Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީ އަބުރުފުޅު ފަންޑު

ރާއްޖެޓީވީ ފަސްލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމާ ގުޅިގެން އަބުރުފުޅު ފަންޑު ހުޅުވައިފި

ފަންޑު ހުޅުވާފައިވަނީ މިއަދު ހަވީރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 އޮކްޓޯބަރު 2017 | އަންގާރަ 12:21
އަބުރުފުޅު ފަންޑު ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ

އަބުރުފުޅު ފަންޑު ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ

ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާ ގުޅިގެން، ރާއްޖެޓީވީން އަބުރުފުޅު ފަންޑުގެ ނަމުގައި ހުޅުވަން ނިންމި ފަންޑް އަންގާރަ ދުވަހުގެ ހަވީރު 4:30 ގައި ހުޅުވައިފިއެވެ.

މި ގޮތުން ފަންޑު ހުޅުވައިދެއްވުމުގެ ގޮތުން ރާއްޖެޓީވީގައި ބަހައްޓައިފައިވާ ފަންޑް ފޮއްޓަށް ފުރަތަމަ ފައިސާގެ އެހީ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއެވެ.

Advertisement - newsAdvertisement

ފަންޑު ހުޅުއްވައިދެއްވަމުން މުސްތަފާ ވިދާޅުވީ ރާއްޖެޓީވީ ވުޖޫދުން ފުހެލުމަށްޓަކައި ބަޔަކު މަސައްކަތް ކުރާ ކަމަށެވެ. އަދި ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައިވަނީ އިންސާނީ ބުއްދިއަށް ވިސްނޭ ގޮތަށް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަންޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވިގެން ދިޔުމަކީ ދައުލަތުގެ މުއައްސަސާތަކުން ގުޅިގެން ރާއްޖެޓީވީ ނައްތާލަން ކުރާ މަސައްކަތްތަކެއް ކަމަށެވެ. އަދި ފަސް ލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރުމަކީ ޤާނޫނާއި އެއްގޮތަށް ކޮށްފައިވާ ކަމެއްވެސް ނޫން ކަމަށެވެ.

ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރ ހުޝާމް މުހައްމަދު ވިދާޅުވީ މާލޭގެ އިތުރުން ރާއްޖެޓީވީއާ ގުޅިގެން އަތޮޅު ތެރޭގައި ފަންޑު ފޮށި ބެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ރާއްޖެޓީވީގެ ނަންބަރު 3007771 އަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެދިލައްވާ ކަމަށެވެ.

މި ފަންޑަށް ފައިސާ ޖަމާކުރެވޭ އުސޫލުތަކުގެ ތެރޭގައި ފަންޑު ފޮށި ހުންނަ ސަރަހައްދަށް އައިސް ފައިސާ ޖަމާކުރުމާއި ރާއްޖެޓީވީން ކަނޑައަޅާ ފަންޑުގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ ގޮތް ވަނީ ހަމަޖެހިފައިވެއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު