Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ ރޮހިންޖާ މުސްލިމުން

ރޮހިންޖާ ރެފިއުޖީންނަށް ބަންގާޅުގައި އަޅާ ބިޔަ ކޭމްޕަކީ ނުރައްކަލެއް: އދ

8 އޮކްޓޯބަރު 2017 | އާދީއްތަ 11:38

ބަންގްލަދޭޝްއިން އަޅަން ނިންމާފައިވާ ކޭމްޕަކީ 800،000 އަށްވުރެ ގިނަ މީހުންނަށް ގާއިމް ކުރާ ކޭމްޕެއް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 8 އޮކްޓޯބަރު 2017 | އާދީއްތަ 11:38
ބަންގްލަދޭޝްއިން އަޅަން ނިންމާފައިވާ ކޭމްޕަކީ 800،000 އަށްވުރެ ގިނަ މީހުންނަށް ގާއިމް ކުރާ ކޭމްޕެއް

ބަންގްލަދޭޝްއިން އަޅަން ނިންމާފައިވާ ކޭމްޕަކީ 800،000 އަށްވުރެ ގިނަ މީހުންނަށް ގާއިމް ކުރާ ކޭމްޕެއް

ބަންގްލަދޭޝްގައި ރޮހިންޖާ މުސްލިމުންނަށް ގާއިމް ކުރާ ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ގާއިމްވެގެން ދިއުމަކީ މީހުން ތޮއްޖެހި އޭގެ ސަބަބުން ނުރައްކާތެރި ބަލިތައް އަވަހަށް ފެތުރިގެން ހިނގައިދާނެފަދަ ނުރައްކާތެރި ކަމެއް ކަމަށް އދ ގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝްއިން ރޮހިންޖާ މުސްލިމުންނަށް އަޅަން ނިންމާފައިވާ ރެފިއުޖީ ކޭމްޕަކީ 800،000 އަށް ވުރެ ގިނަ މީހުން ބޯހިޔާވަހިކަން ދޭން ގާއިމް ކުރާ ކޭމްޕެކެވެ. މިޔަންމާގެ އަސްކަރިއްޔާއިން އޯގަސްޓް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ރަޚައިން ސްޓޭޓްގައި ހިންގަމުންދާ އޮޕަރޭޝަންގެ ސަބަބުން މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަ ކުރި ފަރާތްތައް މިހާރުވެސް ވަނީ ކޭމްޕްތަކުގައި ތޮއްޖެހިފައެވެ.

ރެފިއުޖީންގެ ސަބަބުން އުދަނގޫތައް ކުުރިމަތިވެފައިވާ ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ކޮކްސް ބާޒާރުގެ ކުޓުޕަލޮންގ ގައި ރޮހިންޖާ ރެފިއުޖީންނަށް ގާއިމްކޮށްފައިވާ ކޭމްޕް ބޮޑު ކުރުމަށް ރާވާފައެވެ. ނަމަވެސް ޑާކާގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރ ރޮބަރޓް ވަޓްކިންސް އޭއެފްޕީގައި ވިދާޅުވީ އެ ތަނުގެ ބަދަލުގައި އިތުރު އާ ކޭމްޕްތައް ގާއިމް ކުރުމަށް އެ ގައުމުން އެހެން ސަރަހައްދުތަކެއް ބަލަން ޖެހޭ ކަމަށެވެ.

"ކުޑަކުޑަ ސަރަހައްދަކަށް އެތައް ބަޔަކު ލުމަށް ވިސްނާއިރު، ވަކިން ޚާއްސަކޮށް ބަލިތަކަށް އެހާ ނާޒުކު މީހުން، އެއީ ވަރަށް ނުރައްކާ ކަމެއް" ވަޓްކިންސް އޭއެފްޕީއަށް ވިދާޅުވިއެވެ. "ވަރަށް ބޮޑު ފުރުސަތެއް އެބަ އޮތް ގައިންގަޔަށް އަރާ ބައްޔެއް އުޅޭނަމަ އެ ބައްޔެއް ފެތުރުން،ވަރަށް އަވަހަށް ފެތުރޭނެ" އަލިފާނުގެ ހާދިސާތަކުގެ ރިސްކުވެސް އޮތް ކަމަށް ވިދާޅުވެ އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއް ކޭމްޕަކަށްވުރެ ބޮޑަށް އެކި ކޭމްޕް ތަކުގައި މީހުން ތިބުމުން މީހުންގެ ކަންކަން ހަމަ ޖެއްސުމާއި ބަލިތައް ފެތުރުން ފަދަ ކަންކަން ކުޑަކޮށް ސަލާމަތީ ކަންކަން ބަލަހައްޓަންވެސް ފަސޭހެވެގެންދާނެ ކަމަށެވެ. ޑާކާއިން އެދުނުގޮތަށް އދގެ އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަންއިންވަނީ އެހީދޭ ފަރާތްތަކަށް އެއްބާރުލުން ދީ އާ ކޭމްޕް ތަކުގައި ބޯހިޔާވަހިކަން ގާއިމް ކޮށްދިނުމަށް އެހީތެރިވުމަށް އެއްބަސްވެފަައެވެ.

މިއީ ޔުގާންޑާއާ ކެންޔާއަށްފަހު ދުނިޔޭގައި ގާއިމްވާ އެންމެ ބޮޑު ރެފިއުޖީ ކޭމްޕްކަމަށް އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަނުން ބުނެއެވެ. އެއިން ކޮންމެ ގައުމެއްގައިވެސް 300،000 ރެފިއުޖީން ދިރި އުޅޭ ކޭމްޕެއް އޮވެއެއެވެ.

އިތުރަށް ކިޔާލަން

07 ޖުލައި 2017

ގަތަރު މައްސަލަ: ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ނުކުރުމުގެ ސަބަބުން އިތުރު ފިޔަވަޅުތައް ގަތަރާއި ދެކޮޅަށް އަޅާނެކަމަށް ގައުމުތަކުން ބުނެފި

07 ޖުލައި 2017
ގަތަރު މައްސަލަ: ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ނުކުރުމުގެ ސަބަބުން އިތުރު ފިޔަވަޅުތައް ގަތަރާއި ދެކޮޅަށް އަޅާނެކަމަށް ގައުމުތަކުން ބުނެފި
13 ޖޫން 2017

ގަތަރާމެދު އަޅާފައިވާ ފިޔަވަޅަކީ އިސްލާމީ އުސޫލުތަކާވެސް ޚިލާފް ކަމެއް:ތުރުކީ

13 ޖޫން 2017
ގަތަރާމެދު އަޅާފައިވާ ފިޔަވަޅަކީ އިސްލާމީ އުސޫލުތަކާވެސް ޚިލާފް ކަމެއް:ތުރުކީ
12 ޖޫން 2017

ގަލްފުގައި އަޅާފައިވާ ރެނދުގެ ނަތީޖާ ވަރަށް ގޯސްވެދާނެ: ކުވޭތުގެ އަމީރު

12 ޖޫން 2017
ގަލްފުގައި އަޅާފައިވާ ރެނދުގެ ނަތީޖާ ވަރަށް ގޯސްވެދާނެ: ކުވޭތުގެ އަމީރު
10 ޖޫން 2017

ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި

10 ޖޫން 2017
ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި
08 ޖޫން 2017

ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި

08 ޖޫން 2017
ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި
29 މެއި 2017

އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓާ ގުޅިގެން ޖަޕާނުން އެކަމަށް ފިޔަވަޅު އަޅާނެ: ބޮޑު ވަޒީރު އަބޭ

29 މެއި 2017
އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓާ ގުޅިގެން ޖަޕާނުން އެކަމަށް ފިޔަވަޅު އަޅާނެ: ބޮޑު ވަޒީރު އަބޭ
21 މެއި 2017

ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި މުސްލިމުން އިސްނެގުމަށް ރައީސް ޓްރަމް ގޮވާލައްވައިފި

21 މެއި 2017
ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި މުސްލިމުން އިސްނެގުމަށް ރައީސް ޓްރަމް ގޮވާލައްވައިފި
13 މެއި 2017

ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ކޮންގްރެސްގައި މައްސަލަ ޖައްސާނަން: އެފް.ބީ.އައި

13 މެއި 2017
ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ކޮންގްރެސްގައި މައްސަލަ ޖައްސާނަން: އެފް.ބީ.އައި
11 މެއި 2017

ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ

11 މެއި 2017
ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް