Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު އަލީ ނިޒާރު

މުޅި ދައުލަތް މިއޮތީ ވައްކަން ކުރުމުގައި، ކަންބޮޑުވާ މުއައްސަސާއެއްވެސް ނެތް: ނިޒާރު

7 އޮކްޓޯބަރު 2017 | ހޮނިހިރު 10:21

ކޮންމެ ޕްރޮޖެކްޓަކުންވެސް ވައްކަން ކުރޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 އޮކްޓޯބަރު 2017 | ހޮނިހިރު 10:21
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު

މުޅި ދައުލަތް މިއޮތީ ވައްކަން ކުރުމުގައި ކަމަށާއި ކަންބޮޑުވާ އެއްވެސް މުއައްސަސާއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "މިރައީސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ ދައުލަތުގެ ފައިސާއިން ވައްކަން ކުރުން މިއީ މިހާރު އާދައިގެ ކަމެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކަން މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ދައުލަތުގެ ފައިސާއިން ވައްކަން ނުކުރާ އެއްވެސް މުއައްސަސާއެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

"ވައްކަން ނުކުރާ އެއްވެސް ތަނެއްނެތް. ސިއްހީ ދާއިރާއަށް ބެލިޔަސް ހޮސްޕިޓް އަޅާއިރު ވައްކަން އެބަކުރޭ، މާލީ ދާއިރާއަށް ބަލާއިރު ފިނޭންސް މިނިސްޓްރީގެ އާއިމާރާތް އަޅާއިރު ވައްކަން އެބަކުރޭ، ހައުސިން މިނިސްޓްރީ ފްލެޓެއް އަޅާއިރު އެއިންވެސް ވައްކަން އެބަކުރޭ، ބްރިޖެއް އަޅާއިރު ވެސް ވައްކަން އެބަކުރޭ. މުޅި ދައުލަތް އެއްކޮށްހެން ވައްކަން ކުރުމުގައި،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ސަރުކާރުގެ ތެރޭގައި ހިންގާ ވައްކަންތަކުގެ ޒިންމާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނަންގަވަންޖެހޭނެ ކަމަށާއި ރާއްޖޭގެ ތާރީހަށް ބަލާއިރުވެސް މިފަދަ ދަރަޖައެއްގައި މިފަދަ ވާހަކަތައް ނުދެކޭ ވަރަށް، އަދި އެއްވެސް ގޮތަކަށް ކޮންޓްރޯލެއް ނެތި ވައްކަން ކުރުން އިތުރުވެގެންދާތައް ފެންނަމުންދާ ކަމަށެވެ.

ނިޒާރު ވިދާޅުވީ ދައުލަތުގެ ފައިސާއިން ހިޔާނާތްތެރިވުމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން އޮތީ އެންޓި- ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކަމަށެވެ. ނަމަވެސް އެކޮމިޝަންގެ މެމްބަރުންގެ މިއަދުގެ ހާލަތަކީ ކޮރަޕްޝަންގެ މިފަދަ މައްސަލަތައް ބެލުމުގެ ބަދަލުގައި ސިޔާސީ މަސައްކަތް ކުރުން ކަމަށެވެ.

"އެންޓި-ކޮރަޕްޝަން ކޮމިޝަން އޮތީ ސިޔާސީ މަސައްކަތުގައި. ރައީސް ޔާމީންގެ ޕާޓީއާއި ރައީސް ޔާމީން 2018 އަށް އިންތިހާބު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމުގައި އެބޭފުޅުން އެއުޅުއްވަނީ،" ނިޒާރު ވިދާޅުވި އެވެ.

މީގެއިތުރުން ނިޒާރު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މެމްބަރުން ތިއްބެވީ މިސަރުކާރުން ފިއްތާލާފައި ކަމަށާއި މިސަރުކާރުން ހިންގާ އެއްވެސް ކަމެއް ދެފުށް ފެންނަގޮތަށް ސާފުކޮށް ފެންނަމުން ނުދާ ކަމަށެވެ.

"މީގައި އެންމެ ދެރަކަމަކީ ރައީސް ޔާމީން މިކަމަކީ ވާންޖެހޭ ކަމެއްގެ ގޮތުގައި ގަބޫލުކުރުން. ހުދު ރައީސް ޔާމީން އެބަ ގަބޫލް ކުރައްވާ ވައްކަން ހިނގާނެކަން. އަދި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވެސް އެބަވިދާޅުވޭ ކޮރަޕްޝަނުގައި ޝާމިލުވާ ކަމަށް. ކޮރަޕްޝަންގެ ކަންކަން ހިނގާނެ ކަމަށްވެސް އެބޭފުޅުން އަމިއްލަފުޅަށް ވިދާޅުވޭ،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ރައީސަކު ވެރިކަމުގައި ހުރެ މާލެއިން ބިންގަނެ، އެބިމުގައި ބޮޑު އުސް އިމާރާތެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ދިވެހި ފުރަތަމަ ރައީސަކީ ރައީސް ޔާމީން ކަމަށްވުމަކީ އެއީ އާދައިގެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެންދަނީ ވެރިކަމުގައި ހުންނަވައި މާލެއިން ބިންގަނެ، ގެ އަޅުއްވާ ރައީސެއްގެ ގޮތުގައި ރައީސް ޔާމީން. މިއީ އާދައިގެ ވާހަކަތަކެއް ނޫން،" ނިޒާރު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް