Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދ. ހުޅުދެލި

ހުޅުދެލި ސްކޫލުގެ މަޝްރޫއުތައް: މަލްޓި ޕާޕަސް ހޯލްއަކަށް ލިބުނީ ކައުންސިލް އިންތިހާބާ ދިމާކޮށް ވަޅުގަނޑެއް، ކަރަންޓުލުމުގެ ހަރަދު ހަމަނުޖެހޭތީ "ކޫލް ސްކޫލް" މަޝްރޫއު އޮތީ ހުއްޓިފައި!

3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 13:20

ދ. ހުޅުދެލި ސްކޫލުގެ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ހުއްޓިފައި އޮތުމާއި، "ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން ހަރުކުރި އޭސީތައް ބޭނުންނުކުރެވޭތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. މީގެ އިތުރުން، ސްކޫލުގައި ޕްރިންސިޕަލަކު ނެތް މައްސަލައާއި އިމާރާތްކުރުމަށް ކޮނެފައިވާ ވަޅުގަނޑުތަކުގެ ސަބަބުން ދަރިވަރުންނަށް ނުރައްކާވަމުންދާކަން ކައުންސިލްގެ ރައީސް ވަނީ ފާހަގަކުރައްވާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 13:20

ހުޅުދެލި ސްކޫލް މަޝްރޫއުތައް: މަލްޓި ޕާޕަސް ހޯލްއަކަށް ލިބުނީ ކައުންސިލް އިންތިހާބާ ދިމާކޮށް ވަޅުގަނޑެއް، ކަރަންޓުލުމުގެ ހަރަދު ހަމަނުޖެހެތީ "ކޫލް ސްކޫލް" މަޝްރޫއު އޮތީ ހުއްޓިފައި! | ރާއްޖެ އެމްވީ

ދ. ހުޅުދެލި ސްކޫލުގައި ހިންގަން ނިންމާފައިވާ ޕްރޮޖެކްޓުތައް ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން އެ ރަށު ކައުންސިލުން ފާޅުކޮށްފި އެވެ. 

ހުޅުދެލި ކައުންސިލުގެ ރައީސް އަހުމަދު ނަސްރު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ހުޅުދެލި ސްކޫލުގައި އަޅަން ނިންމާފައިވާ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ކުރިއަށްނުދާ ކަމަށާއި، ކޫލް ސްކޫލް ޕްރޮޖެކްޓުގެ ދަށުން އޭސީތައް ހަރުކޮށް ނިމުނުއިރު އަދިވެސް އޭސީތައް ބޭނުން ކުރަން ނުފެށޭ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން ހުޅުދެލީގައި ގާއިމުކުރާ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތަކީ ނިމިދިޔަ ލޯކަލް ކައުންސިލު އިންތިހާބާ ދިމާކޮށް ބިންގާ އެޅި މަޝްރޫއެއް ކަމަށެެވެ. ނަމަވެސް އޭގެ އަމަލީ މަސައްކަތެއް މިއަދާ ހަމައަށް ވެސް ކުރިއަށް ގޮސްފައިނުވާކަން ނަސްރު ފާހަގަކުރެއްވި އެވެ. 

މިއީ މިރަށުގައި ތިން ބުރީގެ މަލްޓި ޕާޕަސް ހޯލް އިމާރާތެއް އަޅަންވެގެން ކައުންސިލު އިންތިހާބަށް ވެގެން ކޮނެފައި އޮތް ވަޅުގަނޑެއް، މިތާ ބަންގްލާދޭޝް މީހުން އުޅޭ ދޯންޏަކުން 2 ބަންގްލާދޭޝް މީހުން ގެނެސްގެން ކޮނެލާފައި މިހުރީ، ހިމަހިމަ ދަގަނޑެއް ޖަހާފައި ކޮޅަށް ނަގާފައި މިހުރީ، ނުވެސް ވާނެ ދެއްތޯ މިހެން ބަހައްޓަން. މިއީ ކުދިން ކުޅޭ ސަރަހައްދު 
އަހުމަދު ނަސްރު

އަދި މަލްޓި ޕާޕަސް ހޯލް އަޅަން ހަވާލުކޮށްފައިވަނީ ކޮން ކުންފުންޏަކަށް ކަމެއް ކައުންސިލަށް އަންގާފައިނުވާ ކަމަށް ނަސްރު ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަށާފައިވާ ކޫލް ސްކޫލް ޕްރޮޖެކްޓަށް އަލިއަޅުއްވާލައްވާ ނަސްރު ވިދާޅުވީ، އެ މަޝްރޫއަށް އޭސީ ނެތިގެން ކައުންސިލާއި ޑަބްލިއުޑީސީ ގުޅިގެން 15 އޭސީ ދީފައިވާނެ ކަމަށާއި، އޭގެ ފަހުން ސަރުކާރުން ވެސް އޭސީ ފޮނުވާފައިވާ ކަމަށެވެ. އަދި އޭސީ އަޅުވާފައި ހުންނަތާ 6 މަސްދުވަސް ވެފައިވާ ކަމަށް ނަސްރު ވިދާޅުވި އެވެ. 

ނަމަވެސް އޭސީތައް ނުޖެއްސި ހުރީ ކަރަންޓު ލުމުގެ ހަރަދު ސަރުކާރަށް ހަމަނުޖެއްސިގެން ކަމަށް ނަސްރު ވިދާޅުވި އެވެ. އަދި މިހާރު ކްލާސްތަކުގެ ދޮރުތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ދަރިވަރުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސްކޫލްގެ ފަރާތުން ޕްރިންސިޕަލުގެ މުސާރަ ސްލިޕް ހަދަމުން ދިޔަ ނަމަވެސް، ޕްރިންސިޕަލަކު ސްކޫލްގައި ނެތް ކަމަށް ނަސްރު ވިދާޅުވި އެވެ. މިކަމުގެ ކަންބޮޑުވުން ޓީޗަރުން ފާޅުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.    

ދ. ހުޅުދެލިމަލްޓި ޕާޕަސް ހޯލް'' ކޫލް ސްކޫލް'' ޕްރޮޖެކްޓް

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2026

ދ. ހުޅުދެލީގައި ބިނާކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށިތާ 2 އަހަރު، މިހާރު ކުރިއަށްދަނީ ވިނަ ނޮޅުމުގެ މަސައްކަތް!

01 ސެޕްޓެމްބަރު 2026
ދ. ހުޅުދެލީގައި ބިނާކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށިތާ 2 އަހަރު، މިހާރު ކުރިއަށްދަނީ ވިނަ ނޮޅުމުގެ މަސައްކަތް!
07 ޖުލައި 2026

ކޫލް ސްކޫލް ޕްރޮޖެކްޓް: ނިންމަން ދިން ތާރީޚު ފަހަނަ އަޅައި 10 މަސް ދިޔައިރު ނިމުނީ 61 އިންސައްތަ މަސައްކަތް!

07 ޖުލައި 2026
ކޫލް ސްކޫލް ޕްރޮޖެކްޓް: ނިންމަން ދިން ތާރީޚު ފަހަނަ އަޅައި 10 މަސް ދިޔައިރު ނިމުނީ 61 އިންސައްތަ މަސައްކަތް!
21 ޖޫން 2026

ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން ކޮޅުފުށީގެ ސްކޫލުގައި އޭސީ ހަރުކުރި ނަމަވެސް އޭސީގެ ނަރުތައް ނުގުޅި ހުންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސް!

21 ޖޫން 2026
ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން ކޮޅުފުށީގެ ސްކޫލުގައި އޭސީ ހަރުކުރި ނަމަވެސް އޭސީގެ ނަރުތައް ނުގުޅި ހުންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސް!
02 އޮކްޓޯބަރު 2025

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!
30 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަށް މި އަހަރުގެ ޖުލައި މަސް ނާންނާތީ ހުޅުދެލީގެ ބިން ހިއްކުމުގެ މަސައްކަތް އަދިވެސް ނުފެށޭ!

30 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަށް މި އަހަރުގެ ޖުލައި މަސް ނާންނާތީ ހުޅުދެލީގެ ބިން ހިއްކުމުގެ މަސައްކަތް އަދިވެސް ނުފެށޭ!
05 މެއި 2025

ރާއްޖޭގައި 3740 ކްލާސްރޫމް، ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް އޭސީ ހަރުކުރެވިފައިވަނީ 401 ކްލާސް ރޫމްގައި

05 މެއި 2025
ރާއްޖޭގައި 3740 ކްލާސްރޫމް، ކޫލް ސްކޫލު ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް އޭސީ ހަރުކުރެވިފައިވަނީ 401 ކްލާސް ރޫމްގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް