Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓީމް

ޓީމް އިން ފަށާފައިވާ ޕެޓިޝަނަށް ބޮޑު ތަރުހީބެއް، އެއް ދުވަސް ތެރޭގައި 42 ރިސޯޓެއްގެ މުވައްޒަފުން ސޮއިކޮށްފި

30 އޯގަސްޓު 2026 | އާދީއްތަ 07:24

ރިސޯޓު މުވައްޒަފުންގެ މުސާރަ އާއި ސަރވިސް ޗާޖް ދިވެހި ރުފިޔާއިން ދިނުމާ ދެކޮޅަށް ޓީމް އިން ފެށި ޕެޓިޝަނަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިއީ މުވައްޒަފުންގެ ހައްގުތަކާއި އާމްދަނީ ދިފާއުކުރުމަށް ކުރާ މަސައްކަތެއް. ޑޮލަރުން ލިބޭ އާމްދަނީގެ ބައެއް ބޭންކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނަށް ގެންނަ އިސްލާހާ ގުޅިގެން، މުވައްޒަފުންގެ އާމްދަނީ ޑޮލަރުން ދިނުން ހުއްޓާލުމަށް ސަރުކާރުން ގެންނަ ބަދަލުތައް ހުއްޓާލުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 30 އޯގަސްޓު 2026 | އާދީއްތަ 07:24
ރުފިޔާއިން މުސާރަ ދިނުމާ ދެކޮޅަށް ސޮއިކުރާ ޕެޓިޝަނުގައި ރާއްޖޭގެ ރިސޯޓެއްގެ މުވައްޒަފުން ސޮއިކުރަނީ

ރުފިޔާއިން މުސާރަ ދިނުމާ ދެކޮޅަށް ސޮއިކުރާ ޕެޓިޝަނުގައި ރާއްޖޭގެ ރިސޯޓެއްގެ މުވައްޒަފުން ސޮއިކުރަނީ | ޓީމް މޯލްޑިވްސް

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ދިވެހި ރުފިޔާއިން ސަރވިސް ޗާޖް އަދި މުސާރަ ދިނުމާއި ދެކޮޅަށް ފަށާފައިވާ ޕެޓިޝަނަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެއް ދުވަހުގެ ތެރޭގައި 42 ރިސޯޓެއްގެ މުވައްޒަފުން ސޮއިކޮށްފައިވާ ކަމަށް ޓީމް އިން ބުނެފި އެވެ. 

ޓީމް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެއް ދުވަސް ތެރޭގައި 42 ރިސޯޓްގެ މުވައްޒަފުން ޕެޓިޝަންގައި ސޮއި ކުރުމުން، ރިސޯޓު މުވައްޒަފުންގެ އާމްދަނީ އާއި ހައްގުތަކާއި އަދި ދިރިއުޅުމުގެ ފުދުންތެރިކަން ދިފާއުކުރުމުގައި އެ މުވައްޒަފުން ތިބީ އެއްގަލަކަށް އަރައި، ވަރަށް ބޮޑަށް ބަދަހިވެފައިވާކަން ހާމަވާ ކަމަށެވެ.

Advertisement - newsAdvertisement

އެ ރިސޯޓުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ އެކި ފަންތީގެ ރިސޯޓުތައް ހިމެނެ އެވެ. އަދި މިއީ ފެށުމެއް ކަމަށް ޓީމް އިން ބުނެ އެވެ. އަދި ހުރިހާ ރިސޯޓަކުން ވެސް އެ ޕެޓިޝަނުގައި ސޮއިކުރުމުގައި ބައިވެރިވުމަށް ޓީމް އިން ގޮވާލާފައިވެ އެވެ.

މި ޕެޓިޝަނުގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންގެ މުސާރަ ރައްކާތެރިކޮށް، މުވައްޒަފުންގެ ހައްގު މިންވަރެއްގެ މުސާރައެއް ލިބޭނެކަން ކަށަވަރުކުރުން ކަމަށް ޓީމް އިން ވަނީ ބުނެފަ އެވެ. އަދި ރިސޯޓު މުވައްޒަފުންގެ އާމްދަނީ ޑޮލަރުން ދިނުން ހުއްޓޭ ގޮތަށް ސަރުކާރުން ގެންނަ ބަދަލުތައް ހުއްޓާލުމަށް ޓީމް އިން ވަނީ ގޮވާލާފަ އެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ރިސޯޓު މުވައްޒަފުންނަށް ލިބޭ ޑޮލަރުގެ އާމްދަނީ އިން 40 އިންސައްތަ ބޭންކަށް މާރުކުރަން ޖެހޭގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ގެނައުމަށް ނިންމާފަ އެވެ.

ޓީމް

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

29 އޯގަސްޓު 2026

ރިސޯޓު މުވައްޒަފުންނަށް ރުފިޔާ އިން މުސާރަ ދިނުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

29 އޯގަސްޓު 2026
ރިސޯޓު މުވައްޒަފުންނަށް ރުފިޔާ އިން މުސާރަ ދިނުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް