Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދ. ހުޅުދެލި

ކައުންސިލް އިންތިހާބާ ދިމާކޮށް ހުޅުދެލި ބިން ހިއްކާ ސަރަހައްދު ފާހަގަކުރަން ދިދަ ޖެހި، މިހާރު އެ ދިދަތައް ވަނީ ވަޔާ ވެއްޓިފައި

4 ސެޕްޓެމްބަރު 2026 | ހުކުރު 15:01

ދ. ހުޅުދެލި ބިންހިއްކުމުގެ މަޝްރޫއު ފެށުމަށް ގެނައި ހައިމާކު ހަލާކުވެ، އެ މަސައްކަތް އެއްކޮށް ހުއްޓިފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައި. މި މަޝްރޫއަކީ މަޖިލިސް އިންތިހާބާ ދިމާކޮށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅަކަށް ވީނަމަވެސް، އަމަލީ މަސައްކަތް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 ސެޕްޓެމްބަރު 2026 | ހުކުރު 15:01

ދ. ހުޅުދެލި ބިން ހިއްކާ ސަރަހައްދު ފާހަގަކުރަން ދިދަ ޖެހި ކަމަށާއި ނަމަވެސް އެ ދިދަތައް މިހާރު ވަނީ ވަޔާ ވެއްޓިފައި ކަމަށް ހުޅުދެލި ކައުންސިލުގެ ރައީސް އަހުމަދު ނަސްރު ވަނީ ވިދާޅުވެފައި | ރާއްޖެއެމްވީ

ކައުންސިލް އިންތިހާބާއި ދިމާކޮށް ދ.ހުޅުދެލި ބިންހިއްކާ ސަރަހައްދު ފާހަގަކުރަން ދިދަ ޖެހި ނަމަވެސް، އެ ދިދަތައް މިހާރު ވަނީ ވަޔާ ވެއްޓިފައި ކަމަށް ހުޅުދެލި ކައުންސިލުގެ ރައީސް އަހުމަދު ނަސްރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ނަސްރު ވިދާޅުވީ މި މަޝްރޫއަށް ގެނަސްފައިވަނީ އެއް ހައިމާކެއް އަދި ޕިކަޕެއް އެކަނި ކަމަށާއި މަސައްކަތް ކޮށްފައިވަނީ ހަމައެކަނި އެންމެ ރެޔަކު ކަމަށެވެ. އަދި ގެނަސްފައިވާ ހައިމާކު މިހާރު އޮތީ ހަލާކުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement
ކައުންސިލު އިންތިހާބާ ދިމާކޮށް ދިދަ ވެސް ޖަހާފަ ހުރީ. މިހާރު އެ ދިދަތައް އޮތީ އޮޔާ ވެއްޓިފައި. މި ރަށަށް އެރުވީ ހަމައެކަނި ޕިކަޕަކާއި ހައިމާކެއް އެކަނި. ހައިމާކު ނުގެންދެވިފައި މިއޮތީ އޭގެ އިންޖީނު ހަލާކުވެފައި އޮތީމަ. މަސައްކަތް ކުރީ އެއްރޭ އެކަނި
އަހުމަދު ނަސްރު

ނަސްރު ވިދާޅުވީ މުވައްޒަފުންގެ ޒިންމާއަކީ ހައިމާކު އަރާ ގޮތަށް ފޮޓޯއެއް ނެގުން އެކަނި ކަމަށެވެ. އަދި މުވައްޒަފުންނަށް އެއްވެސް މަސައްކަތެއް ހަވާލު ނުކުރާ ކަމަށް ނަސްރު ވިދާޅުވި އެވެ.

ހުޅުދެލި ބިން ހިއްކުމުގެ މަޝްރޫއު އަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އަދި މި މަޝްރޫއުގެ މަސައްކަތް 2026 ގެ ޖުލައި މަހު ފެށިގެންދާނެ ކަމަށް ރައީސް މުއިއްޒު އޭރު ވަނީ ވިދާޅުވެފަ އެވެ.

ދ. ހުޅުދެލިއަހުމަދު ނަސްރު

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2026

ހުޅުދެލި ސްކޫލުގެ މަޝްރޫއުތައް: މަލްޓި ޕާޕަސް ހޯލްއަކަށް ލިބުނީ ކައުންސިލް އިންތިހާބާ ދިމާކޮށް ވަޅުގަނޑެއް، ކަރަންޓުލުމުގެ ހަރަދު ހަމަނުޖެހޭތީ "ކޫލް ސްކޫލް" މަޝްރޫއު އޮތީ ހުއްޓިފައި!

03 ސެޕްޓެމްބަރު 2026
ހުޅުދެލި ސްކޫލުގެ މަޝްރޫއުތައް: މަލްޓި ޕާޕަސް ހޯލްއަކަށް ލިބުނީ ކައުންސިލް އިންތިހާބާ ދިމާކޮށް ވަޅުގަނޑެއް، ކަރަންޓުލުމުގެ ހަރަދު ހަމަނުޖެހޭތީ "ކޫލް ސްކޫލް" މަޝްރޫއު އޮތީ ހުއްޓިފައި!
01 ސެޕްޓެމްބަރު 2026

ދ. ހުޅުދެލީގައި ބިނާކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށިތާ 2 އަހަރު، މިހާރު ކުރިއަށްދަނީ ވިނަ ނޮޅުމުގެ މަސައްކަތް!

01 ސެޕްޓެމްބަރު 2026
ދ. ހުޅުދެލީގައި ބިނާކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށިތާ 2 އަހަރު، މިހާރު ކުރިއަށްދަނީ ވިނަ ނޮޅުމުގެ މަސައްކަތް!
02 އޮކްޓޯބަރު 2025

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!
30 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަށް މި އަހަރުގެ ޖުލައި މަސް ނާންނާތީ ހުޅުދެލީގެ ބިން ހިއްކުމުގެ މަސައްކަތް އަދިވެސް ނުފެށޭ!

30 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަށް މި އަހަރުގެ ޖުލައި މަސް ނާންނާތީ ހުޅުދެލީގެ ބިން ހިއްކުމުގެ މަސައްކަތް އަދިވެސް ނުފެށޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް