Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދ. ކުޑަހުވަދޫ

ދ. ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއު: ސަރުކާރުން ކޮންޓްރެކްޓަރަށް ފައިސާ ނުދޭތީ މަސައްކަތް ހުއްޓި، ރައްޔިތުން ތަކުލީފުގައި!

21 އޯގަސްޓު 2026 | ހުކުރު 13:55

ދ. ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއު ހުއްޓި، މަގުތަކުގައި ހުރި އުސް ޖަންކްޝަންތަކުގެ ސަބަބުން އާންމުންނަށާއި ދަތުރުފަތުރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. މި މަސައްކަތް މެދުކެނޑިފައިވަނީ ސަރުކާރުން ފައިސާ ނުލިބިގެން ކަމަށް މައުލޫމާތު ލިބިފައިވާއިރު، މިކަމުގެ ސަބަބުން އެމްބިއުލާންސް ފަދަ ޒަރޫރީ ޚިދުމަތްތަކަށް ވެސް ވަނީ ހުރަސް އެޅިފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 21 އޯގަސްޓު 2026 | ހުކުރު 13:55

ދ. ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއު: ސަރުކާރުން ކޮންޓްރެކްޓަރަށް ފައިސާ ނުދޭތީ މަސައްކަތް ހުއްޓި، ރައްޔިތުން ތަކުލީފުގައި! | ރާއްޖެ އެމްވީ

ދ. ކުޑަހުވަދޫ މަގު ހެދުމުގެ މަސައްކަތް ހުއްޓި، އެތަނުގައި ހުރި 7 އިންޗި އުސްމިނުގެ ޖަންކްޝަންތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައި ވާތީ އެކަމުގެ ކަންބޮޑުވުން ކުޑަހުވަދޫ ކައުންސިލުން ފާޅުކޮށްފި އެވެ. 

ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުހައްމަދު ސަލީމް ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަގުހެދުމުގެ މަޝްރޫއުއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައި އަލުން މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ކުޑަހުވަދޫގައި ވެސް ފަށާފައިވާ މަޝްރޫއުއެއް ކަމަށެވެ. އަދި އޭރު މަޝްރޫއު ފެށިގޮތަށް މަސައްކަތް ކުރިއަށް ދިޔަކަމަށް މުހައްމަދު ސަލީމް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ނަމަވެސް މިދިޔަ މާރޗް މަހުގެ ތެރޭގައި އޭބީސީ ލޭޔާރ އެޅުމަށް މަގުތައް ކޮނެ، ވެލިގަނޑު ނެގުމަަށް ފަހު، އިތުރަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް މުހައްމަދު ސަލީމް ވިދާޅުވި އެވެ. މިކަމުުގެ ސަބަބުން ކާނުތަކާއި ޖަންކްޝަންތައް އުސްކޮށް ހުރުމުން، އެމްބިއުލާންސަށް އެ މަގުތަކުން ނުދެވި، އާންމު ރައްޔިތުންނަށް ތަކުލީފާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި ކާނު މިހެން ހުންނާތީ އެމްބިއުލާންސް ވެސް ނުވަދެވޭ ބައިވަރު މަގުތައް އެބަހުރި، މީހުންގެ ސައިކަލު އެއްޗެހީގައި މީގެ ކައިރީގައި އަޅައިގަނެގެން މީހުންގެ ސައިކަލު އެއްޗެހި ފުރޮޅު ފަޅައިގެން ދޭ، ކާރު ފުރޮޅު ފަޅައިގެން ދޭ، ކާރުގެ ބޮނެޓު ނެއްޓިގެން އެބަ ދޭ މިކަހަލަ ބައިވަރު ގެއްލުންތައް ވެފަ ހުރީ. އަދި އޭގެ އިތުރަށް ވިއްސާރަ މޫސުމުގައި މިމަގުތަކުގައި ފެން ހެދިގެން ގޮސް މިކާނުތަކުގެ މައްޗައް ފެން ހެދި، ބައެއް މީހުންނަށް އަނިޔާވެފައި އެބަހުރި 
މުހައްމަދު ސަލީމް

މަގުތައް މިފަދަ ހާލެއްގައި އޮތްއިރު މިއަދާ ހަމައަށް ވެސް، ކުޑަހުވަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ހުސައިން ހަމީދުގެ ގެ ހުންނަ މަގު ނޫން އެހެން މަގެއްގައި އޭބީސީ ލޭޔާރ އަޅާފައި ނުވާ ކަމަށް މުހައްމަދު ސަލީމް ވިދާޅުވި އެވެ. އަދި އެއްވެސް މަގެއްގައި ތާރުއެޅުމުގެ މަސައްކަތް ހަތަރު މަހަށް ވުރެ ގިނަ ދުވަސްވީއިރު ފަށާފައިނުވާ ކަމަށް ވިދާޅުވި އެވެ. 

މި މަޝްރޫއުއަކީ ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ސަބް ކޮންޓްރެކްޓަރަކާއި ހަވާލުކޮށްގެން ހިންގާ މަޝްރޫއުއެކެވެ. 

މި މަޝްރޫއު ހުއްޓިފައިވާތީ ކުޑަހުވަދޫ ކައުންސިލުން އާރުޑީސީއާ ވާހަކަ ދައްކާފައި ވާނެ ކަމަށް ކައުންސިލްގެ ރައީސް މުހައްމަދު ސަލީމް ވިދާޅުވި އެވެ. 

މި ޕްރޮޖެކްޓް ހިނގާ ކަމަށް އެބޭފުޅުން އެބަ ވިދާޅުވޭ، ބޭނުންވާ ތަކެތި ލިބުމުގައި ލަސްކަމެއް އުޅޭ ކަމަށް އެބޭފުޅުން އެބަ ވިދާޅުވޭ، އެކަމަކު ނުރަސްމީކޮށް ވާހަކަ ދައްކާލީމަ ބައެއް ބޭފުޅުން އެބަ ވިދާޅުވޭ މި ޕްރޮޖެކްޓްއަށް ވާ ފައިސާ ސަރުކާރުން ނުލިބިގެންނޭ ކޮންޓްރެކްޓަރު މަސައްކަތް ނުކޮށް ބާއްވާފައި މި އޮންނަނީ 
މުހައްމަދު ސަލީމް

ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އާރްޑީސީއާއެކު  ސޮއިކޮށްފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.  މި އެއްބަސްވުމުގެ ދަށުން ކުޑަހުވަދޫގެ 5.85 މަގުގައި ތާރުއެޅުމާއެކު މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމްކޮށް، މަގު ބައްތި ހަރުކުރުމަށް ވަނީ ނިންމާފަ އެވެ.

ކުޑަހުވަދޫއާރްޑީސީމަގު ހެދުމުގެ މަޝްރޫޢު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

9/11 ގެ ހާދިސާ: ބުޝް އަނބުރާ ވޮޝިންޓަން އަށް ގެނައުމަށް ދެކޮޅު ހެދުމާއި، އެއަރފޯސް ވަންގެ ސިއްރު ކޯޑު ޓެރަރިސްޓުން ހޯދި ވާހަކަ!

5

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

ކުޑަހުވަދޫއިން ގޯތި ދޫކުރި ސަރަހައްދުގެ އަސާސީ ޚިދުމަތްތައް ފުރިހަމަނުވެ ރައްޔިތުންގެ ކަންބޮޑުވުން!

20 އޯގަސްޓު 2026
ކުޑަހުވަދޫއިން ގޯތި ދޫކުރި ސަރަހައްދުގެ އަސާސީ ޚިދުމަތްތައް ފުރިހަމަނުވެ ރައްޔިތުންގެ ކަންބޮޑުވުން!
19 އޯގަސްޓު 2026

ކުޑަހުވަދޫގައި 18 މަސްތެރޭ ނިންމާނެކަމަށް ވިދާޅުވެ ރައީސް ބިންގާ އެޅުއްވި ހޮސްޕިޓަލު: ފެންނަން އޮތީ ހަމައެކަނި ހުސް ބިމެއް!

19 އޯގަސްޓު 2026
ކުޑަހުވަދޫގައި 18 މަސްތެރޭ ނިންމާނެކަމަށް ވިދާޅުވެ ރައީސް ބިންގާ އެޅުއްވި ހޮސްޕިޓަލު: ފެންނަން އޮތީ ހަމައެކަނި ހުސް ބިމެއް!
18 އޯގަސްޓު 2026

ރައީސް ސޯލިހުގެ ސަރުކާރުން ދ. ކުޑަހުވަދޫގައި ގާއިމުކުރި ޖުވެނައިލް ރެޒިޑެންޝަލް ސެންޓަރުގެ އިމާރާތް ބޭނުންނުކޮށް ވީރާނާ ވާން ދޫކޮށްލާފައި!

18 އޯގަސްޓު 2026
ރައީސް ސޯލިހުގެ ސަރުކާރުން ދ. ކުޑަހުވަދޫގައި ގާއިމުކުރި ޖުވެނައިލް ރެޒިޑެންޝަލް ސެންޓަރުގެ އިމާރާތް ބޭނުންނުކޮށް ވީރާނާ ވާން ދޫކޮށްލާފައި!
17 އޯގަސްޓު 2026

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމާއި ހަމައަށް ބާރު ސްޕީޑުގައި ކުރިއަށް ދިޔަ ދ. ކުޑަހުވަދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ހުއްޓިފައި!

17 އޯގަސްޓު 2026
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމާއި ހަމައަށް ބާރު ސްޕީޑުގައި ކުރިއަށް ދިޔަ ދ. ކުޑަހުވަދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ހުއްޓިފައި!
09 އޯގަސްޓު 2026

އިސްދޫއިން ގިނަ އަދަދެއްގެ ރުއްގަސް ނަގާ މައްސަލަ އީއާރްއޭ އަށް، ކައުންސިލުން ބުނީ އެއީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ނަގާ ރުއްގަސް ކަމަށް!

09 އޯގަސްޓު 2026
އިސްދޫއިން ގިނަ އަދަދެއްގެ ރުއްގަސް ނަގާ މައްސަލަ އީއާރްއޭ އަށް، ކައުންސިލުން ބުނީ އެއީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ނަގާ ރުއްގަސް ކަމަށް!
03 އޯގަސްޓު 2026

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

03 އޯގަސްޓު 2026
އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"
25 ޖުލައި 2026

"މުއިއްޒު ސްޕީޑު" ގައި ތާރުއެޅި އަމީނީ މަގު ދެވަނަ ފަހަރަށް މަރާމާތުކުރަން ޖެހިއްޖެ

25 ޖުލައި 2026
"މުއިއްޒު ސްޕީޑު" ގައި ތާރުއެޅި އަމީނީ މަގު ދެވަނަ ފަހަރަށް މަރާމާތުކުރަން ޖެހިއްޖެ
23 ޖުލައި 2026

ކުޅުދުއްފުށީގައި މިދިޔަ ސަރުކާރުން ފެށި ދަމަނަވެށި އިމާރާތުގެ މަޝްރޫއުގެ މަސައްކަތްވެސް ހުއްޓިފައި!

23 ޖުލައި 2026
ކުޅުދުއްފުށީގައި މިދިޔަ ސަރުކާރުން ފެށި ދަމަނަވެށި އިމާރާތުގެ މަޝްރޫއުގެ މަސައްކަތްވެސް ހުއްޓިފައި!
19 ޖުލައި 2026

ކުޅުދުއްފުށީ ހުރިހާ މަގެއްގައި ތާރު އެޅުމުގެ މަޝްރޫއަށް ނެގި މުވައްޒަފުންނަށް މުސާރަލިބޭ، ޕްރޮޖެކްޓަށް ވީނުވީއެއް ނޭނގެ!

19 ޖުލައި 2026
ކުޅުދުއްފުށީ ހުރިހާ މަގެއްގައި ތާރު އެޅުމުގެ މަޝްރޫއަށް ނެގި މުވައްޒަފުންނަށް މުސާރަލިބޭ، ޕްރޮޖެކްޓަށް ވީނުވީއެއް ނޭނގެ!
02 ޖުލައި 2026

ބިންގާ އަޅަން އޮއްސާލި ކޮންކްރީޓް ކޮޅާއެކު ހަނިމާދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައި

02 ޖުލައި 2026
ބިންގާ އަޅަން އޮއްސާލި ކޮންކްރީޓް ކޮޅާއެކު ހަނިމާދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް