Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވައްކަން

މިސްރުގެ ރާނީ ނާޒްލީ ތުރުކުރެއްވި އެތައް މިލިއަން ޑޮލަރުގެ އަގުބޮޑު ޖަވާހިރު ފަށެއް ވަގަށް ނަގައިފި

29 އޯގަސްޓު 2026 | ހޮނިހިރު 05:58

އޮސްޓްރިއާގެ މިއުޒިއަމަކުން މިލިއަން ޑޮލަރުގެ އަގުބޮޑު ޖަވާހިރު ފަށެއް ވަގަށް ނަގާފައިވާއިރު، މިއީ ޔޫރަޕްގެ މިއުޒިއަމްތަކަށް އަމާޒުކޮށް ދެމުންދާ ވައްކަމުގެ ސިލްސިލާގެ ތެރެއިން ހިނގި ހާދިސާއެއް. މިސްރުގެ ކުރީގެ ޝާހީ އާއިލާއަށް ނިސްބަތްވާ މި ފަށް ވަގަށް ނަގާފައިވަނީ މާސްކު ނާޅާ ތިބި ދެ މީހަކު ބިއްލޫރި އަލަމާރި ތަޅާލައިގެން. ފަހަކަށް އައިސް އިޓަލީ އާއި ސްޕެއިން ފަދަ ގައުމުތަކުގެ މިއުޒިއަމްތަކުން ވެސް އަގުބޮޑު ކުރެހުންތަކާއި އާސާރީ ތަކެތި ވަގަށް ނެގުމުގެ މައްސަލަތައް ވަނީ އިތުރުވެފަ

ރާއްޖެ އެމްވީ | 29 އޯގަސްޓު 2026 | ހޮނިހިރު 05:58
މިޞްރުގެ ރާނީ ނާޒްލީ ބޭނުންފުޅުކުރެއްވި، 1939 ވަނަ އަހަރުގެ ޕްލެޓިނަމް އަދި އަލިމަހުގެ ފަށެއްގެ ފޮޓޯއެއް މީހަކު ނަގަނީ

މިޞްރުގެ ރާނީ ނާޒްލީ ބޭނުންފުޅުކުރެއްވި، 1939 ވަނަ އަހަރުގެ ޕްލެޓިނަމް އަދި އަލިމަހުގެ ފަށެއްގެ ފޮޓޯއެއް މީހަކު ނަގަނީ | އޭއެފްޕީ

ވިއެންނާގެ މިއުޒިއަމް އޮފް އެޕްލައިޑް އާޓްސް (އެމް.އޭ.ކޭ) އަށް ވަނުމަށް ދެ މީހަކު ޓިކެޓް ގަތުމަށްފަހު، އެތަނުގެ ބިއްލޫރި އަލަމާރިއެއް ތަޅާލައި، 200 ކެރަޓުގެ ޕްލެޓިނަމް އަދި އަލިމަސް ހިމެނޭ ފަށެއް ވަގަށް ނަގައިގެން ފިލާފައިވާ ކަމަށް އޮސްޓްރިއާގެ ފުލުހުން ހުކުރު ދުވަހު ބުނެފި އެވެ.

އޮސްޓްރިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، 673 އަގުބޮޑު ޖަވާހިރު ހިމެނޭ "ވެން ކްލީފް އެންޑް އާޕެލްސް" ބްރޭންޑުގެ މި ފަށުގެ އަގު އެތައް މިލިއަން ޑޮލަރަކަށް އަރަ އެވެ. މިއީ ޔޫރަޕްގެ މިއުޒިއަމްތަކަށް އަމާޒުކޮށް ދެމުންދާ ބޮޑެތި ވައްކަންތަކުގެ ސިލްސިލާގެ ތެރެއިން ހިނގި އެންމެ ފަހުގެ ހާދިސާ އެވެ.

ފުލުހުން ބުނި ގޮތުގައި ބުރާސްފަތި ދުވަހު ހިނގި މި ވައްކަން ކުރި ދެ މީހުން ތިބީ މާސްކު އަޅައިގެންނެއް ނޫނެވެ. އަދި އެ މީހުން މިއުޒިއަމަށް ވަދެފައިވަނީ ޓިކެޓް ގަނެގެން ކަމަށާއި، އެ މީހުންގެ ހަރަކާތްތައް ސާފުކޮށް ސަރވެއިލަންސް ކެމެރާތަކަށް އަރާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ދެ މީހުން މަރުތޭލަކުން ޖަހައި "ބިއްލޫރި އަލަމާރި ތަޅާލުމަށްފަހު"، ގަހަނާ ހިފައިގެން ފިލާފައިވާ ކަމަށެވެ.

އެމް.އޭ.ކޭ މިއުޒިއަމުން މި ވައްކަން ހިނގިކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެކަމާ ގުޅޭގޮތުން އިތުރު އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް ވަނީ ބުނެފަ އެވެ.

ވަގަށް ނެގި ފަށަކީ ފަރަންސޭސި ޑިޒައިނަރުން ކަމަށްވާ ވެން ކްލީފް އެންޑް އާޕެލްސް އަށް ހާއްސަކޮށްގެން ބާއްވަމުންދިޔަ މައުރަޒެއްގެ ބައެކެވެ. މިދިޔަ ޖޫން މަހުން ފެށިގެން ކުރިއަށްދާ މި މައުރަޒުގައި ގާތްގަނޑަކަށް 500 އެއްޗެއް ދައްކާލުމަށް ބަހައްޓާފައިވެ އެވެ. މި މައުރަޒު ނިންމާލުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

ވަގަށް ނެގި މި ފަށަކީ ކުރީގެ މިސްރުގެ ޝާހީ އާއިލާއަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ފަށެކެވެ. މި ފަށް 1939 ވަނަ އަހަރު ރާނީ ނާޒްލީ ތުރުކުރެއްވީ، އެކަމަނާގެ ދަރިކަނބަލުން ފާއިޒާ އާއި އީރާނުގެ ވަލީއަހުދު މުހައްމަދު ރިޒާ ޕަހްލަވީގެ ކައިވެނީގެ ހަފުލާގަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ޕެރިހުގެ ލޫވް މިއުޒިއަމަށް ދުވާލު ވަގުތު ބަޔަކު ވަދެ، އަށް މިނެޓަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 102 މިލިއަން ޑޮލަރުގެ ގަހަނާ ހިފައިގެން ފިލި ހާދިސާއަށްފަހު، ޔޫރަޕްގެ މިއުޒިއަމްތަކުން މިފަދަ ބޮޑެތި ވައްކަންތައް ދަނީ ފެންނަމުންނެވެ.

މީގެ އިތުރުން، ބުރާސްފަތި ދުވަހު ސްޕެއިންގެ ވިލޭނާ ސިޓީގެ މިއުޒިއަމެއްގައި ހުރި "ޓްރެޜަރ އޮފް ވިލޭނާ" ނަމަކަށް ކިޔާ ބްރޮންޒް އޭޖްގެ ރަނުގެ ބޮޑު ކަލެކްޝަނަކުންވެސް ވަނީ ވައްކަން ކޮށްފަ އެވެ. އެތަނުން 50 އަށްވުރެ ގިނަ ރަނުގެ ތަށިތަކާއި، ފުޅިތަކުގެ އިތުރުން އެހެނިހެން ތަކެތި ވަނީ ވަގަށް ނަގާފަ އެވެ.

އިޓަލީގެ ކަލްޗަރ މިނިސްޓްރީން އާދީއްތަ ދުވަހު ބުނި ގޮތުގައި، ސިސިލީގެ މިއުޒިއަމަކުން ރެނެސަންސް ދައުރުގެ ކުރެހުންތެރިޔާ އެންޓޮނެލޯ ޑާ މެސީނާގެ "އާދަޔާ ހިލާފު އަގުބޮޑު" ހަތަރު ކުރެހުމެއް ވަނީ ވަގަށް ނަގާފަ އެވެ.

އޭގެ ދެ ދުވަސް ކުރިން އިޓަލީގެ ފުލުހުން ބުނެފައިވަނީ، ޕާމާ ކައިރީގައި ހުންނަ މެގްނާނީ-ރޮކާ ފައުންޑޭޝަން މިއުޒިއަމުން ވަގަށް ނަގާފައިވާ ރެނުއާ، ސެޒާން އަދި މެޓިސް ފަދަ މަޝްހޫރު ކުރެހުންތެރިންގެ 10.4 މިލިއަން ޑޮލަރަށް ވުރެ އަގުބޮޑު ކުރެހުންތަކެއް އަލުން ހޯދާފައިވާ ކަމަށެވެ.

މަސްދަރު: އޭއެފްޕީ

ލޫވް މިއުޒިއަމްވައްކަން

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

4

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

5

އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ

އިތުރަށް ކިޔާލަން

06 ޖުލައި 2026

ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ލޮއިނަރު ރޯލުތަކެއް ވަގަށް ނަގައިފި

06 ޖުލައި 2026
ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ލޮއިނަރު ރޯލުތަކެއް ވަގަށް ނަގައިފި
19 އެޕްރީލު 2026

ނަލަހިޔާގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ވަގަށް ނެގި މައްސަލައިގައި 5 ވަނަ މީހާ ހައްޔަރުކޮށް، ބައި ލައްކަ ރުފިޔާ ހޯދައިފި

19 އެޕްރީލު 2026
ނަލަހިޔާގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ވަގަށް ނެގި މައްސަލައިގައި 5 ވަނަ މީހާ ހައްޔަރުކޮށް، ބައި ލައްކަ ރުފިޔާ ހޯދައިފި
12 އެޕްރީލު 2026

ނަލަހިޔާ ރެޒިޑެންސް އެޕާޓްމަންޓަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފި

12 އެޕްރީލު 2026
ނަލަހިޔާ ރެޒިޑެންސް އެޕާޓްމަންޓަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފި
03 އެޕްރީލު 2026

ހުޅުމާލެ ހޮސްޕިޓަލުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކޮށްފި

03 އެޕްރީލު 2026
ހުޅުމާލެ ހޮސްޕިޓަލުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކޮށްފި
11 ފެބުރުއަރީ 2026

ފުލުސް އޮފިސަރަކާއި އެމްޕީއެލްގެ މުވައްޒަފަކު ބައިވެރިވެގެން ޗައިނާގެ ވިޔަފާރިވެރިއެއްގެ 2.2 މިލިއަން ރުފިޔާގެ ހުއިފިލަނޑާ ވަގަށް ނަގާ އޭނާގެ ހައްގު ފޭރިގަތް ގޮތް!

11 ފެބުރުއަރީ 2026
ފުލުސް އޮފިސަރަކާއި އެމްޕީއެލްގެ މުވައްޒަފަކު ބައިވެރިވެގެން ޗައިނާގެ ވިޔަފާރިވެރިއެއްގެ 2.2 މިލިއަން ރުފިޔާގެ ހުއިފިލަނޑާ ވަގަށް ނަގާ އޭނާގެ ހައްގު ފޭރިގަތް ގޮތް!
28 ޑިސެމްބަރު 2025

މޫނު ނިވާކޮށްގެން ތިބި ބަޔަކު ވީއައިއޭ އިން ބީއެމްއެލްގެ ފައިސާ އެޅި ސޫޓް ކޭހެއް ވަގަށް ގެންގޮސްފައި ވަނިކޮށް މޫނު ނިވާކޮށްގެން ހުރި މީހަކު ހޯރަފުށީ އެއަރޕޯޓު ފަޅާލައިގެން ވެސް ގެންދިޔައީ ބީއެމްއެލް ގެ ދެ ޕާރުސަލް

20 ޑިސެމްބަރު 2025

ދޮޅުލައްކަ ރުފިޔާ ގެ އިންޖީނެއް ވަގަށް ނަގައިގެން 1000 ރުފިޔާ އަށް ވިއްކާލާފައި ވަނިކޮށް ހޯދައިފި

20 ޑިސެމްބަރު 2025
ދޮޅުލައްކަ ރުފިޔާ ގެ އިންޖީނެއް ވަގަށް ނަގައިގެން 1000 ރުފިޔާ އަށް ވިއްކާލާފައި ވަނިކޮށް ހޯދައިފި
31 އޮކްޓޯބަރު 2025

ލޫވްޚަ ދާރުލްއާސާރުން ވަގަށް ނެގި ތަކެތީގެ އަގު 102 މިލިއަން ޑޮލަރަށް، މައްސަލައިގައި އިތުރު ފަސް މީހަކު ހައްޔަރު ކޮށްފި

31 އޮކްޓޯބަރު 2025
ލޫވްޚަ ދާރުލްއާސާރުން ވަގަށް ނެގި ތަކެތީގެ އަގު 102 މިލިއަން ޑޮލަރަށް، މައްސަލައިގައި އިތުރު ފަސް މީހަކު ހައްޔަރު ކޮށްފި
20 އޮކްޓޯބަރު 2025

ފްރާންސްގެ އެންމެ މަޝްހޫރު ލޫވްޚަ ދާރުލްއާސާރުން ވައްކަން ކޮށްފި، ސެކިއުރިޓީ ފެއިލްވި ކަމަށް މިނިސްޓަރުގެ އިއުތިރާފް

20 އޮކްޓޯބަރު 2025
ފްރާންސްގެ އެންމެ މަޝްހޫރު ލޫވްޚަ ދާރުލްއާސާރުން ވައްކަން ކޮށްފި، ސެކިއުރިޓީ ފެއިލްވި ކަމަށް މިނިސްޓަރުގެ އިއުތިރާފް
19 އޮކްޓޯބަރު 2025

މިދިޔަ މަހު ވަގަށް ނަގައިގެން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 7.6 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދަލާއި ފައިސާ ހޯދައިފި

19 އޮކްޓޯބަރު 2025
މިދިޔަ މަހު ވަގަށް ނަގައިގެން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 7.6 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދަލާއި ފައިސާ ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް