Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ

ރައްޔިތުންގެ އަމިއްލަ ޖީބަށް އާމްދަނީ ލިބޭ ކަން ކަމަށް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ހުރަސްއަޅަމުން: މެންބަރު ނާޒިލް

7 އޯގަސްޓު 2026 | ހުކުރު 07:46

ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ޑޮލަރުގެ އަގު ތިރިނުވެ، ކަޅު ބާޒާރުގައި 21 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާތީ މެންބަރު ނާޒިލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. އަދި އައްޑޫ ސިޓީގެ "ސަވާހިލި ޕްރޮޖެކްޓް" ހުއްޓުވައި، އެ ސިޓީގެ ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވި. މިފަދަ ނިންމުންތަކުގެ ސަބަބުން އާންމު ރައްޔިތުންގެ އަމިއްލަ ޖީބަށް ވަންނަ އާމްދަނީއަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ވެސް މެންބަރު ނާޒިލް ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޯގަސްޓު 2026 | ހުކުރު 07:46
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދައްލުވުމެއްގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަ ދައްކަވަނީ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދައްލުވުމެއްގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

މި ސަރުކާރުން އާންމު ރައްޔިތު މީހާގެ އަމިއްލަ ޖީބަށް ބޮޑު އާމްދަނީއެއް ލިބޭނެ މަސައްކަތެއް ކުރަން ފެށުމުން އެކަމަކަށް ހުރަސްއަޅަމުންދާ ކަމަށާއި، އެކަން އައްޑޫ ސިޓީން ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން މެންބަރު ނާޒިލް ވިދާޅުވީ، ޑޮލަރުގެ އަގު ހިފެހެއްޓޭނެ ކަމަށާއި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވެސް އަގު ތިރި ކުރައްވާނެ ކަމުގެ ވައުދުފުޅާ އެކު ކަމަށެވެ. ނަމަވެސް މިއަދު ރައްޔިތުންނަށް ޑޮލަރެއް ލިބެނީ 21 ރުފިޔާއަށް ވުރެ ބޮޑު އަގުގައި ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ޑޮލަރުގެ ހަގީގީ އަގަކީ 12.85 ރުފިޔާ ކަމަށާއި، އޭގެ އެންމެ މަތީ ބޭންޑަކީ 15.42 ރުފިޔާ ކަން ފާހަގަކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ ސަރުކާރުން އުފެއްދި ޑިވެލޮޕްމަންޓް ބޭންކުން ވެސް މިހާތަނަށް ކުރެވުނު އެއްވެސް ކަމެއް ފެންނަން ނެތް ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ އަމިއްލަ ޖީބަށް އާމްދަނީ ލިބޭ އެންމެހައި ކަން ކަމަށް މިސަރުކާރުން ހުރަސްއަޅަމުންދާ ކަމަށެވެ. 

އެގޮތުން އައްޑޫ ސިޓީގެ ގެސްޓްހައުސް ވިޔަފާރިއަށް ހުރަސްއަޅާފައިވާ ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ. އަދި ވިދާޅުވީ "ސަވާހިލި ޕްރޮޖެކްޓް'' ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީ ކައުންސިލުން އެ މަޝްރޫއަށް އިންވެސްޓަރުން ހޯދަން ބިޑު ފޮތް ވިއްކަން ފެށުމުން، ކުއްލި ގޮތަކަށް ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެ ބިން ވެސް ސަރުކާރަށް ނަގާފައިވާ ކަމަށެވެ.

އައްޑޫ ހަގީގަތުގައި އައްޑޫގެ ގެސްޓްހައުސް ވިޔަފާރީގައި އެ ޑިވެލޮޕްމަންޓް ހުއްޓުވަނީ އެނގޭތޯ. ގެސްޓްހައުސް ވިޔަފާރިއާ ގުޅިގެން ފޭދޫގައި ބޮޑު ސަރަހައްދެއްގައި ގެސްޓްހައުސްއަށް އެބަ ޑިވެލޮޕްކުރެވޭ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރެވެން އޮތް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 250 ކޮޓަރިއާ ހިސާބަށް އެ ސަރަހައްދު ޑިވެލޮޕްވެގެނެއް އެބައާދޭ. އޭގެ މުހިންމު ޕޯޝަނެއްގެ ގޮތުގައި ސަވާހިލި އަޅުގަނޑުމެންނަށް އެކަން ކުރެވެން އެބައޮތް. އަދި އެއާ ގުޅިގެން އައްޑޫ ސިޓީ ގުޅިފައި އޮތް ހުރިހާ ރަށެއްގައި ގެސްޓްހައުސް ވިޔަފާރި ބޮޑުތަނުން ފަސޭހަވެގެންދާނެ. އެ މާކެޓް ކުރަން، އެ ވިއްކަން، އެ އިގްތިސާދު އައްޑޫގައި ހިފަހައްޓަން ބޮޑުތަނުން ފަސޭހަވެގެން އެބަދޭ، ސަވާހިލިއާ އެކީގައި ޑިވެލޮޕްކުރެވިއްޖެ އެނގޭތޯ. އަޅުގަނޑުމެންނަށް މިހާރު އަޑުއިވޭ، އީކުއޭޓަރ ހުއްޓުމަކަށް އަންނަ ވާހަކައެއް. އީކުއޭޓަރ ހުއްޓިއްޖެއްޔާ އައްޑޫގެ ގެސްޓްހައުސް، އެ ސަބަބުން ސަވާހިލި ޕްރޮޖެކްޓާ އެކީގައި ހުއްޓިގެންދާނެ 
އިބްރާހީމް ނާޒިލް

މީގެ އިތުރުން މެންބަރު ނާޒިލް ވިދާޅުވީ މި ސަރުކާރުން މިފަދަ ނިންމުންތައް ނިންމަނީ ކޮން ނިޔަތެއްގައި، ކޮން ބައެއްގެ ބަހަށްތޯ ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އަދި މިއީ އައްޑޫގެ ރައްޔިތުން އިގްތިސާދީ ގޮތުން ކުރިއަށް ދިއުމަށް ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ދެރައެއްގެ ގޮތުގައި މެންބަރު ނާޒިލް ސިފަކުރެއްވި އެވެ.

އައްްޑޫ ސިޓީތަރައްޤީއިބްރާހީމް ނާޒިލް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

06 އޯގަސްޓު 2026

ސަރުކާރަށް ފާޑުކިޔާ ޕީއެންސީގެ މަޖިލީހުގެ މެންބަރުންނަށް ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް އިންޒާރުދީ، ފިއްތުންތައް ކުރިމަތިކުރުވާ: މެންބަރު ނާޒިލް

06 އޯގަސްޓު 2026
ސަރުކާރަށް ފާޑުކިޔާ ޕީއެންސީގެ މަޖިލީހުގެ މެންބަރުންނަށް ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް އިންޒާރުދީ، ފިއްތުންތައް ކުރިމަތިކުރުވާ: މެންބަރު ނާޒިލް
03 އޯގަސްޓު 2026

ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވުމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދިޔަ: ނާޒިލް

03 އޯގަސްޓު 2026
ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވުމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދިޔަ: ނާޒިލް
30 ޖުލައި 2026

މިސަރުކާރުން ގޫގުލްއަށް އައްޑޫއިން ބިން ދޭން ނިންމީ އައްޑޫ ސިޓީ ކައުންސިލަށް ނޭނގި: މޭޔަރު ނިޒާރު

30 ޖުލައި 2026
މިސަރުކާރުން ގޫގުލްއަށް އައްޑޫއިން ބިން ދޭން ނިންމީ އައްޑޫ ސިޓީ ކައުންސިލަށް ނޭނގި: މޭޔަރު ނިޒާރު
29 ޖުލައި 2026

ކުންފުނިތަކަށް ނުކަތާވަރަށް މުވައްޒަފުން އިތުރުކުރީ ޕީއެންސީން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދުމަށް ނަމަވެސް މިއަދު ރައްޔިތުން ބިކަކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ނާޒިލް

އައްޑޫގެ 100 ހެކްޓަރުގެ ބިން ސަރުކާރުގެ ބާރުގެ ދަށުގައި އޮތުމުން މަހަކު 10 މިލިއަން ރުފިޔާގެ ގެއްލުން!

29 ޖުލައި 2026
އައްޑޫގެ 100 ހެކްޓަރުގެ ބިން ސަރުކާރުގެ ބާރުގެ ދަށުގައި އޮތުމުން މަހަކު 10 މިލިއަން ރުފިޔާގެ ގެއްލުން!
24 ޖުލައި 2026

އެމަރަލްޑް ކޯޕަރޭޓްސް އާއި ބްލޫ ސިނާޖީ އިންވެސްޓްމަންޓްސް ގުޅިގެން ރާއްޖޭގައި 175 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ހިންގަނީ

24 ޖުލައި 2026
އެމަރަލްޑް ކޯޕަރޭޓްސް އާއި ބްލޫ ސިނާޖީ އިންވެސްޓްމަންޓްސް ގުޅިގެން ރާއްޖޭގައި 175 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ހިންގަނީ
23 ޖުލައި 2026

ރައީސް ދަންވަރު ނެރުއްވި ޤަރާރަކުން އައްޑޫ ސިޓީގެ އިހްތިސާސުން އެ އަތޮޅު ސަވާހެލި ވަކިކޮށްލީ ރަށް ތަރައްގީކުރަން ކައުންސިލުން ބީލަމަށްވެސް ހުޅުވާލާފައިވަނިކޮށް!

23 ޖުލައި 2026
ރައީސް ދަންވަރު ނެރުއްވި ޤަރާރަކުން އައްޑޫ ސިޓީގެ އިހްތިސާސުން އެ އަތޮޅު ސަވާހެލި ވަކިކޮށްލީ ރަށް ތަރައްގީކުރަން ކައުންސިލުން ބީލަމަށްވެސް ހުޅުވާލާފައިވަނިކޮށް!
23 ޖުލައި 2026

އައްޑޫ ސިޓީގެ އިހްތިސާސުން އެ އަތޮޅު ސަވާހެލި ވަކިކޮށްފި

23 ޖުލައި 2026
އައްޑޫ ސިޓީގެ އިހްތިސާސުން އެ އަތޮޅު ސަވާހެލި ވަކިކޮށްފި
18 ޖުލައި 2026

ރައީސް މުއިއްޒު ރައްޔިތުން އުފާކޮށްދެއްވަނީ ބަސްތަކަކުން!

18 ޖުލައި 2026
ރައީސް މުއިއްޒު ރައްޔިތުން އުފާކޮށްދެއްވަނީ ބަސްތަކަކުން!
17 ޖުލައި 2026

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ނާޒިލްގެ ފާޑު ކިޔުން، ވިދާޅުވީ ނަތީޖާ ގޯސް ކަމަށް

17 ޖުލައި 2026
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ނާޒިލްގެ ފާޑު ކިޔުން، ވިދާޅުވީ ނަތީޖާ ގޯސް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް