ފުވައްމުލަކުގައި ޑައިވިންއަށް ފޭބި 55 އަހަރުގެ ފަތުރުވެރިއަކު މަރުވެއްޖެ
17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:40ފުވައްމުލައް ސިޓީގައި ޑައިވިންއަށް ގޮސް އުޅުނު ކަޒަކިސްތާނުގެ އުމުރުން 55 އަހަރުގެ ފިރިހެން ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި


ފުވައްމުލައް ހޮސްޕިޓަލް. އެ ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބޭ | ފުވައްމުލަކު ހޮސްޕިޓަލް
ފުވައްމުލައް ސިޓީގައި ޑައިވިންއަށް ފޭބި 55 އަހަރުގެ ފަތުރުވެރިއަކު މަރުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ފުލުހުން ބުނީ، ފުވައްމުލަކުގައި ޑައިވިންއަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު 2026 ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ހެނދުނު 9:18 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.
ހޮސްޕިޓަލަށް މީހާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މަރުވެފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ 55 އަހަރުގެ ފިރިހެނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.











