Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ ރޯކުރި މައްސަލަ

ރާއްޖެޓީވީ ރޯކުރި މައްސަލައިގައި ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާ އުފުލައިފި

9 އޮކްޓޯބަރު 2017 | ހޯމަ 07:25

އެ ހަމަލާއާ ގުޅިގެން ތައްޔާރުކުރި އޮޑިޓުން ދައްކާ ގޮތުން 11.65 މިލިއަން ރުފިޔާ ގެއްލުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 9 އޮކްޓޯބަރު 2017 | ހޯމަ 07:25
ރާއްޖެޓީވީ ހިންގި ބީކޭޓީ އިމާރާތުގެ އަލިފާން ރޯކުރުމަށް ވަން މީހުންތައް

ރާއްޖެޓީވީ ހިންގި ބީކޭޓީ އިމާރާތުގެ އަލިފާން ރޯކުރުމަށް ވަން މީހުންތައް

ރާއްޖެޓީވީ ހިންގަމުންދިޔަ އިމާރާތް ރޯކޮށްލާފައިވަނީ ދައުލަތުން ފޯރުކޮށްދޭންޖެހޭ ހިމަޔާތް ފޯރުކޮށް ނުދިނުމުން ކަމަށް ބުނެ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާ ކޮށްފި އެވެ.

ރާއްޖެޓީވީއިން ދައުލަތާ ދެކޮޅަށް ދައުވާކުރާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ހޯމަ ދުވަހު އެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީ ރޯކޮށްލި ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ތައްޔާރު ކުރި އޮޑިޓް ރިޕޯޓުން ލިބުނު ގެއްލުން 11.65 މިލިއަން ރުފިޔާ އަރާކަމަށް ރާއްޖެޓީވީން ބުނެ އެވެ. އެ ނުރައްކާތެރި ޖަރީމާ ހިންގި އިރު އިންޝުއަރެންސް މުއްދަތު ހަމަވެފައި އޮތުމާއެކު، އިންޝުއަރެންސް އައު ކުރުމުގެ މަސައްކަތްތައް ކުރެވެމުން ދިޔަ ކަމަށާއި އެހެން ކަމުން ލިބުނު ގެއްލުމަށް އިންޝުއަރެންސް އެހީ ލިބިފައި ނުވާ ކަމަށް ރާއްޖެ ޓީވީން ބުނެ އެވެ.

ރާއްޖެޓީވީ އަކީ ވެސް ދައުލަތަށް ޓެކްސް ދައްކައިގެން، ސައްތައިން ސައްތަ ދިވެހި މުވައްޒަފުން ވަޒީފާ އަދާކުރާ ސްޓޭޝަނަކަށް ވެފައި އިންޝުއަރެންސްގެ ޚިދުމަތް މެދު ކެނޑިފައި އޮތް ދަނޑިވަޅެއްގައި މިހާބޮޑު ގެއްލުމެއް ސްޓޭޝަނަށް ދިނުމުން އެކަމުން އަރައިގަތުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދި ރައީސް އޮފީހަށް ފޮނުވި ސިޓީއަށް މިއަދާ ހަމައަށް ޖަވާބެއްވެސް ލިބިފައިނުވާ ކަމަށް ސްޓޭޝަނުން ބުނެ އެވެ.

ރާއްޖެޓީވީ ރޯކޮށްލިތާ ހޮނިހިރު ދުވަހަށް ހަތަރު ވެފައިވާއިރު، ސްޓޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެޓީވީ ރޯކޮށްލުމުގައި ދައުލަތުގެ ބައެއް ވެރިންގެ އެހީތެރިކަން އޮތް ކަމަށް ތުހުމަތު ކުރެވޭ އިރު އެކަމުގައި ބައިވެރިވެފައިވަނީ އެންމެ ޒުވާނެއް ކަމަށް ހަދާ އޭނާގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގަމުންދާ ދިއުމަކީ ބޮޑު ޖޯކެއް ކަމަށެވެ. ހަގީގީ މުޖްރިކުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށްފައިނުވާ އިރު ޒުވާނެއްގެ މައްޗަށް ފިނިހަކަ ދުވެލީގައި ހިންގާ ޝަރީއަތަކީ އެއްވެސް މާނައެއް ނުވަތަ އިންސާފު ހޯދާދިނުމަށް ކުރަމުންދާ ކަމެއް ނޫން ކަމަށް ރާއްޖެޓީވީން ބުނެ އެވެ.

މިފަދަ ދަށު ދަރަޖައިގެ އަނިޔާވެރިކަން ދުވަހަކުވެސް ރާއްޖޭގެ އެހެން މީޑިޔާއަކަށް ތަޖުރިބާ ކުރަން ނުޖެހުމަކީ ރާއްޖެޓީވީގެ އުންމީދު ކަމަށާއި ބިރުވެރިކަމާ ނާމާން ކަމާ، ނާއިންސާފުގެ އަނިޔާވެރިކަމުން މިންޖުވެގެން ތިބެ، ނޫސްވެރިކަން މިނިވަންކަމާ އެކު އަދާ ކުރެވޭނެ ވެއްޓެއް ރާއްޖޭގައި ގާއިމް ވުމަށް އަބަދުވެސް އެދޭ ކަމަށް ރާއްޖެޓީވީގެބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖެ ޓީވީ ރޯކޮށް އަޅިއަށް ހެދުމަކީ ދިވެހި ތާރީހުގައި މީޑިއާ އަކަށް ދިން އެންމެ ނުރައްކާތެރި އަދި އެންމެ ގެއްލުން ބޮޑު ހަމަލާކަން ފާހަގަކޮށް ރާއްެޓީވީން ބުނީ އެ ޓީވީ ސްޓޭޝަން ރޯކޮށްލި މައްސަލައިގައި އިންސާފު ލިބުން ހުއްޓިފައި އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ރާއްޖެޓީވީ ރޯކޮށް އަންދާ އަޅިޔަށް ހަދާލި ހާދިސާއާ އެކު އޭރުގެ ސަރުކާރުން މިކަމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް "ނުފޮރޮޅާ އެންމެ ގައު ކޮޅެއްވެސް ނުބާއްވާނަން" ކަމަށް ބުނެ ބަޔާނެއް ނެރުނު ނަމަވެސް ހަތަރު އަހަރު ފާއިތުވެގެން ދިޔަ އިރުވެސް އިންސާފު އޮތް ތަނެއް ނޭނގޭ ކަމަށް ރާއްޖެ ޓީވީން ބުނެ އެވެ.

ރާއްޖެޓީވީ ރޯކޮށްލާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގަ އެވެ. ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން އައި ބީކޭޓީ އިމާރާތުގައި އަލިފާން ރޯކޮށްލާ ހުރިހާ އިކުއިޕްމެންޓްތައް އަންދާ އަޅިއަށް ހަދާލާފައިވަނީ، ރާއްޖެޓީވީއަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް