Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓީމް

ރިސޯޓު މުވައްޒަފުންނަށް ރުފިޔާ އިން މުސާރަ ދިނުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

29 އޯގަސްޓު 2026 | ހޮނިހިރު 06:09

ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން ރިސޯޓު މުވައްޒަފުންގެ މުސާރަ އާއި ސަރވިސް ޗާޖު ޑޮލަރުން ދިނުން ހުއްޓާލަން އުޅޭތީ، އެކަމާ ދެކޮޅަށް ޓީމް ޖަމިއްޔާއިން އިސްނަގައިގެން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި. މި ނިންމުމުގެ ސަބަބުން މުވައްޒަފުންގެ އާމްދަނީ ދަށްވެ މާލީ ބުރައަކާ ކުރިމަތިލާންޖެހޭނެ ކަމަށް ބުނެ، ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 29 އޯގަސްޓު 2026 | ހޮނިހިރު 06:09
ރިސޯޓް މުވައްޒަފަކު ގެސްޓުންނަށް ހިދުމަތް ދެނީ

ރިސޯޓް މުވައްޒަފަކު ގެސްޓުންނަށް ހިދުމަތް ދެނީ | ކޯޕަރޭޓް މޯލްޑިވްސް

ބޭރު ފައިސާގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކާއި ގުޅިގެން، ރިސޯޓު މުވައްޒަފުންނަށް ދިވެހި ރުފިޔާ އިން ސަރވިސް ޗާޖް އަދި މުސާރަ ދިނުމާއި ދެކޮޅަށް މުވައްޒަފުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

މި ޕެޓިޝަނަކީ ޓޫރިޒަމް އެމްޕްލޯއިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. ހުކުރު ދުވަހު ޓީމްގެ ސޯޝަލް މީޑިޔާގައި އާންމުކޮށްފައިވާ ބަޔާނުގައި އެ ޖަމިއްޔާގެ އެންމެހާ މެންބަރު ރިސޯޓުތަކާއި ޓީމްގެ މެންބަރު ނޫން ރިސޯޓުތަކުން ވެސް މި ޕެޓިޝަނުގައި ސޮއިކުރަން ވަނީ ބާރު އަޅައިފަ އެވެ.

Advertisement - newsAdvertisement

މި ޕެޓިޝަނުގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންގެ މުސާރަ ރައްކާތެރިކޮށް، މުވައްޒަފުންގެ ހައްގު މިންވަރެއްގެ މުސާރައެއް ލިބޭނެކަން ކަށަވަރުކުރުން ކަމަށް ޓީމް އިން ވަނީ ބުނެފަ އެވެ. އަދި ރިސޯޓު މުވައްޒަފުންގެ އާމްދަނީ ޑޮލަރުން ދިނުން ހުއްޓޭ ގޮތަށް ސަރުކާރުން ގެންނަ ބަދަލުތައް ހުއްޓާލުމަށް ޓީމް އިން ވަނީ ގޮވާލާފަ އެވެ.

ސަރުކާރުން މި ނިންމި ނިންމުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭ އާމްދަނީގެ އަދަދު އިންތިހާއަށް ދަށްވެ، މާލީ ގޮތުން ބޮޑު ބުރައަކާ ކުރިމަތިލާންޖެހޭ ކަމުގެ ކަންބޮޑުވުން ޓީމް އިން ވަނީ ފާޅުކޮށްފަ އެވެ. އަދި ގައުމަށް މި ދިމާވެފައިވާ ހާލަތަކީ މުވައްޒަފުންގެ އިހުމާލުން ދިމާވެފައިވާ ކަމެއް ނޫން ކަމަށާއި ބޭރު ފައިސާގެ ދަތިތައް ހައްލު ކުރުމަށް ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކުރުމަށް ޓީމް އިން ވަނީ ގޮވާލައިފަ އެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ޖަލްސާގައި ވަނީ ރިސޯޓު މުވައްޒަފުންނަށް ލިބޭ ޑޮލަރުގެ އާމްދަނީ އިން 40 އިންސައްތަ ބޭންކަށް މާރުކުރަން ޖެހޭގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ގެނައުމަށް ނިންމާފަ އެވެ.

ގާނޫނަށް މި ގެނައި އިސްލާހުގެ ސަބަބުން ޓީމްގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޓީމް

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް