޓޯބަރު 2026

އެލް-ނީނޯގެ ބާރުގަދަވެ ކުރިއަށް އޮތް އިރުވައި މޫސުމުގައި ރާއްޖޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވާނެ ކަމަށް ލަފާކުރެވޭ: މެޓް

23 އޮކްޓޯބަރު 2026
އެލް-ނީނޯގެ ބާރުގަދަވެ ކުރިއަށް އޮތް އިރުވައި މޫސުމުގައި ރާއްޖޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވާނެ ކަމަށް ލަފާކުރެވޭ: މެޓް
22 އޮކްޓޯބަރު 2026

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ކ އަތޮޅުން ލ އަތޮޅަށް ރީނދޫ ސަމާލު ނެރެފި

22 އޮކްޓޯބަރު 2026
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ކ އަތޮޅުން ލ އަތޮޅަށް ރީނދޫ ސަމާލު ނެރެފި
22 އޮކްޓޯބަރު 2026

ބުދަ ދުވަހުގެ ރޭ މާލޭގައި ފެންބޮޑުވީ އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ފެން ހިންދާ ޕަމްޕްތައް ނަގާފައިވާތީ: މޭޔަރު އާޒިމް

22 އޮކްޓޯބަރު 2026
ބުދަ ދުވަހުގެ ރޭ މާލޭގައި ފެންބޮޑުވީ އެއްވެސް ބެކްއަޕް ޕްލޭނެއް ނެތި ފެން ހިންދާ ޕަމްޕްތައް ނަގާފައިވާތީ: މޭޔަރު އާޒިމް
21 އޮކްޓޯބަރު 2026

ރާއްޖޭގެ ހުޅަނގުން އެފެދެމުންދާ ބޯ ވިއްސާރަ ވިލާތަށް އަތޮޅު ތަކުގެ މައްޗަށް އަރާތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފި

21 އޮކްޓޯބަރު 2026
ރާއްޖޭގެ ހުޅަނގުން އެފެދެމުންދާ ބޯ ވިއްސާރަ ވިލާތަށް އަތޮޅު ތަކުގެ މައްޗަށް އަރާތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފި
14 އޮކްޓޯބަރު 2026

ވާދޫގައި ފެން ބޮޑުވެ ކައުންސިލްގެ މަސައްކަތް ހުއްޓުމަކަށް!

14 އޮކްޓޯބަރު 2026
ވާދޫގައި ފެން ބޮޑުވެ ކައުންސިލްގެ މަސައްކަތް ހުއްޓުމަކަށް!
09 އޮކްޓޯބަރު 2026

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާދިއްތައާ ހަމައަށް ދެމިގެންދާނެ: މެޓް

09 އޮކްޓޯބަރު 2026
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާދިއްތައާ ހަމައަށް ދެމިގެންދާނެ: މެޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް