Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިވެލި ބީޗް ރެސްޓޯރެންޓް

އެޗްޑީސީއަށް ކުލި ނުދެއްކި މައްސަލައިގައި 'ރިވެލި ބީޗް ރެސްޓޯރެންޓް' ހިންގި ބިން އަތުލައިފި

2 ނޮވެމްބަރު 2026 | ހޯމަ 16:06

ހުޅުމާލޭގައި "ރިވެލި ބީޗް ކްލަބު" ހިންގި ސޮލާރިސް ހޮސްޕިޓަލިޓީއާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން އެޗްޑީސީން އަތުލީ ކުލި ނުދައްކާ ގިނަ ދުވަސްވުމާ ގުޅިގެން. މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް އެކަށީގެންވާ ފުރުސަތުތަކެއް ދިނުމަށްފަހު ކަމަށްވާތީ، އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގުމަކީ މިހާރު މަނާކަމެއް

ދެލިކޮޕީ
ދެލިކޮޕީ | 2 ނޮވެމްބަރު 2026 | ހޯމަ 16:06
ހުޅުމާލޭގައި ހުންނަ ރިވެލި ބީޗް ކްލަބު އެންޑް ރެސްޓޯރެންޓް

ހުޅުމާލޭގައި ހުންނަ ރިވެލި ބީޗް ކްލަބު އެންޑް ރެސްޓޯރެންޓް | ރިވެލި ބީޗް ކްލަބު އެންޑް ރެސްޓު

ހުޅުމާލޭގައި "ރިވެލި ބީޗް ކްލަބު އެންޑް ރެސްޓޯރެންޓް" ހިންގަމުންދިޔަ ބިން، ކުލީގެ ގޮތުގައި ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ އޮތް މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަތުލައިފި އެވެ.

އެޗްޑީސީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ލޮޓް ނަންބަރު 10877 އެ ބިމުގައި ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުން މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ހޯމަ ދުވަހުން ފެށިގެން އެ ބިމުގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް ކުރުމާއި، އެއްވެސް ހިދުމަތެއް ދިނުމަކީ މަނާކަމެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ އާންމުކޮށް އަންގާފަ އެވެ.

Advertisement - newsAdvertisement

އެޗްޑީސީން ހާމަކުރި ގޮތުގައި، ވިޔަފާރި ހިންގުމަށް އެ ކުންފުންޏަށް ދޫކޮށްފައިވާ އެ ބިން އަތުލަން ނިންމީ ކުލި ނުދައްކާ ދިގު މުއްދަތެއް ވެފައިވާތީ އެވެ. ނަމަވެސް ކުލީގެ ގޮތުގައި ނުދައްކާ ހުރީ ޖުމްލަ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އެޗްޑީސީން ހާމައެއް ނުކުރެ އެވެ.

އެ ކޯޕަރޭޝަނުން އިތުރަށް ބުނީ، މި ފިޔަވަޅު އަޅާފައިވަނީ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ހުރިހާ ނޯޓިސްތަކެއް ދީ، ފައިސާ ދެއްކުމަށް އެކަށީގެންވާ ގިނަ ފުރުސަތުތަކެއް ދިނުމަށްފަހު، ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.

މީގެ އިތުރުން އެޗްޑީސީން ފާހަގަކުރި ގޮތުގައި، މިފަދަ ނިންމުމެއް ނިންމަނީ ހުޅުމާލޭގައި ހިދުމަތްދޭ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދިނުމަށް ފަހުގަ އެވެ. އަދި އެ ކޯޕަރޭޝަންގެ އަމާޒަކީ އަބަދުވެސް ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ވީހާވެސް ފަހި މާހައުލެއް ބިނާކޮށްދިނުން ކަމަށް ވެސް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެ އެވެ.

އެޗްޑީސީރިވެލި ބީޗް ރެސްޓޯރަންޓް

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އަސީލުގެ މަރުގެ މައްސަލަ ކުރިއަށްދާތާ 12 އަހަރު: 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

އިތުރަށް ކިޔާލަން

16 ޖުލައި 2026

މާލޭ ގްރޭންޑް ފްލެޓުތަކުގެ އަލިފާން ނިއްވާ ނިޒާމު ހަލާކުވެފައި ހުރިކަން އެޗްޑީސީއަކަށް ނޭނގޭ!

16 ޖުލައި 2026
މާލޭ ގްރޭންޑް ފްލެޓުތަކުގެ އަލިފާން ނިއްވާ ނިޒާމު ހަލާކުވެފައި ހުރިކަން އެޗްޑީސީއަކަށް ނޭނގޭ!
11 މާރިޗު 2026

ރެސްޓޯރަންޓެއްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއް އިހުތިޖާޖު ކުރުމުން، އެ މުވައްޒަފުންގެ ކަންބޮޑުވުންތައް ކަމާ ބެހޭ އިދާރާ އަށް ހުށަހަޅައިފި

11 މާރިޗު 2026
ރެސްޓޯރަންޓެއްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއް އިހުތިޖާޖު ކުރުމުން، އެ މުވައްޒަފުންގެ ކަންބޮޑުވުންތައް ކަމާ ބެހޭ އިދާރާ އަށް ހުށަހަޅައިފި
23 ޑިސެމްބަރު 2025

ނެގި ބަމްޕަރުތަކުގައި މައްސަލަ އެއް ނެތް، ރައްޔިތުން ޝަކުވާ ކުރީ މަޑުކޮށްލައިގެން ދާން ޖެހޭތީ: ފުލުހުން

23 ޑިސެމްބަރު 2025
ނެގި ބަމްޕަރުތަކުގައި މައްސަލަ އެއް ނެތް، ރައްޔިތުން ޝަކުވާ ކުރީ މަޑުކޮށްލައިގެން ދާން ޖެހޭތީ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް