Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޑިއުކޭޝަން މިނިސްޓްރީ

މިއަންނަ އަހަރު ގްރޭޑް އެކެއްގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ: މިނިސްޓަރު ޝަފީއު

12 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:11

ދަރިވަރުންގެ ފެންވަރު މަތިކުރުމަށްޓަކައި އަންނަ އަހަރު ގްރޭޑް އެކެއްގެ ފޮތްތަކަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ހާމަކުރައްވައިފި. މީގެ އިތުރުން ސެކަންޑްރީ އާއި ހަޔަރ ސެކަންޑްރީ ތައުލީމުގެ ދެމެދުގައި އޮތް ފަރަގު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ތައުލީމީ ނިޒާމަށް ހަގީގީ ބަދަލެއް އަންނާނީ މުދައްރިސުންގެ މަސައްކަތުންކަން މިނިސްޓަރު ފާހަގަކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 12 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:11
8 ވަނަ އިންޓަނޭޝަނަލް ޓީޗަރސް ކޮންފަރެެންސްގައި މިނިސްޓަރު ޝަފީއު ވާހަކަދައްކަވަނީ

8 ވަނަ އިންޓަނޭޝަނަލް ޓީޗަރސް ކޮންފަރެެންސްގައި މިނިސްޓަރު ޝަފީއު ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

މިއަންނަ އަހަރު ގްރޭޑް އެކެއްގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެކަަމަށް އެޑިއުކޭޝަން މިނިސްޓަރު  ޑރ. އިސްމާއީލް ޝަފީއު އިއުލާނު ކުރައްވައިފި އެވެ. 

8 ވަނަ އިންޓަނޭޝަނަލް ޓީޗަރސް ކޮންފަރެެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ އެޑިއުކޭޝަން ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާއި، މެނިފިސްޓޯގައި ބަޔާންކޮށްފައިވާ ގޮތަށް ގެންނަން ޖެހޭ ބަދަލުތަކެއް ދަނީ ގެންނަމުން ކަމަށެވެ. އަދި ކުރިއެރުން މިހާރު ވެސް ހާސިލު ކުރެވެމުން ދާ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މިނިސްޓަރު ޝަފީއު ވިދާޅުވީ ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ. އެގޮތުން މިއަންނަ އަހަރު ކީސްޓޭޖް 1 ގެ ގްރޭޑް 1 ގެ ދަރިވަރުންގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަޅުގަނޑު ހަމަ ވަރަށް ގިނައިން އެކިއެކި ބައްދަލުވުންތަކުގައި ޓީޗާރސް ކޮންފަރެންސް ކުރީގެ ޓީޗާރސް ކޮންފަރެންސްގައި ވެސް ހައި އެޗީވަރސްގެ އެކިއެކި ސެރުމަނީތަކުގައި ވެސް އަދި އަޅުގަނޑުމެންނަށް ބޭއްވޭ އެކި ބައްދަލުވުންތަކުގައި އެކި ފޯރަމްތަކުގައި އެންމެ ބޮޑަށް ދައްކަމުން އައި އެއް ވާހަކައަކީ ކުދިންގެ އެޓެއިންމަންޓްގެ ވާހަކަ ތެދެއްމެ ކުދިންގެ އެޓެއިންމަންޓް މިހާރަށް ވުރެ ރަނގަޅުވާން އެބަ ޖެހޭ
ޑރ. އިސްމާއީލް ޝަފީއު

ފޮތްތަކަށް ބަދަލު ގެނައި ނަމަވެސް ހަގީގީ ބަދަލެއް އަންނާނީ ޓީޗަރުން ކުރާ މަސައްކަތުންކަން މިނިސްޓަރު ޝަފީއު ފާހަގަކުރެއްވި އެވެ. އަދި މުހިއްމީ ފޮތެއް ނޫން ކަމަށާއި، ހަގީގަތުގައި މުހިއްމީ ދަރިވަރުންގެ އެޑިއުކޭޝަން ބައްޓަން ކުރަން ވިސްނާ ގޮތް ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ. 

މީގެ އިތުރުން، ސެކަންޑްރީ އެޑިއުކޭޝަނުން ހަޔަރ ސެކަންޑްރީ އެޑިއުކޭޝަނަށް އޮތް ގެޕް ކުޑަ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.  

ތައުލީމީ ނިޒާމްއިސްމާއިލް ޝަފީއު

އެންމެ ހިނގާ

1

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

2

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

3

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

4

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

5

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

އިތުރަށް ކިޔާލަން

21 ޖުލައި 2026

ހިސާބު މާއްދާ އިން އެންމެ ދަރިވަރަކު ވެސް ފާސް ނުވާ ސްކޫލުތައް އެބަހުރި، މިއީ ކަންބޮޑުވާން ޖެހޭ ކަމެއް: އިހުސާން

21 ޖުލައި 2026
ހިސާބު މާއްދާ އިން އެންމެ ދަރިވަރަކު ވެސް ފާސް ނުވާ ސްކޫލުތައް އެބަހުރި، މިއީ ކަންބޮޑުވާން ޖެހޭ ކަމެއް: އިހުސާން
21 ޖުލައި 2026

ތައުލީމީ ނިޒާމަށް ބަދަލު ގެންނަކަމުގައިވާ ނަމަ، ދަރިވަރުން ކިޔަވަން ފެށުމުގެ ކުރިން އެ ބަދަލު އިއުލާންކުރަން ޖެހޭނެ: އިހުސާން

21 ޖުލައި 2026
ތައުލީމީ ނިޒާމަށް ބަދަލު ގެންނަކަމުގައިވާ ނަމަ، ދަރިވަރުން ކިޔަވަން ފެށުމުގެ ކުރިން އެ ބަދަލު އިއުލާންކުރަން ޖެހޭނެ: އިހުސާން
07 ޖުލައި 2026

ޕްރޮޖެކްޓްތަކުގެ ސްޕީޑް ބާރުކުރަންޖެހޭކަން ގަބޫލުކުރަން: މިނިސްޓަރ ޝަފީއު

07 ޖުލައި 2026
ޕްރޮޖެކްޓްތަކުގެ ސްޕީޑް ބާރުކުރަންޖެހޭކަން ގަބޫލުކުރަން: މިނިސްޓަރ ޝަފީއު
24 ޖޫން 2026

އިސްކަންދަރު ޔޫނިއަން ވޯކަރސްގެ ހަރަކާތްތައް ހުއްޓުވާނަން، ސްކޫލުތަކުގެ ނަން ބޭނުންކޮށްގެން މަސައްކަތް ކުރާކަށް ފުރުސަތެއް ނުދޭނަން: މިނިސްޓަރު ޝަފީއު

24 ޖޫން 2026
އިސްކަންދަރު ޔޫނިއަން ވޯކަރސްގެ ހަރަކާތްތައް ހުއްޓުވާނަން، ސްކޫލުތަކުގެ ނަން ބޭނުންކޮށްގެން މަސައްކަތް ކުރާކަށް ފުރުސަތެއް ނުދޭނަން: މިނިސްޓަރު ޝަފީއު
13 ޖޫން 2026

މުވައްޒަފުންގެ މަަސައްކަތުގެ ފެންވަރު މަތިކުރުމުގެ ގޮތްތައް ހޯދުމަށް ދިރާސާކުރަން ޖެހޭ: ސީއެސްސީގެ ރައީސް

13 ޖޫން 2026
މުވައްޒަފުންގެ މަަސައްކަތުގެ ފެންވަރު މަތިކުރުމުގެ ގޮތްތައް ހޯދުމަށް ދިރާސާކުރަން ޖެހޭ: ސީއެސްސީގެ ރައީސް
31 މެއި 2026

ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދު ކުރުމަށް 5 އަހަރުގެ ޤައުމީ ކެމްޕެއިނެއް

31 މެއި 2026
ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދު ކުރުމަށް 5 އަހަރުގެ ޤައުމީ ކެމްޕެއިނެއް
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް