Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްލާމިކް މިނިސްޓްރީ

ހުޅުމާލޭގައި ގާއިމުކުރާ ޖާމިޢުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ މިސްކިތުގެ ބިންގާ އަޅައިފި

13 ސެޕްޓެމްބަރު 2026 | އާދީއްތަ 13:16

ޖާމިޢުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲގެ ނަމުން ނަން ދީފައިވާ މި މިސްކިތަކީ މަދުވެގެން 10،000 މީހުންގެ ޖާގައިގެ މިސްކިތެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ސެޕްޓެމްބަރު 2026 | އާދީއްތަ 13:16
ޖާމިޢުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ މިސްކިތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޖާމިޢުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ މިސްކިތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ރާއްޖެ އެމްވީ

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތާ ދިމާކޮށް ހުޅުމާލޭގައި ޤާއިމުކުރާ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި އެވެ.

މި މިސްކިތުގެ ބިންގާ އެޅުމަށް އާދީއްތަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

Advertisement - newsAdvertisement

ޖާމިޢުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲގެ ނަމުން ނަން ދީފައިވާ މި މިސްކިތަކީ މަދުވެގެން 10،000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި އެޑިއުކޭޝަނަލް، ކަލްޗްރަލް އަދި ކޮމިއުނިޓީ ސެންޓަރެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން، އިމާމުންނާއި އިދާރީ މަސައްކަތް ކުރާނެ އޮފީހަކާއި އިސްލާމިކް ލައިބްރަރީ އަކާއި ކަލްޗްރަލް ސެންޓަރަކާއި ޤުރުއާނާ ބެހޭ މިއުޒިއަމްއަކާއި މަލްޓިޕާޕަސް ކޮމިއުނިޓީ ހޯލްއަކާއި އިސްކާމިކް ބުކްޝޮޕެއް އަދި އެކްޒިބިޝަން ހޯލެއް ވެސް ހިމެނެ އެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ، މި މިސްކިތުގައި ހިމެނޭ ތަންތަނުގެ ތެރޭގައި ރާއްޖެ އިސްލާމްވި ގޮތާާއި އެކަމުގެ ތާރީޚީ ވާހަކަތައް ކިޔައިދޭނެ މަރުކަޒުތައް ހިމެނޭނެ ކަމަށެވެ. މިސްކިތާ އެކުގައި ވަޤުފްގެ މަޝްރޫއުތަކެއް ވެސް ހިމެނޭ ކަމަށާއި ނަމަވެސް މިސްކިތުގެ މަޝްރޫއު އެންމެ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް މިނިޝްޓަރު ޝަހީމް ވިދާޅުވި އެވެ. 

މިއީ ރާއްޖޭގައި މިހާތަނަށް ތަރައްޤީ ކުރެވޭ އެންމެ ބޮޑު އެއް މިސްކިތަށް ވާނެ އެވެ. އަދި އިސްލާމިކް މިނިސްޓްރީ އިން ބުނެފައި ވަނީ، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ކުރިއަށް ގެންދެވޭ މި މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންދެވޭ މިފަދަ އެންމެ ފުރިހަމަ އަދި އެންމެ ބޮޑު މަޝްރޫއަށް ވާނެ ކަމަށެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްހުޅުމާލެ ފޭސް 2މުޙައްމަދު ޝަހީމް އަލީ ސަޢީދު

އެންމެ ހިނގާ

1

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

2

ގާނޫނާ ހިލާފަށް ވަކިކުރި ފަރެސްމާތޮޑާ އެއާޕޯޓުގެ މުވައްޒަފަކަށް އަލުން ވަޒީފާއާއި ގެއްލުމުގެ ބަދަލު ދޭން އަމުރުކޮށްފި

3

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

4

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

5

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2026

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ފަށައިފި

11 ސެޕްޓެމްބަރު 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ފަށައިފި
06 ސެޕްޓެމްބަރު 2026

ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

06 ސެޕްޓެމްބަރު 2026
ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
02 ސެޕްޓެމްބަރު 2026

ހުޅުމާލޭގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އެކި ވަރުގެ އަނިޔާވެއްޖެ

02 ސެޕްޓެމްބަރު 2026
ހުޅުމާލޭގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އެކި ވަރުގެ އަނިޔާވެއްޖެ
01 ސެޕްޓެމްބަރު 2026

ހުޅުމާލެގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ

01 ސެޕްޓެމްބަރު 2026
ހުޅުމާލެގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ
31 އޯގަސްޓު 2026

ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

31 އޯގަސްޓު 2026
ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
30 އޯގަސްޓު 2026

ފޭސް ދޭއްްގައި ހިނގި އެކްސިޑެންޓެއްގައި ނުވަ އަަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ

30 އޯގަސްޓު 2026
ފޭސް ދޭއްްގައި ހިނގި އެކްސިޑެންޓެއްގައި ނުވަ އަަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ
20 އޯގަސްޓު 2026

މައްކާގައި ބޭއްވި ބައިނަލްއަގުވާމީ ޤުރުއާން މުބާރާތުން ރާއްޖޭގެ ޝާޔާ ހަތަރު ވަނަ ހޯދައިފި

20 އޯގަސްޓު 2026
މައްކާގައި ބޭއްވި ބައިނަލްއަގުވާމީ ޤުރުއާން މުބާރާތުން ރާއްޖޭގެ ޝާޔާ ހަތަރު ވަނަ ހޯދައިފި
20 ޖުލައި 2026

ހުޅުމާލެ ހިޔާ ޕާކު ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ހިންގި މާރާމާރިއާ ގުޅިގެން ކުޑަ ކުއްޖަކު ހައްޔަރުކޮށްފި

20 ޖުލައި 2026
ހުޅުމާލެ ހިޔާ ޕާކު ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ހިންގި މާރާމާރިއާ ގުޅިގެން ކުޑަ ކުއްޖަކު ހައްޔަރުކޮށްފި
19 ޖުލައި 2026

ހިޔާ ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް، ފަސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފި

19 ޖުލައި 2026
ހިޔާ ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް، ފަސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފި
23 ޖޫން 2026

އަމާން ދޯދި ޓަވަރެއްގެ ދެ ވަނަ ފަންގިފިލާ އިން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ

23 ޖޫން 2026
އަމާން ދޯދި ޓަވަރެއްގެ ދެ ވަނަ ފަންގިފިލާ އިން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް