Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދ. ހުޅުދެލި

ދ. ހުޅުދެލީގައި ބިނާކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށިތާ 2 އަހަރު، މިހާރު ކުރިއަށްދަނީ ވިނަ ނޮޅުމުގެ މަސައްކަތް!

1 ސެޕްޓެމްބަރު 2026 | އަންގާރަ 13:49

ދ. ހުޅުދެލީގައި އައު މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ލަސްވަމުންދާތީ އާއި އެ ރަށުގެ އާބާދީއާ ނުބައްދަލު ކުޑަ މިސްކިތެއް ބިނާކުރާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. މި މަޝްރޫއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހިއްސާނުކުރާކަން ފާހަގަކުރައްވައި، ކައުންސިލްގެ ރައީސް ވިދާޅުވީ މިހާރު ކުރިއަށްދަނީ ހަމައެކަނި ވިނަ ނޮޅުމުގެ މަސައްކަތް ކަމަށް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 1 ސެޕްޓެމްބަރު 2026 | އަންގާރަ 13:49

ދ. ހުޅުދެލިގައި ބިނާކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށިތާ 2 އަހަރު، މިހާރު ކުރިއަށްދަނީ ވިނަ ނޮޅުމުގެ މަސައްކަތް! | ރާއްޖެ އެމްވީ

ދ. ހުޅުދެލީގައި ބިނާކުރުމުގެ މަޝްރޫއު ފިނިހަކަ ދުވެލީގައި ކުރިއަށް ދާތީ އެކަމުގެ ކަންބޮޑުވުން ހުޅުދެލީ ކައުންސިލުން ފާޅުކޮށްފި އެވެ. 

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ހުޅުދެލީ ކައުންސިލްގެ ރައީސް އަހުމަދު ނަސްރު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި މަޝްރޫއަށް ބިން ކަނޑައަޅާފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކަމަށެވެ. އަދި އަމަލީ މަސައްކަތް ފަށާފައިވަނީ މި ސަރުކާރު އައިފަހުން ކަމަށް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރާއި ބައިވެގެން ދިޔައިރު ވެސް، މި މަޝްރޫއު ފިނިހަކަ ދުވެލީގައި ކުރިއަށް ދާތީ އެކަމުގެ ކަންބޮޑުވުން ނަސްރު ފާޅުކުރެއްވި އެވެ. އަދި މިހާރު ކުރިއަށް ދަނީ ވިނަ ނޮޅުމުގެ މަަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރަކީ ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާ ކުރާ ސަރުކާރެއް ނޫން ކަމަށް ވެސް ނަސްރު ވިދާޅުވި އެވެ. އެގޮތުން މި މަޝްރޫއުގެ އެއްވެސް އަދާހަމައެއް ނުލިބޭ ކަމަށާއި އިތުރު ތަފްސީލެއް ކައުންސިލަށް ނޭނގޭ ކަމަށެވެ. 

އަދި ކައުންސިލުން ބޮޑު ބިމެއް ކަނޑައަޅާދީފައި އޮތްއިރު ވެސް، ކުޑަ މިސްކިތެއް އަޅާތީ އެކަމުގެ ކަންބޮޑުވުން ވެސް ނަސްރު ވަނީ ފާޅުކުރައްވާފަ އެވެ. 

ދެން އަނެއްކާ މި ބިމަކީ 10000 އަކަ ފޫޓުގެ ބިމެއް، އެކަމަކު މިތަނަށް މި ލިބިފައި މިއިނީ 250 މީހުންގެ މިސްކިތެއް އަސްލު މި ޒަމާނަކަށް ވެސް މިތަން ފިޓެއް ވެސް ނޫން، މިތާ ޖެހިގެން މިއޮތް ރިނބިދޫ ގާތްގަނޑަކަށް ހަތަރުސްތޭކައެއް ހާ އާބާދީ އުޅޭ ތަނެއް، އެތަނުގެ މިސްކިތެއް އަޅާ އެބަ 500 މީހުންގެ، އެކަމަކު މިގޮތަށް ފިނިހަކަ ސްޕީޑްގައި ދަނީ 
އަހުމަދު ނަސްރު

ދ. ހުޅުދެލީގައި މިސްކިތެއް ބިނާކުރުމަށް އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކުރީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގަ އެވެ. އަދި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު އެވެ.

ދ. ހުޅުދެލިމިސްކިތް އިމާރާތްކުރުން

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2026

އެއް އަހަރު ދުވަހުން ނިންމާނަމޭ ބުނި ހެނބަދޫ މިސްކިތުގެ މަސައްކަތް، ބިންގާ އެޅިފަހުން 6 މަސް ވީއިރު ނުވެސް ނުފަށާ

26 ޖެނުއަރީ 2026
އެއް އަހަރު ދުވަހުން ނިންމާނަމޭ ބުނި ހެނބަދޫ މިސްކިތުގެ މަސައްކަތް، ބިންގާ އެޅިފަހުން 6 މަސް ވީއިރު ނުވެސް ނުފަށާ
02 އޮކްޓޯބަރު 2025

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!
30 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަށް މި އަހަރުގެ ޖުލައި މަސް ނާންނާތީ ހުޅުދެލީގެ ބިން ހިއްކުމުގެ މަސައްކަތް އަދިވެސް ނުފެށޭ!

30 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަށް މި އަހަރުގެ ޖުލައި މަސް ނާންނާތީ ހުޅުދެލީގެ ބިން ހިއްކުމުގެ މަސައްކަތް އަދިވެސް ނުފެށޭ!
04 ސެޕްޓެމްބަރު 2025

މިސްކިތާ ގުޅޭގޮތުން މިނިސްޓަރު ޝަހީމް ހައްދަވަނީ ކަނޑައެޅިގެން ދޮގު: ދިގުރަށު ކައުންސިލް

04 ސެޕްޓެމްބަރު 2025
މިސްކިތާ ގުޅޭގޮތުން މިނިސްޓަރު ޝަހީމް ހައްދަވަނީ ކަނޑައެޅިގެން ދޮގު: ދިގުރަށު ކައުންސިލް
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް