Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަޖިލިސް މަސައްކަތްތައް

މައްސަލަ އުފެދެނީ ސަރުކާރު ފާރަވެރިވުމާއި، ރައްޔިތުން ތަމްސީލުކުރުމުގެ ޒިންމާއިން މުޅިން ރެކިވަޑައިގެން ތިއްބަވާތީ!

26 އޮކްޓޯބަރު 2026 | ހޯމަ 11:02

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތްތަކުގެ ދެބައިކުޅަ އެއްބައި ނުނިމި އޮތްއިރު، ސަރުކާރުން ބޭނުންވާ ބިލްތައް ފާސްކުރުމަށް އެކަނި އިސްކަންދޭކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައި. ސަރުކާރު ޖަވާބުދާރީކުރުވުމާއި ފާރަވެރިވުމުގެ ދުސްތޫރީ ޒިންމާ އަދާކުރުމުގެ ބަދަލުގައި، މަޖިލީހުން ފެންނަނީ ސަރުކާރުގެ ނިންމުންތަކަށް އެއްވެސް ސުވާލެއް ނެތި ތާއީދުކުރާ މަންޒަރު.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އޮކްޓޯބަރު 2026 | ހޯމަ 11:02
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހަކީ ހަމައެކަނި ސަރުކާރުގެ ގާނޫނު ހަދާ ޑިޕާޓްމަންޓެއް ނޫނެވެ. އެއީ ގާނޫނުތައް ހެދުމާއި، ސަރުކާރު ހިންގާ ބާރު މޮނިޓަރކޮށް ފާރަވެރިވުމާއި، ރައްޔިތުން ތަމްސީލުކުރުމުގެ އިތުރުން، ދައުލަތުގެ ބާރުތައް ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ ދުސްތޫރީ މުއައްސަސާއެކެވެ.

ނަމަވެސް، ދިވެހިރާއްޖޭގައި މިއަދު ފެންނަމުންދަނީ އެ މަންޒަރެއް ނޫނެވެ. މަޖިލީހުން އިސްކަންދޭން ނިންމަނީ ކޮން ކަންތައްތަކަކަށްތޯ އާއި، ބަހުސްކުރުމުގެ ފުރުސަތު ދެނީ ކޮން ކަންތައްތަކަކަށްތޯ ބަލާލުމުންވެސް އެކަން ސާފުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ދެވަނަ ދައުރުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކުރި ނަމަވެސް، މަޖިލީހަށް ހުށަހެޅުނު ގާނޫނު ހެދުމާއި ފާރަވެރިވުމުގެ މަސައްކަތްތަކުގެ ތެރެއިން ނިންމިފައިވަނީ އެންމެ 49.3 އިންސައްތަ މަސައްކަތެވެ. ތާވަލުކުރެވުނު ނުވަތަ ކުރިއަށް އޮތް ދައުރަށް ބަދަލުކުރެވުނު މަސައްކަތްތަކުގެ ބޮޑު ބައެއް އޮތީ ނުނިމި އެވެ.

އެހެންނަމަވެސް، ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކާއި ބޭރު ފައިސާއާ ބެހޭ ގަވާއިދުތައް ފަދަ ސަރުކާރުން މުހިންމު ކަމަށް ދެކޭ ގާނޫނުތަކުގެ މަސައްކަތްތައް މަޖިލީހުން ދިޔައީ ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.

މިއިން އުފެދޭ ސުވާލަކީ، ސަރުކާރުގެ ގާނޫނީ މަސައްކަތްތައް ނިންމުމަށްޓަކައި މަޖިލީހުގެ ދައުރު އިތުރުކުރެވޭއިރު، ރައްޔިތުން ތަމްސީލުކުރުމާއި ސަރުކާރު ފާރަވެރިވުމާއި ގުޅޭ މަސައްކަތްތައް ނުނިމި ފުނިޖެހެމުންދަނީ ކީއްވެގެންތޯއެވެ؟

ވަޒީރުންނާ ސުވާލުކުރުމާއި، ސަރުކާރުގެ ނިންމުންތައް މޮނިޓަރކުރުމާއި، އާންމުން ކަންބޮޑުވާ މައްސަލަތައް ތަހުގީގުކުރުމުގެ ބާރުވެސް މަޖިލީހަށް ލިބިގެންވެއެވެ. ނަމަވެސް އަމަލީ ގޮތުން މިކަންކަން ހިނގާ ތަން މިއަދު އެއްވެސް ވަރަކަށް ފެންނަމުންނެއް ނުދެ އެވެ.

ވަޒީރަކަށް ސުވާލެއް ހުށަހެޅުމަކީ އެކަނި ޖަވާބުދާރީ ކުރުވުމެއް ނޫނެވެ. ޖަވާބުދާރީ ކުރުވުމަކީ، އެ ސުވާލަށް ފުރިހަމަ ޖަވާބެއް ލިބުމާއި، އެ ޖަވާބަށް ގޮންޖަހައި އިތުރު ސުވާލު ކުރުމުގެ ފުރުސަތު އޮތުމާއި، އަދި ދެވޭ ޖަވާބަކީ މައްސަލައަށް ހައްލެއް ލިބޭ ފަދަ ޖަވާބަކަށް ނުވާނަމަ އެކަމަށް މެމްބަރުން އަޑު އުފުލުމެވެ. ދާއިރާގެ ރައްޔިތުންގެ ހައްޤުގައި ބަސް ބުނުމެވެ. ނަމަވެސް ކަންވަނީ އެހެންތޯ އެވެ؟

މަޖިލީހުގެ އަޣުލަބިއްޔަތެއް އޮތުމުން ސަރުކާރަށް ބޭނުންވާ ގާނޫނުތައް ފާސްކުރުމުގެ ބާރު ލިބެއެވެ. ނަމަވެސް އޭގެ މާނައަކީ ސަރުކާރުން ހުށަހަޅާ ކޮންމެ ކަމެއް އެއްވެސް ސުވާލެއް ނެތި ބަލައިގަތުމެއް ނޫނެވެ. އަދި މައިނޯރިޓީގެ އަޑުތަކަކީ ބޭކާރު އެއްޗަކަށް ވުމެއްވެސް ނޫނެވެ.

މައްސަލައަކީ މަޖިލީހުން ސަރުކާރުގެ ބިލްތައް ފާސްކުރުމެއް ނޫނެވެ. ގާނޫނުތައް ފާސްކުރުމަކީ މަޖިލީހުގެ އަސާސީ އެއް ޒިންމާއެވެ. އަދި މަޖިލީހުގެ އަޣުލަބިއްޔަތެއް އޮތުމަކީ އޭގެ ޒާތުގައި ޑިމޮކްރަސީއާ ޚިލާފު ކަމެއްވެސް ނޫނެވެ.

މައްސަލަ އުފެދެނީ ސަރުކާރު ފާރަވެރިވުމާއި، ބަހުސްކުރުމާއި، ރައްޔިތުން ތަމްސީލުކުރުމުގެ ޒިންމާއިން މުޅިން ރެކިވަޑައިގެން ތިއްބަވާތީ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްޑިމޮކްރަސީމަޖިލިސް އިދާރާ

އެންމެ ހިނގާ

1

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

2

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

3

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

4

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

5

އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2026

ވަޒީރުންނާއި، ކައުންސިލަރުންގެ އެލަވަންސްތައް ބޮޑުކުރުމުން 48 މިލިއަން އިތުރުވޭ، މިއީ ދައުލަތަށް އަންނަ ވަރަށް ބޮޑު ބުރައެއް: މެންބަރު އަހުމަދު ދީދީ

22 އޮކްޓޯބަރު 2026
ވަޒީރުންނާއި، ކައުންސިލަރުންގެ އެލަވަންސްތައް ބޮޑުކުރުމުން 48 މިލިއަން އިތުރުވޭ، މިއީ ދައުލަތަށް އަންނަ ވަރަށް ބޮޑު ބުރައެއް: މެންބަރު އަހުމަދު ދީދީ
22 އޮކްޓޯބަރު 2026

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒު

22 އޮކްޓޯބަރު 2026
މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒު
21 އޮކްޓޯބަރު 2026

މަޖިލިސް ރައީސް އަށް 95،000 ރުފިޔާ، ވަޒީރުންގެ ކާރު އެލަވަންސް އަށް 17،000 ރުފިޔާ ދޭން ނިންމައި، ކައުންސިލަރުންގެ އިނާޔަތްތަކަށް ބޮޑު ބަދަލެއް ގެނައުމަށް ކޮމެޓީން ފާސްކޮށްފި

21 އޮކްޓޯބަރު 2026
މަޖިލިސް ރައީސް އަށް 95،000 ރުފިޔާ، ވަޒީރުންގެ ކާރު އެލަވަންސް އަށް 17،000 ރުފިޔާ ދޭން ނިންމައި، ކައުންސިލަރުންގެ އިނާޔަތްތަކަށް ބޮޑު ބަދަލެއް ގެނައުމަށް ކޮމެޓީން ފާސްކޮށްފި
19 އޮކްޓޯބަރު 2026

މަޝްވަރާ ކުރުމެއް ނެތި ރައީސް މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރާ ހުރިހާ ކަމެއް ގޮވަނީ އަތަށް: ބޮންޑާ

19 އޮކްޓޯބަރު 2026
މަޝްވަރާ ކުރުމެއް ނެތި ރައީސް މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރާ ހުރިހާ ކަމެއް ގޮވަނީ އަތަށް: ބޮންޑާ
14 އޮކްޓޯބަރު 2026

އިސްރާއީލު މީހުން ވަޒަންވެރިވުމާއި "ޖިހާދީ" ލޭބަލް: މަޖިލީހުގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް އަދިވެސް ރައްޔިތުން ތިބެންވީ ހިމޭނުންތަ؟

14 އޮކްޓޯބަރު 2026
އިސްރާއީލު މީހުން ވަޒަންވެރިވުމާއި "ޖިހާދީ" ލޭބަލް: މަޖިލީހުގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް އަދިވެސް ރައްޔިތުން ތިބެންވީ ހިމޭނުންތަ؟
13 އޮކްޓޯބަރު 2026

ނުހައްގު މުއްސަނދި ކަމުން ހޯދާ މުދާ ދައުލަތަށް ނަގަން ޖެހޭ ބިލު ހުށަހަޅަން ބިރު ގަންނަން ޖެހޭނީ ރައީސް ނޫންތޯ؟: މެންބަރު އައިބީ

13 އޮކްޓޯބަރު 2026
ނުހައްގު މުއްސަނދި ކަމުން ހޯދާ މުދާ ދައުލަތަށް ނަގަން ޖެހޭ ބިލު ހުށަހަޅަން ބިރު ގަންނަން ޖެހޭނީ ރައީސް ނޫންތޯ؟: މެންބަރު އައިބީ
13 އޮކްޓޯބަރު 2026

ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރުން ވަކިކޮށްލީ ފަޅި ސިކުންތެއް ތެރޭގައި، އެކަން ކުރެއްވި މެންބަރުން ޖިނާއި އިޖުރާތާއި ޝަރުއީ ނިޒާމޭ ކިޔާ "އަނގަފުޅާ" ކުރަން ލަދުގަންނަން ޖެހޭ: އައްބާސް

ނުހައްޤު މުއްސަނދިކަމާބެހޭ ބިލަކީ ރިޔާސީ އިންތިޚާބާ ދިމާކޮށް، މަޖިލިސް މެންބަރުންނާއި ވިޔަފާރިވެރިންނަށް ބިރު ދައްކައި، ބްލެކްމެއިލް ކުރުމަށް ސަރުކާރުން ރާވައިގެން ހުށަހަޅާފައިވާ ބިލެއް: މީކާއީލް

12 އޮކްޓޯބަރު 2026

ރައީސަށް އަމާޒުކޮށް އަބުރު ކަތިލާއިރު މުއައްސަސާތައް ހިމޭނުން އޮންނާތީ މެންބަރު ޝަރީފްގެ ފާޑުކިޔުން!

12 އޮކްޓޯބަރު 2026
ރައީސަށް އަމާޒުކޮށް އަބުރު ކަތިލާއިރު މުއައްސަސާތައް ހިމޭނުން އޮންނާތީ މެންބަރު ޝަރީފްގެ ފާޑުކިޔުން!
12 އޮކްޓޯބަރު 2026

ލޭބަރުންގެ ކަންކަން ހަމަޔަކަށް ނޭޅުވިގެން އުޅޭއިރު، ބޭރު މީހުން ވަޒަންވެރި ކުރުވުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: މެންބަރު ޒިޔާދު

12 އޮކްޓޯބަރު 2026
ލޭބަރުންގެ ކަންކަން ހަމަޔަކަށް ނޭޅުވިގެން އުޅޭއިރު، ބޭރު މީހުން ވަޒަންވެރި ކުރުވުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް