Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޑިއާ - ޕާކިސްތާން

އޭޝިއާ ކަޕްގެ ފައިނަލް މެޗުގައި ސްރީލަންކާ ބަލިކުރުމަށްފަހު، އޭޝިއަން ކްރިކެޓް ކައުންސިލްގެ ރައީސް ޕާކިސްތާނުގެ މުހުސިން ނަގްވީގެ އަތުން މުބާރާތުގެ ތަށި ހަވާލުވުމަށް އިންޑިއާ ޓީމުން އިންކާރުކޮށްފި

14 ސެޕްޓެމްބަރު 2026 | ހޯމަ 09:33

އަންހެނުންގެ އޭޝިއާ ކަޕްގެ ތަށި އޭސީސީގެ ރައީސް މުހުސިން ނަގްވީގެ އަތުން ހަވާލުވުމަށް އިންޑިއާގެ ޓީމުން އިންކާރުކުރީ ދެ ގައުމުގެ މެދުގައި އޮތް ސިޔާސީ ނުތަނަވަސްކަމާ ގުޅިގެން. އިންޑިއާގެ ކްރިކެޓް ބޯޑުގެ މި ނިންމުމާއެކު، މެޗުގެ ކުރިންނާއި ފަހުން ޕާކިސްތާނުގެ ކުޅުންތެރިންނާ ސަލާމްކުރުމަށްވެސް އިންޑިއާގެ ޓީމުން ވަނީ ދެކޮޅު ހަދާފަ. މިއީ މިދިޔަ އަހަރުގެ ފިރިހެނުންގެ މުބާރާތުގައި ވެސް އިންޑިއާއިން އަމަލުކުރި ގޮތް

ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2026 | ހޯމަ 09:33
ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި 2026 ސެޕްޓެމްބަރު 05 ވަނަ ދުވަހު ކުޅުނު، ޑީޕީ ވޯލްޑް ވިމެންސް ޓީ20 އޭޝިއާ ކަޕް 2026 ގެ އިންޑިއާ އަދި ޕާކިސްތާން ބައްދަލުކުރި މެޗުގައި، ޕާކިސްތާނުގެ ކުޅުންތެރިއެއްގެ ވިކެޓް ނެގުމަށްފަހު އިންޑިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި 2026 ސެޕްޓެމްބަރު 05 ވަނަ ދުވަހު ކުޅުނު، ޑީޕީ ވޯލްޑް ވިމެންސް ޓީ20 އޭޝިއާ ކަޕް 2026 ގެ އިންޑިއާ އަދި ޕާކިސްތާން ބައްދަލުކުރި މެޗުގައި، ޕާކިސްތާނުގެ ކުޅުންތެރިއެއްގެ ވިކެޓް ނެގުމަށްފަހު އިންޑިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ. | ގެޓީ އިމޭޖަސް

އާދީއްތަ ދުވަހު ދުބާއީގައި ކުޅުނު އަންހެނުންގެ އޭޝިއާ ކަޕްގެ ފައިނަލް މެޗުގައި ސްރީލަންކާ ބަލިކުރުމަށްފަހު، އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) ގެ ރައީސް ޕާކިސްތާނުގެ މުހުސިން ނަގްވީގެ އަތުން މުބާރާތުގެ ތަށި ހަވާލުވުމަށް އިންޑިއާގެ އަންހެން ޓީމުން އިންކާރުކޮށްފި އެވެ. މިއީ މިދިޔަ އަހަރު ބޭއްވި ފިރިހެނުންގެ މުބާރާތުގައި ވެސް އިންޑިއާގެ ޓީމުން އަމަލުކުރި ގޮތެވެ.

ޕާކިސްތާން ކްރިކެޓް ބޯޑު (ޕީސީބީ) ގެ ޗެއާމަންގެ މަގާމުވެސް ފުރުއްވާ ނަގްވީ އަކީ އެ ގައުމުގެ ދާޚިލީ ވަޒީރުވެސް މެއެވެ. ތަށި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އޭނާއާ ކުރިމަތިލާން އިންޑިއާ ޓީމުން ދެކޮޅު ހެދި ހެދުމަކީ، އަވަށްޓެރި ދެ ގައުމުގެ މެދުގައި އޮތް ސިޔާސީ ނުތަނަވަސްކަން ހާމަވެގެންދިޔަ ކަމެކެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިދިޔަ އަހަރު ހިނގި އަސްކަރީ ކުރިމަތިލުންތައް ބޮޑު ހަނގުރާމައަކަށް ބަދަލުވުމާ ގާތަށް ދިޔަ އެވެ. މި ސަބަބާހުރެ، ދެ ގައުމުގެ މެދުގައި ވަކިން ކްރިކެޓް ސީރީޒްތައް ނުކުޅޭއިރު، ދެ ގައުމު ބައްދަލުކުރަނީ ހަމައެކަނި އައިސީސީ އާއި އޭސީސީގެ މުބާރާތްތަކުގައި، ވަކި ފަރާތަކަށް ނުޖެހޭ ގައުމުތަކުގަ އެވެ.

އިންޑިއާގެ ކޯޗު އަމޯލް މުޒުމްދާރު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ، ނަގްވީގެ އަތުން ތަށި ގަބޫލުނުކުރުމަށް ނިންމީ އިންޑިއާގެ ކްރިކެޓް ބޯޑުން ކަމަށެވެ.

"އަހަރެމެން މިތިބީ އެ ނިންމުމާއެކު. އަހަރެމެންނަށް މި މުބާރާތް މިހާރު ނިމިއްޖެ. އަހަރެމެންނަކީ ޗެމްޕިއަނުން. އެވަރުން ފުދޭ،" އޭނާ ނޫސްވެރިންނަށް ބުންޏެވެ.

"އަހަރެމެން މިތިބީ އެކަތިގަނޑެއްގެ ގޮތުގައި. މި ޓީމުގެ ކޮންމެ މެންބަރަކާ މެދުވެސް، ކުޅުންތެރިންނާއި ސަޕޯޓް ސްޓާފުން ހިމެނޭހެން، އަހަރެން ފަޚުރުވެރިވަން."

މިކަމާ ގުޅޭގޮތުން ރޮއިޓާސްއިން ސުވާލުކުރުމުން އޭސީސީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދުބާއީގައި ބޭއްވި ފިރިހެނުންގެ ފައިނަލްގައި ޕާކިސްތާން ބަލިކުރުމަށްފަހު ވެސް، ނަގްވީގެ އަތުން ތަށި ގަބޫލުކުރަން އިންޑިއާގެ ޓީމުން ވަނީ ދެކޮޅު ހަދާފަ އެވެ.

އެ ފަހަރު ތަށި ހަވާލުކުރުމުގެ ރަސްމިއްޔާތު ގަޑިއިރަކަށްވުރެ ގިނަ އިރަށް ލަސްވުމަށްފަހު، ތަށި ހަވާލުކުރަން އޮތް ވަގުތު ވަނީ ރަސްމިއްޔާތު ކުރުކޮށްލާފަ އެވެ.

ދުބާއީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި އާދީއްތަ ދުވަހު ކުޅުނު ފައިނަލް މެޗުގައި، 2024 ވަނަ އަހަރުގެ ޗެމްޕިއަން ސްރީލަންކާގެ މައްޗަށް އިންޑިއާގެ އަންހެން ޓީމުން ކުރިހޯދީ 72 ރަނުންނެވެ. މިއީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި މުބާރާތުގެ ފާއިތުވި 10 ފަހަރުގެ ތެރެއިން އިންޑިއާ ތަށި އުފުލާލި އަށްވަނަ ފަހަރެވެ.

އިންޑިއާގެ ކުޅުންތެރިން ގެންގުޅޭ ސިޔާސަތެއްގެ ދަށުން، މެޗުގެ ކުރިންނާއި ފަހުން ޕާކިސްތާނުގެ ކުޅުންތެރިންނާ ސަލާމްކުރުމަށްވެސް ވަނީ އިންކާރުކޮށްފަ އެވެ. މި މަހުގެ ކުރީކޮޅު އޭޝިއާ ކަޕްގެ ގްރޫޕް ސްޓޭޖުގައި ޕާކިސްތާން އަތުން ހަތް ވިކެޓުން އިންޑިއާ މޮޅުވި މެޗުގައިވެސް އަންހެން ޓީމުން ވަނީ މި އުސޫލަށް އަމަލުކޮށްފަ އެވެ.

މި މަހުގެ ފަހުކޮޅު ޖަޕާނުގައި ފަށާ އޭޝިއަން ގޭމްސްގެ ފިރިހެނުންނާއި އަންހެނުންގެ ކްރިކެޓް މުބާރާތުގެ ފަހު މަރުހަލާތަކުގައި މި ދެ ގައުމު އަލުން ބައްދަލުކުރުމުގެ ފުރުސަތު އެބައޮތެވެ.

އިންޑިއާ - ޕާކިސްތާންއޭޝިއާ ކަޕްމޮހްސިން ނަގްވީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

އިތުރަށް ކިޔާލަން

25 އޯގަސްޓު 2026

އެމެރިކާ އާއެކު އޮތް އެއްބަސްވުން އަލުން އިއާދަކުރުމަށް ޕާކިސްތާން އާއި އީރާން އިން މަޝްވަރާކޮށްފި

25 އޯގަސްޓު 2026
އެމެރިކާ އާއެކު އޮތް އެއްބަސްވުން އަލުން އިއާދަކުރުމަށް ޕާކިސްތާން އާއި އީރާން އިން މަޝްވަރާކޮށްފި
01 ޖުލައި 2026

ޕާކިސްތާނުގެ ފެން ކޮންޓްރޯލް ކުރަން އުޅޭ ކޮންމެ އަތެއް ބުރިކޮށްލާނަން: ޕާކިސްތާން

01 ޖުލައި 2026
ޕާކިސްތާނުގެ ފެން ކޮންޓްރޯލް ކުރަން އުޅޭ ކޮންމެ އަތެއް ބުރިކޮށްލާނަން: ޕާކިސްތާން
27 ޖޫން 2026

އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި

27 ޖޫން 2026
އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި
17 ޖޫން 2026

1.4 ބިލިއަން އާބާދީ އޮތް އިންޑިއާއަށް ފީފާ ވޯލްޑް ކަޕުން ފުރުސަތެއް ނުލިބެނީ ކީއްވެ؟

17 ޖޫން 2026
1.4 ބިލިއަން އާބާދީ އޮތް އިންޑިއާއަށް ފީފާ ވޯލްޑް ކަޕުން ފުރުސަތެއް ނުލިބެނީ ކީއްވެ؟
07 ޖޫން 2026

އީރާން އާއި ޕާކިސްތާން އިން އިގްތިސާދީ ބަދަލު ތަކަށް 10 ބިލިއަން ޑޮލަރު އިތުރު ކުރަން އެއްބަސްވެއްޖެ

07 ޖޫން 2026
އީރާން އާއި ޕާކިސްތާން އިން އިގްތިސާދީ ބަދަލު ތަކަށް 10 ބިލިއަން ޑޮލަރު އިތުރު ކުރަން އެއްބަސްވެއްޖެ
17 މެއި 2026

ސުލްޙައިގެ މަޝްވަރާ ތަކަށް މަގު ފަހި ކުރުމަށް، ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު އީރާން އަށް

17 މެއި 2026
ސުލްޙައިގެ މަޝްވަރާ ތަކަށް މަގު ފަހި ކުރުމަށް، ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު އީރާން އަށް
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
10 ސެޕްޓެމްބަރު 2025

އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް

10 ސެޕްޓެމްބަރު 2025
އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް
23 މެއި 2023

މަސްތުވާތަކެއްޗާއެކު ބޯޑަރު ހުރަސްކުރަން އުޅުނު ޕާކިސްތާންގެ އިތުރު ޑްރޯނެއް އަމްރިތުސާރުގެ ބީއެސްއެފް އިން ވައްޓާލައިފި

23 މެއި 2023
މަސްތުވާތަކެއްޗާއެކު ބޯޑަރު ހުރަސްކުރަން އުޅުނު ޕާކިސްތާންގެ އިތުރު ޑްރޯނެއް އަމްރިތުސާރުގެ ބީއެސްއެފް އިން ވައްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް