Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބ. ގޮއިދޫ

ބ. ގޮއިދޫގައި ބޭނުން ކުރަމުންދަނީ ގަދީމީ އިންޖީނުގެއެއް، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހޭ: ކައުންސިލްގެ ކުރީގެ ރައީސް

27 ސެޕްޓެމްބަރު 2026 | އާދީއްތަ 06:27

ބ. ގޮއިދޫގައި ވަގުތީ ގޮތުން ބޭނުންކުރަމުންދާ ބާ އިންޖީނުގޭގެ ދުންހޮޅިތަކުން ބޭރުވާ ދުމުގެ ސަބަބުން ރަށުގެ ތިމާވެއްޓަށާއި މީހުން ދިރިއުޅޭ ސަރަހައްދަށް ބޮޑެތި އުނދަގޫތަކެއް ވަނީ ކުރިމަތިވެފައި. އެތަނުގެ އޮފީސް ބައި ތަޅާލާފައިވުމާއި މުވައްޒަފުންނަށް އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ އިތުރުން ތެޔޮ ރައްކާކުރުމުގައި ވެސް ރައްކާތެރިކަމެއް ނެތް ކަމަށް އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝިޔާން ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 27 ސެޕްޓެމްބަރު 2026 | އާދީއްތަ 06:27

ބ. ގޮއިދޫގައި ބޭނުން ކުރަމުންދަނީ ގަދީމީ އިންޖީނުގެއެއް، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭތީ ކަންބޮޑުވުންފާޅުކޮށް ރާއްޖެޓީވީއަށް ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝިޔާން އިންޓަވިއު ދެއްވަނީ | ރާއްޖެއެމްވީ

ބ. ގޮއިދޫގައި ބޭނުންކުރަމުންދާ އިންޖީނުގެއަކީ ގަދީމީ އިންޖީނުގެ އެއް ކަމަށާއި، އޭގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝިޔާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ޝިޔާން ވިދާޅުވީ، މިހާރު ބޭނުންކުރަމުންދާ އިންޖީނުގެއަކީ ކުރިން ރައްޔިތުން އެޅި އިޖުތިމާއީ މަރުކަޒެއް ކަމަށެވެ. އަދި ކުރިން އަތިރިމަތި ނުވަތަ ހޯރަގަނޑު ސަރަހައްދުގައި ހުރި ބާ އިންޖީނުގެ އަށް އިޝާރާތް ކުރައްވައި ޝިޔާން ވިދާޅުވީ، މި އިމާރާތަށް އިންޖީނުތައް ބަދަލުކުރީ ސުނާމީ ކާރިސާއާ ގުޅިގެން ވަގުތީ ގޮތަށް ކަމަށެވެ. ނަމަވެސް އޭގެފަހުން އެތައް ވެރިކަމެއް ބަދަލުވެގެން ދިޔައިރު ވެސް އެތަން ހުރީ ހަމަ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement
މިއީ ސަރުކާރުން އަޅާފައި ހުރި އިމާރާތެއް ނޫން. މިއީ ރައްޔިތުންގެ އިމާރާތެއް. މިހާރު އޭގެފަހުން ކިތައް ވެރިކަން މިދިޔައީ. ހަމަ މިގޮތަށް މިހުރީ
މުހައްމަދު ޝިޔާން

އިންޖީނުގޭގެ ހާލަތާ ގުޅޭގޮތުން ޝިޔާން އިތުރަށް ވިދާޅުވީ، އެތަނުގައި ރަނގަޅު ފާޚާނާއެއް ވެސް ނެތް ކަމަށާއި، ތެޔޮ ރައްކާކުރަން ޖެހިފައިވަނީ ކަޅު ހަންތަކުގައި ކަމަށެވެ. މީގެއިތުރުން، އިންޖީނުގޭގެ ދުންހޮޅިތައް ހުންނަނީ ގޭގެއާ ދިމާލަށް ކަމުން އެ ސަރަހައްދުގެ ގަސްތައް ކަޅުވެ، މީހުން އުޅޭ ސަރަހައްދުގައި އަޅާފައިވާ ގެތަކުގައި މީހުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުވައްޒަފުންގެ ހާލަތަށް އިޝާރާތް ކުރައްވައި ޝިޔާން ވިދާޅުވީ، އެންމެންނަށް އެކީގައި ތިބެވޭނެ ޖާގަ ނެތުމުން، މުވައްޒަފުން އަރާމުކޮށްލުމަށް އަމިއްލައަށް އެތަނުގައި ހަޓެއް ގޮތަށް ވަކި ބައެއް ހަދާފައިވާ ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެޅި އާރްއޯ ޕްލާންޓު ހުންނަ ސަރަހައްދުގައި މިހާރު ބައެއް މުވައްޒަފުން މަސައްކަތްކުރަމުން އަންނައިރު، އޮފީސް ބައި މިހާރު ތަޅާލާފައިވާ ކަމަށް ޝިޔާން ވިދާޅުވި އެވެ. 

ބ. ގޮއިދޫ

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2026

ހާލު ކިހިނެއް: ފެހެންދޫ އަދި ގޮއިދޫ ރައްޔިތުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭސް ނުލިބުން!

26 ސެޕްޓެމްބަރު 2026
ހާލު ކިހިނެއް: ފެހެންދޫ އަދި ގޮއިދޫ ރައްޔިތުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭސް ނުލިބުން!
26 ސެޕްޓެމްބަރު 2026

ގޮއިދޫގައި އަޅަން ފެށި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހުއްޓި، އެ މަޝްރޫއަށް ގެނެސްފައިވާ ސާމާނުތައް ދަނީ ހަލާކުވަމުން: ކައުންސިލް

26 ސެޕްޓެމްބަރު 2026
ގޮއިދޫގައި އަޅަން ފެށި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހުއްޓި، އެ މަޝްރޫއަށް ގެނެސްފައިވާ ސާމާނުތައް ދަނީ ހަލާކުވަމުން: ކައުންސިލް
13 އޯގަސްޓު 2026

މެންބަރު ހަންނާން ހުށަހެޅުއްވި އިސްލާހުތަކާ ދެކޮޅަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ ގޮއިދޫ ކައުންސިލުން ގަރާރެއް ނެރެފި

13 އޯގަސްޓު 2026
މެންބަރު ހަންނާން ހުށަހެޅުއްވި އިސްލާހުތަކާ ދެކޮޅަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ ގޮއިދޫ ކައުންސިލުން ގަރާރެއް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް