Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދ. މާދެލި

މާދެލި މަސް ފެކްޓަރީއެއް ގޮތުގައި ތަރައްގީ ކޮށްދޭނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ ރިސޯޓް ތަރައްގީ ކުރަން އެ ރަށް ބަޔަކަށް ދީފައި އޮއްވައި!

5 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:36

ދ. މާދެލީގައި މަސް ފެކްޓަރީއެއް އެޅުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެ މަސައްކަތް ކުރިއަށް ނުދާތީ ހުޅުދެލި ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. އެ ރަށުގައި މިހާރު ރިސޯޓެއް ތަރައްގީ ކުރަމުންދާތީ، މަސް ފެކްޓަރީ އެޅުމުގެ މަޝްރޫއު ފ. ނިލަންދުއަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 5 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:36

މާދެލި މަސް ފެކްޓަރީއެއް ގޮތުގައި ތަރައްގީ ކޮށްދޭނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ ރިސޯޓް ތަރައްގީ ކުރަން އެ ރަށް ބަޔަކަށް ދީފައި އޮއްވައި! | ރާއްޖެ އެމްވީ

ދ. މާދެލި މަސް ފެކްޓަރީއެއްގެ ގޮތުގައި ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ނަމަވެސް، އެ ރަށް ފަތުރުވެރިކަމަށް ތަރައްގީ ކުރަމުންދާތީ ދ. ހުޅުދެލި ކައުންސިލުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން، ހުޅުދެލީ ކައުންސިލްގެ ރައީސް އަހްމަދު ނަސްރު "ރާއްޖެ ޓީވީ" އަށް ވިދާޅުވީ، މާދެއްޔަކީ އަބަދުވެސް ހުޅުދެލީގެ ރައްޔިތުން އެ ރަށުގެ ބައެއްގެ ގޮތުގައި ބަލައިގަންނަ ރަށެއް ކަމަށެވެ. އަދި އެ ރަށުގައި މަސް ފެކްޓްރީ އެއް ޤާއިމުކުރެވިގެންދާނެ ކަމުގެ ޔަޤީންކަން ސަރުކާރުން މީގެ ކުރިން ދެއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement
ހުޅުދެއްޔަށް އެކަމުގެ ލާބައާއި މަންފާ ކުރާނެ ކަމަށް އެއީ މިރަށަކީ މަސްވެރި ރަަށަކަށް ވެފައި، މިރަށް މި ގޮތަށް އޮތީމަ މަސްވެރިންނަށް އެންމެ ފައިދާ ބޮޑު ވާނީ މާދެލި މަސްފެކްޓްރީއަކަށް ހެދިއްޔާތާ، އެގޮތަށް އެކަން އޮއްވާ ވައުދު ވެފައި އޮތީ، ވައުދު ފޮތުގައި ވެސް އެބައޮތް އެ ވާހަކަ، އެއީ މި މަސްކިރާ ތަނަކަށް ހަދާނެ ކަމަށް 
ހުޅުދެލީ ކައުންސިލްގެ ރައީސް އަޙްމަދު ނަޞްރު

ނަސްރު ވިދާޅުވި ގޮތުގައި، މާދެލީގައި މަސް ފެކްޓްރީއެއް ޤާއިމުކުރުމަށް ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވީ، ފަތުރުވެރިކަމަށް އެ ރަށް ތަރައްގީކުރުމަށް ދޫކޮށްފައި ވަނިކޮށެވެ. އަދި މިހާރުވެސް އެ ރަށުގައި ރިސޯޓު ހެދުމުގެ މަސައްކަތް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ހުޅުދެލި އޮތް ސަރަހައްދަކީ މަސްވެރިކަމަށް އެންމެ ރަނގަޅު ހިސާބުކަން ފާހަގަކުރައްވައި، ނަސްރު ވަނީ އެ ރަށުގައި އައިސް ޕްލާންޓެއް ނެތުމުން މަސްވެރިންނަށް ދިމާވާ ދަތިތައް ހިއްސާކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި އެެވެ.

މާދެލީގައި މަސް ފެކްޓަރީއެއް ގާއިމުކުރުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. ނަމަވެސް، އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުރިން ބަޔަކާ ހަވާލުކޮށްފައިވާތީ، އެ މަސް ފެކްޓަރީ ފ. ނިލަންދު އަށް ބަދަލުކުރުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމަވައިފަ އެވެ.

ދ. މާދެލިދ. ހުޅުދެލިމަސް ފެކްޓްރީ

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2026

ކައުންސިލް އިންތިހާބާ ދިމާކޮށް ހުޅުދެލި ބިން ހިއްކާ ސަރަހައްދު ފާހަގަކުރަން ދިދަ ޖެހި، މިހާރު އެ ދިދަތައް ވަނީ ވަޔާ ވެއްޓިފައި

04 ސެޕްޓެމްބަރު 2026
ކައުންސިލް އިންތިހާބާ ދިމާކޮށް ހުޅުދެލި ބިން ހިއްކާ ސަރަހައްދު ފާހަގަކުރަން ދިދަ ޖެހި، މިހާރު އެ ދިދަތައް ވަނީ ވަޔާ ވެއްޓިފައި
03 ސެޕްޓެމްބަރު 2026

ހުޅުދެލި ސްކޫލުގެ މަޝްރޫއުތައް: މަލްޓި ޕާޕަސް ހޯލްއަކަށް ލިބުނީ ކައުންސިލް އިންތިހާބާ ދިމާކޮށް ވަޅުގަނޑެއް، ކަރަންޓުލުމުގެ ހަރަދު ހަމަނުޖެހޭތީ "ކޫލް ސްކޫލް" މަޝްރޫއު އޮތީ ހުއްޓިފައި!

03 ސެޕްޓެމްބަރު 2026
ހުޅުދެލި ސްކޫލުގެ މަޝްރޫއުތައް: މަލްޓި ޕާޕަސް ހޯލްއަކަށް ލިބުނީ ކައުންސިލް އިންތިހާބާ ދިމާކޮށް ވަޅުގަނޑެއް، ކަރަންޓުލުމުގެ ހަރަދު ހަމަނުޖެހޭތީ "ކޫލް ސްކޫލް" މަޝްރޫއު އޮތީ ހުއްޓިފައި!
01 ސެޕްޓެމްބަރު 2026

ދ. ހުޅުދެލީގައި ބިނާކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށިތާ 2 އަހަރު، މިހާރު ކުރިއަށްދަނީ ވިނަ ނޮޅުމުގެ މަސައްކަތް!

01 ސެޕްޓެމްބަރު 2026
ދ. ހުޅުދެލީގައި ބިނާކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށިތާ 2 އަހަރު، މިހާރު ކުރިއަށްދަނީ ވިނަ ނޮޅުމުގެ މަސައްކަތް!
02 އޮކްޓޯބަރު 2025

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!
30 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަށް މި އަހަރުގެ ޖުލައި މަސް ނާންނާތީ ހުޅުދެލީގެ ބިން ހިއްކުމުގެ މަސައްކަތް އަދިވެސް ނުފެށޭ!

30 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަށް މި އަހަރުގެ ޖުލައި މަސް ނާންނާތީ ހުޅުދެލީގެ ބިން ހިއްކުމުގެ މަސައްކަތް އަދިވެސް ނުފެށޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް