Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުދައްރިސް މޫސާ އަވަހާރަވުން

ދައުލަތަށް 49 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި މަޝްހޫރު ދިވެހި މުދައްރިސް މޫސާ އަލީ އަވަހާރަވެއްޖެ

7 ނޮވެމްބަރު 2026 | ހޮނިހިރު 14:39

ދައުލަތަށް 49 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ނަމޫނާ މުދައްރިސް މޫސާ އަލީ އަވަހާރަވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ހިތާމަފާޅުކުރަމުން. ތައުލީމީ ދާއިރާއިން ޝަރަފުވެރި އިނާމުތަކެއް ހޯއްދަވާފައިވާ މޫސާ އަލީއަކީ ދަރިވަރުންގެ އަހުލާގާއި ދިވެހިވަންތަކަން ބިނާކުރެއްވުމަށް ނުހަނު ބޮޑު އިސްކަމެއް ދެއްވި، އިހުތިރާމް ލިބިގެންވީ ބޭފުޅެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ނޮވެމްބަރު 2026 | ހޮނިހިރު 14:39
ދިވެހި ދައުލަތަށް 49 އަހަރަށް ވުރެ ގިނަ ދުވަހު އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ މަޝްހޫރު ދިވެހި މުދައްރިސް މޫސާ އަލީ

ދިވެހި ދައުލަތަށް 49 އަހަރަށް ވުރެ ގިނަ ދުވަހު އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ މަޝްހޫރު ދިވެހި މުދައްރިސް މޫސާ އަލީ | ރައީސް އޮފީސް

ދިވެހި ދައުލަތަށް 49 އަހަރަށް ވުރެ ގިނަ ދުވަހު އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ މަޝްހޫރު ދިވެހި މުދައްރިސް މޫސާ އަލީ އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހާރަވީ ހޮނިހިރު ދުވަހުގެ ވަގުތެއްގަ އެވެ.

Advertisement - newsAdvertisement

މޫސާ އަލީއަކީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައި، ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ބިނާކުރެއްވުމުގައި ނަމޫނާ ދެއްކެވި ބޭފުޅެކެވެ.

މޫސާ އަލީއަކީ އަހުލާގީ ގޮތުންނާއި، ވަގުތަށް ކަމޭހިތްތެވުމުގެ އިތުރުން ކުރައްވާ ކޮންމެ މަސައްކަތަކަށް ދެއްވާ ސަމާލުކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންގެ މެދުގައި ބޮޑު އިހުތިރާމެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.

އޭނާގެ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިވެހިބަހަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން 1996 ވަނަ އަހަރު ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވާފަ އެވެ. މީގެ އިތުރުން، ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު 2023 ވަނަ އަހަރު އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ.

މޫސާ އަލީ އަވަހާރަވުމާ ގުޅިގެން ކުރީގެ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، މޫސާ އަލީއަކީ ދަރިވަރުންނާ މުއާމަލާތު ކުރެއްވުމުގައި ނުހަނު ކުލުނުވެރި އަދި ހަރުދަނާ މިޒާޖެއް ގެންގުޅުއްވި ބޭފުޅެއް ކަމަށެވެ.

ވަކިން ހާއްސަކޮށް ދަރިވަރުންގެ ޝަހްސިއްޔަތު ދިވެހި އިސްލާމީ ތަރަހައިގެ މަތީގައި ބިނާކުރެއްވުމަށް އޭނާ ވަރަށް ބޮޑު އިސްކަމެއް ދެއްވިކަން އާދަމް ނަސީރު ފާހަގަކުރެއްވި އެވެ.

ދިވެހި ތައުލީމީ ދާއިރާއަށް ބޮޑެތި ހިދުމަތްތަކެއް ކުރެއްވި މި ހިދުމަތްތެރިޔާ އަވަހާރަވުމާ ގުޅިގެން، އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވައި ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ. މޫސާ އަލީއަކީ އޭނާގެ ދަރިވަރުންނަށް ހަމައެކަނި މުދައްރިސެއްގެ އިތުރުން، ދިވެހިވަންތަކަމާއި އަހުލާގީ ރީތި ސިފަތައް ދަސްކޮށްދެއްވި މުރުޝިދެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.

މޫސާ އަލީއާދަމް ނަސީރު އިބްރާހިމް

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

އިތުރަށް ކިޔާލަން

14 އެޕްރީލު 2026

އިސްތިއުފާދިން 10 ވަނަ މިނިސްޓަރަކަށް އާދަމް ނަސީރު

14 އެޕްރީލު 2026
އިސްތިއުފާދިން 10 ވަނަ މިނިސްޓަރަކަށް އާދަމް ނަސީރު
05 މާރިޗު 2026

މާލޭގައި ތަރައްޤީކުރާ އިންޓަރެކްޓިވް މިއުޒިއަމް މިއަހަރު ހުޅުވަނީ

05 މާރިޗު 2026
މާލޭގައި ތަރައްޤީކުރާ އިންޓަރެކްޓިވް މިއުޒިއަމް މިއަހަރު ހުޅުވަނީ
24 ޖެނުއަރީ 2026

ހެރިޓޭޖް މިނިސްޓްރީން ރަމަޟާން މަހަށް ޚާއްސަ ކޮށްގެން ކެއްކުމުގެ ބޮޑު މުބާރާތެއް، އެކަމަކު ވަނަތަކަށް ހުށަހަޅާފައިވާ އިނާމުތަކުގެ ތެރެއިން 3 ވަނަ އަށް ވެސް 1000 ރުފިޔާ!

24 ޖެނުއަރީ 2026
ހެރިޓޭޖް މިނިސްޓްރީން ރަމަޟާން މަހަށް ޚާއްސަ ކޮށްގެން ކެއްކުމުގެ ބޮޑު މުބާރާތެއް، އެކަމަކު ވަނަތަކަށް ހުށަހަޅާފައިވާ އިނާމުތަކުގެ ތެރެއިން 3 ވަނަ އަށް ވެސް 1000 ރުފިޔާ!
05 ޖެނުއަރީ 2026

ޅެމުން ފަރުވާ ދެނީ ކޮންކޮން ބަލިތަކަކަށްތޯ ސުވާލު ކުރުމުން ހެލްތް މިނިސްޓަރު ވިދާޅުވީ އެކަމުގެ މައުލޫމާތު ހެލްތު މިނިސްޓްރީ އަކަށް ނޭނގޭ ކަމަށް

05 ޖެނުއަރީ 2026
ޅެމުން ފަރުވާ ދެނީ ކޮންކޮން ބަލިތަކަކަށްތޯ ސުވާލު ކުރުމުން ހެލްތް މިނިސްޓަރު ވިދާޅުވީ އެކަމުގެ މައުލޫމާތު ހެލްތު މިނިސްޓްރީ އަކަށް ނޭނގޭ ކަމަށް
20 އޮކްޓޯބަރު 2025

ދާރުލް އާސާރުން އުކާލި ކުނި: މިނިސްޓަރު ވިދާޅުވަނީ ކުނި ނައްތާލީ މާލިއްޔަތު ޤާނޫނާއި އެއްގޮތަށް ކަމަށް

20 އޮކްޓޯބަރު 2025
ދާރުލް އާސާރުން އުކާލި ކުނި: މިނިސްޓަރު ވިދާޅުވަނީ ކުނި ނައްތާލީ މާލިއްޔަތު ޤާނޫނާއި އެއްގޮތަށް ކަމަށް
12 ޖުލައި 2025

އަހަރުތަކެއް ފަހުން ޒަމާނީ އިސްލާމީ ކުތުބުޚާނާ ހުޅުވައިފި

12 ޖުލައި 2025
އަހަރުތަކެއް ފަހުން ޒަމާނީ އިސްލާމީ ކުތުބުޚާނާ ހުޅުވައިފި
01 މެއި 2025

އާސާރީ ބިނާތައް ދަނީ ވީރާނާވަމުން، ޕްރެޒެންޓޭޝަނަކުން ގައުމިއްޔަތު ދިރުވައި އާލާ ނުކުރެވޭނެ: ޔުމްނާ

01 މެއި 2025
އާސާރީ ބިނާތައް ދަނީ ވީރާނާވަމުން، ޕްރެޒެންޓޭޝަނަކުން ގައުމިއްޔަތު ދިރުވައި އާލާ ނުކުރެވޭނެ: ޔުމްނާ
30 އެޕްރީލު 2025

ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި

30 އެޕްރީލު 2025
ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި
16 އެޕްރީލު 2025

ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފެއް ނުވޭ: މެންބަރު ޒިޔާދު

16 އެޕްރީލު 2025
ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފެއް ނުވޭ: މެންބަރު ޒިޔާދު
25 ޖުލައި 2024

މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގެ މަތިން ގައުމިއްޔަތު މިނިސްޓްރީ ހަނދާން ނެތިއްޖެ

25 ޖުލައި 2024
މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގެ މަތިން ގައުމިއްޔަތު މިނިސްޓްރީ ހަނދާން ނެތިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް