Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އީރާނުގެ ނިއުކްލިއަރ ސިޔާސަތާއި އެމެރިކާގެ ދަތިކުރުންތަކުގެ އަރާރުމުގެ ތެރެއިން، މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުވަން ޤަތަރުން އަލުން މަޝްވަރާތައް ފަށައިފި

30 އޮކްޓޯބަރު 2026 | ހުކުރު 09:44

އެމެރިކާއިން ހުށަހެޅި ސުލްހައިގެ ޑްރާފްޓަށް އީރާނުން އިންކާރުކޮށްފައިވާއިރު، މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އީރާނުން ޝަރުތުކުރަނީ އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް. މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި ކަންކަމާ މެދު މެދުވެރިންނާއެކު މަޝްވަރާ ކުރަމުންދާއިރު، އެމެރިކާގެ އިސްވެރިންނާއި އީރާނާ ދެމެދު ސިއްހީ ސާމާނާ ގުޅޭ މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 30 އޮކްޓޯބަރު 2026 | ހުކުރު 09:44
އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން، ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލް ޘާނީއާ ރަޝިއާގެ މޮސްކޯގައި ބައްދަލުކުރައްވަނީ

އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން، ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލް ޘާނީއާ ރަޝިއާގެ މޮސްކޯގައި ބައްދަލުކުރައްވަނީ | ރޮއިޓަރސް

އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމަކަށް ވާސިލުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ޤަތަރުގެ މެދުވެރިން ހުކުރު ދުވަހު ތެހްރާނަށް ވަޑައިގަންނަވައި، އެ ޤައުމުގެ އިސް އޮފިޝަލުންނާއެކު މަޝްވަރާތައް ފަށްޓަވައިފި އެވެ. މި މަޝްވަރާތައް ކުރިއަށް ގެންދަނީ އެމެރިކާއާ ވިލަރެސްކުރެވިގެން ކަމަށް މި ކަމުގެ މަޢުލޫމާތު އިނގޭ މަަސްދަރުތަކުން ބުންޏެވެ.

ސުލްހައިގެ އެއްބަސްވުމެއްގެ ޑްރާފްޓު ޤަތަރުން އީރާނަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެއީ، އެމެރިކާއިން ބޭނުންވާ ކަންކަން ހިމާނާފައިވާ ޑްރާފްޓެކެވެ. ނަމަވެސް، އީރާނުގެ އިސް އޮފިޝަލަކު ވަނީ އެ ހުށަހެޅުންތަކަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ބުނެ، އެމެރިކާގެ އެންމެ ފަހުގެ ހުށަހެޅުންތަކަށް އިންކާރުކޮށްފަ އެވެ. އަދި، އީރާނުން ގެންގުޅޭ ނިއުކްލިއަރ ސިޔާސަތު އެ ގޮތުގައި ދަމަހައްޓާނެ ކަމަށް ވެސް އެ އޮފިޝަލް ބުންޏެވެ.

Advertisement - worldAdvertisement

މަޝްވަރާތައް ފެށޭ ހިސާބުން ފެށިގެން ވެސް ނިއުކްލިއަރ މައްސަލަތައް ހިމެނުމަށް ވޮޝިންގޓަނުން ބޭނުންވެ އެވެ. ނަމަވެސް، ތެހްރާނުން ޝަރުތުކުރަނީ މަޝްވަރާތަކުގެ ކުރިން، އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ބަންދުކުރުމުގެ ފިޔަވަޅުތައް އުވާލައި، ތެޔޮ އެކްސްޕޯޓު ކުރުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ބުދަ ދުވަހު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި އީރާނުން އަމިއްލައަށް ހުށަހަޅާފައިވާ ހަތް ދުވަހުގެ ހުށަހެޅުން ތަންފީޒުކުރެވޭނެ ގޮތްތަކުގެ ޚިޔާލުތައް މުރާޖާކުރުމަށް، މެދުވެރިންނާ ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ކަމަށެވެ.

މިއާއެކު، ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ނައިބު ރައީސް ޖޭޑީ ވެންސް އީރާނާއެކު ކުރެއްވި މުއާމަލާތުތަކަކީ ސިއްހީ ސާމާނާ ގުޅޭ ކަންކަމުގައި ކުރެއްވި މުއާމަލާތްތަކެއް ކަމަށެވެ. ޓްރަމްޕް މި މޭރުމުން ވިދާޅުވީ، އެ މުއާމަލާތްތަކަކީ ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް ކުރެވުނު މަސައްކަތްތަކަކާ ގުޅުންހުރި ކަމެއް ކަމަށް ބުނެ އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ ވެންސް އީރާން ސަރުކާރުގެ އިސް އޮފިޝަލަކަށް ފޮނުއްވި ސިޓީއަކަށެވެ.

މަސްދަރު: ރޮއިޓަރސް

އެމެރިކާ-އިރާގުގަތަރުޑޮނަލްޑް ޓްރަމްޕްޖޭޑީ ވޭންސްއައްބާސް އަރަގްޗީނިއުކްލިއަރ

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

3

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

4

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

5

ޑިގްރީ ނިންމާފައި ގްރެޖުއޭޝަނަށް ފައިސާ ދެއްކި ފަހުން އެންގީ ގްރެޖުއޭޓް ނުވެވެނީ "ނަސީބު ދެރަކަމުން" ކަމަށް!

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2026

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

30 އޮކްޓޯބަރު 2026
އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި
29 އޮކްޓޯބަރު 2026

ބަރުލަމާނީ އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް ޔަހޫދީ ނަތަންޔާހޫ ހުރީ ވެރިކަން ދޫކޮށްލާ ގޮތަކަށް ނޫން!

29 އޮކްޓޯބަރު 2026
ބަރުލަމާނީ އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް ޔަހޫދީ ނަތަންޔާހޫ ހުރީ ވެރިކަން ދޫކޮށްލާ ގޮތަކަށް ނޫން!
29 އޮކްޓޯބަރު 2026

ހަނގުރާމައިގެ އިންޒާރާއި ސިއްރު ޑިޕްލޮމެސީ: އީރާނުގެ މަޝްވަރާތައް އަލުން ދިރުވަން މަސައްކަތް ކުރަނީ

29 އޮކްޓޯބަރު 2026
ހަނގުރާމައިގެ އިންޒާރާއި ސިއްރު ޑިޕްލޮމެސީ: އީރާނުގެ މަޝްވަރާތައް އަލުން ދިރުވަން މަސައްކަތް ކުރަނީ
28 އޮކްޓޯބަރު 2026

ޕުޓިންއާއި ޒެލެންސްކީގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނަން: ޓްރަމްޕް

28 އޮކްޓޯބަރު 2026
ޕުޓިންއާއި ޒެލެންސްކީގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނަން: ޓްރަމްޕް
28 އޮކްޓޯބަރު 2026

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

28 އޮކްޓޯބަރު 2026
އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި
28 އޮކްޓޯބަރު 2026

ޕެންޓަގަންގެ ސިއްރު ހިސާބުތަކެއް ފަޅާއަރައިފި: އީރާން ހަނގުރާމައަށް ހޭދަވި އަދަދު 47 ބިލިޔަން ފަހަނައަޅައިފި

28 އޮކްޓޯބަރު 2026
ޕެންޓަގަންގެ ސިއްރު ހިސާބުތަކެއް ފަޅާއަރައިފި: އީރާން ހަނގުރާމައަށް ހޭދަވި އަދަދު 47 ބިލިޔަން ފަހަނައަޅައިފި
27 އޮކްޓޯބަރު 2026

ޓްރަމްޕް އިސްލާމްދީނަށް ފުރައްސާރަ ކުރައްވަނީ ސަރުކާރުގެ ނާކާމިޔާބީތައް ފޮރުވަން: ޑިމޮކްރެޓިކް ކެންޑިޑޭޓު ޢަބްދުލް އަލް-ސައްޔިދު

27 އޮކްޓޯބަރު 2026
ޓްރަމްޕް އިސްލާމްދީނަށް ފުރައްސާރަ ކުރައްވަނީ ސަރުކާރުގެ ނާކާމިޔާބީތައް ފޮރުވަން: ޑިމޮކްރެޓިކް ކެންޑިޑޭޓު ޢަބްދުލް އަލް-ސައްޔިދު
27 އޮކްޓޯބަރު 2026

އިންތިޚާބީ ޕްރެޝަރާއެކު ޓްރަމްޕްގެ ސިޔާސަތު ބަދަލުވަނީ: ދަގަނޑާއި އުޅަނދުފަހަރުގެ ޓެރިފަށް އަވަސް ހައްލެއް ހޯދުމުގެ އުންމީދު

27 އޮކްޓޯބަރު 2026
އިންތިޚާބީ ޕްރެޝަރާއެކު ޓްރަމްޕްގެ ސިޔާސަތު ބަދަލުވަނީ: ދަގަނޑާއި އުޅަނދުފަހަރުގެ ޓެރިފަށް އަވަސް ހައްލެއް ހޯދުމުގެ އުންމީދު
26 އޮކްޓޯބަރު 2026

ޕުޓިންއާ ބައްދަލުކުރެއްވުމަށް އީރާނުގެ ރައީސް ރަޝިޔާއަށް ވަޑައިގަންނަވަނީ

26 އޮކްޓޯބަރު 2026
ޕުޓިންއާ ބައްދަލުކުރެއްވުމަށް އީރާނުގެ ރައީސް ރަޝިޔާއަށް ވަޑައިގަންނަވަނީ
26 އޮކްޓޯބަރު 2026

ޔޫކްރެއިނަށް ދޭ އަސްކަރީ އެހީ ހުއްޓުމަކަށް އަތުވެދާނެ: ޓްރަމްޕާއި ޒެލެންސްކީގެ ކޯޅުން ފަޅައިގެން ދިޔަގޮތް!

26 އޮކްޓޯބަރު 2026
ޔޫކްރެއިނަށް ދޭ އަސްކަރީ އެހީ ހުއްޓުމަކަށް އަތުވެދާނެ: ޓްރަމްޕާއި ޒެލެންސްކީގެ ކޯޅުން ފަޅައިގެން ދިޔަގޮތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް