Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ހަ އަހަރަށް ފަހު ހެރީ އާއި މޭގަން އަލުން އިނގިރޭސިވިލާތަށް ބަަދަލުވަނީ، އެކަމަކު ދިރިއުޅޭނީ ޝާހީ އާއިލާއާ ވަކިން

20 އޯގަސްޓު 2026 | ބުރާސްފަތި 06:56

ބީބީސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހެރީ އާއި މޭގަން އިނގިރޭސިވިލާތަށް އަނބުރާ ވަޑައިގެންނެވުމަށް ފަހު ދިރިއުޅުއްވާނީ ވެރިރަށް ލަންޑަންގެ ބޭރުގައި ހުންނަ އަމިއްލަ ގެކޮޅެއްގައި. މިއީ ޝާހީ އާއިލާއާ އެއްވެސް ގުޅުމެއް އޮތް ގެކޮޅެއް ނޫން ކަމަށް ވެސް ރިޕޯޓު ކޮށްފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 އޯގަސްޓު 2026 | ބުރާސްފަތި 06:56
ޕްރިންސް ހެރީ އާއި މޭގަން

ޕްރިންސް ހެރީ އާއި މޭގަން | ރޮއިޓާސް

އިނގިރޭސިވިލާތުގެ ޝާހީ އާއިލާ ދޫކުރައްވާ އެމެރިކާ އަށް ދިރިއުޅުން ބަދަލު ކުރެއްވި ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް، މި މަހުގެ ފަހު ކޮޅު އަނބުރާ އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރައްވަން ނިންމަވައިފި އެވެ.

ބީބީސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހެރީ އާއި މޭގަން އިނގިރޭސިވިލާތަށް އަނބުރާ ވަޑައިގެންނެވުމަށް ފަހު ދިރިއުޅުއްވާނީ ވެރިރަށް ލަންޑަންގެ ބޭރުގައި ހުންނަ އަމިއްލަފުޅު ގެކޮޅެއްގައި އެވެ. މިއީ ޝާހީ އާއިލާއާ އެއްވެސް ގުޅުމެއް އޮތް ގެކޮޅެއް ނޫން ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ. 

މި ނިންމުމާ އެކު، އެ ދެކަނބަލުންގެ ދެ ބޭފުޅުން ކަމަށްވާ އުމުރުފުޅުން ހަތް އަހަރުގެ ޕްރިންސް އާޗީ އާއި ފަސް އަހަރުގެ ޕްރިންސަސް ލިލިބެޓް، ކުރިއަށް އޮތް ސެޕްޓެމްބަރު މަހު އިނގިރޭސިވިލާތުގެ ސްކޫލެއްގައި ތައުލީމު ހާސިލްކުރައްވަން މިހާރު ވަނީ ނިންމަވާފަ އެވެ. މި ބަދަލާ ގުޅޭ މައުލޫމާތު މިދިޔަ އާދީއްތަ ދުވަހު ރަސްގެފާނު ޗާލްސް އަށް ވަނީ އަރުވާފައި އެވެ. ނަމަވެސް، ހެރީ އާއި މޭގަން އަލުން ޝާހީ ޒިންމާތަކާ ހަވާލުވެވަޑައިގަތުމުގެ އެއްވެސް ވިސްނުންފުޅެއް ނެތް ކަމަށާއި، އެ ބޭފުޅުން ދެމި ތިއްބަވާނީ އަމިއްލަ ފަރުދުންގެ ގޮތުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހެރީ އާއި މޭގަން މިދިޔަ ޖުލައި މަހު ރަސްގެފާނު ޗާލްސްގެ ހައިގްރޯވް ހޯމް އަށް ޒިޔާރަތް ކުރެއްވި ނަމަވެސް، އެ ދަތުރުފުޅުގައި ޤައުމަށް ބަދަލުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ނުވެ އެވެ. ރަސްގެފާނު ޗާލްސް އަށް މިކަން އެނގިވަޑައިގަތީ މިދިޔަ ހަފުތާ ބަންދުގައިކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ރަސްގެފާނު ޗާލްސް ވަނީ މި ނިންމުމަށް މަރުހަބާ ވިދާޅުވެ، އެ ބޭފުޅުންނާއި އާއިލާއާ ގާތުން ބައްދަލުވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާތީ އެކަމާ އުފާ ކުރައްވާކަން ހާމަކުރައްވާފައި އެވެ. މީގެ އިތުރުން، ޕްރިންސް އޮފް ވޭލްސް ވިލިއަމް އާއި ޕްރިންސަސް ކެތަރީން އަށް ވެސް މި ޚަަބަރު ވަނީ ދެއްވާފަ އެވެ.

ޝާހީ އާއިލާގެ އިސް މަޤާމުތަކުން ދުރުވެވަޑައިގެން، ހެރީ އާއި މޭގަން އިނގިރޭސިވިލާތް ދޫކުރައްވާ ވަޑައިގަތީ 2020 ވަނަ އަހަރުގެ ކުރީ ކޮޅު އެވެ. އެއަށް ފަހު އެ ބޭފުޅުން ދިރިއުޅުއްވަމުން ގެންދެވީ އެމެރިކާގެ ކެލިފޯނިއާގައި އެވެ. އޭގެ ފަހުން އާއިލީ ގުޅުންތަކަށް ވަރަށް ބޮޑަށް ބުރޫ އަރާފައި އޮތުމަށް ފަހު، މިދިޔަ ޖުލައި މަހު ރަސްގެފާނު ޗާލްސް އާއި ރާނީ ކެމިލާއާ ބައްދަލުކުރެއްވުމަކީ ގުޅުން ރަނގަޅުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިއީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ރަސްގެފާނަށް ކާފަ ދަރިކަލުންނާއި ދަރިކަނބަލުން ފެނިވަޑައިގަތް ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިލާތުގައި ހެރީ އާއި އާއިލާ އަށް ދޭ ސަލާމަތީ ރައްކާތެރިކަމުގެ މައްސަލަ އަކީ އަބަދުވެސް ބޮޑު ބަހުސެއް ހިނގާ ކަމެކެވެ. ޝާހީ ޒިންމާތަކުން ދުރުވެވަޑައިގަތުމާ ގުޅިގެން ފުލުހުންގެ ސަލާމަތީ ޚިދުމަތް ކަނޑާލުމުން، ހެރީ ވަނީ އެކަމާ ދެކޮޅަށް ކޯޓުގައި ޤާނޫނީ ހަނގުރާމައެއް ކުރައްވާފައި އެވެ. އަދި މިދިޔަ އަހަރު އޭނާ ވަނީ އެ މައްސަލަ އިން ނާކާމިޔާބުވެވަޑައިގެންފަ އެވެ. އިނގިރޭސިވިލާތުގެ ހޯމް އޮފީހުން ބުނެފައި ވަނީ ސަލާމަތީ ކަންކަން ނިންމަނީ މިނިވަން ކޮމިޓީއަކުން ކަމަށާއި، އެކަން ކުރަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

ހެރީ އިނގިރޭސިވިލާތަށް ބަދަލުވެވަޑައިގަތުމަކީ އަންނަ އަހަރު ބާމިންހަމްގައި ބާއްވާ އިންވިކްޓަސް ގޭމްސް އަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް އެ ފައުންޑޭޝަނުން ބުނެ އެވެ. އިންވިކްޓަސް ގޭމްސް ފައުންޑޭޝަންގެ ޑޭވިޑް ވައިޒްމަން ވިދާޅުވީ، ހެރީ އެނބުރި ޤައުމަށް ވަޑައިގަތުމަކީ ވަރަށް އުފާވެރި ޚަބަރެއް ކަމަށާއި، ހެރީގެ ހާޒިރީގެ ސަބަބުން މުބާރާތަށް އިތުރު ފުރިހަމަ ކަމެއް ލިބޭނެ ކަމަށެވެ.

އެނބުރި ވަޑައިގަތުމުގެ ނިންމެވުން މި އައީ، އިނގިރޭސިވިލާތުގެ ނޫސްތަކުން ހެރީގެ އަމިއްލަފުޅު ދިރިއުޅުމަށް އަރައިގަންނަ ކަމަށް ވިދާޅުވެ ހެރީ ކުރައްވަމުން ގެންދަވާ ޤާނޫނީ މަސައްކަތްޕުޅުތަކެއްގެ ތެރެއިންނެވެ. ހެރީ މީގެ ކުރިން ކޯޓުގައި ވިދާޅުވެފައި ވަނީ، ނޫސްތަކުގެ އަމަލުތަކުގެ ސަބަބުން ހެރީގެ އަނބިކަނބަލުންގެ ދިރިއުޅުން ވަރަށް ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށެވެ. ނަމަވެސް މި ހުރިހާ ގޮންޖެހުންތަކާ އެކު ވެސް، އާއިލާއާ އެކު އަލުން ޤައުމުގައި ވަޒަންވެރިވެވަޑައިގަތުމަށް މިހާރު ވަނީ ނިންމަވާފައި އެވެ.

މަސްދަރު: ބީބީސީ

ބްރިޓިޝް ރަސްގެފާނުގެ އާއިލާޕްރިންސް ހެރީމެގަން މާރކްލް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

28 ޖޫން 2026

ސެކިއުރިޓީ ދިނުމަށް ފުލުހުން އިންކާރު ކުރުމުން، މޭގަން އާއި ދަރިން ގޮވައިގެން ޤައުމަށް ކުރާ ދަތުރާ މެދު ހެރީ އަލުން ވިސްނަވަނީ

28 ޖޫން 2026
ސެކިއުރިޓީ ދިނުމަށް ފުލުހުން އިންކާރު ކުރުމުން، މޭގަން އާއި ދަރިން ގޮވައިގެން ޤައުމަށް ކުރާ ދަތުރާ މެދު ހެރީ އަލުން ވިސްނަވަނީ
26 ޖޫން 2026

ޕްރިންސް ހެރީގެ ސަބަބުން، ރަސްގެފާނު ޗާލްސް ހުންނެވީ އުނދަގޫ ޙާލަތެއްގައި!

26 ޖޫން 2026
ޕްރިންސް ހެރީގެ ސަބަބުން، ރަސްގެފާނު ޗާލްސް ހުންނެވީ އުނދަގޫ ޙާލަތެއްގައި!
10 ފެބުރުއަރީ 2026

އެޕްސްޓީންގެ ޝިކާރަކަށްވީ މީހުންނަަށް ހަމްދަރުދީވާ ކަމަށް ވިލިއަމް އާއި ކެތަރިން ވިދާޅުވެއްޖެ

10 ފެބުރުއަރީ 2026
އެޕްސްޓީންގެ ޝިކާރަކަށްވީ މީހުންނަަށް ހަމްދަރުދީވާ ކަމަށް ވިލިއަމް އާއި ކެތަރިން ވިދާޅުވެއްޖެ
03 ނޮވެމްބަރު 2025

އެޕްސްޓައިން މައްސަލައިގައި ރަސްގެފާނުގެ އާއިލާ އަށް ލިބިފައި ވަނީ ބޮޑު ގެއްލުމެއް: ޓްރަމްޕް

03 ނޮވެމްބަރު 2025
އެޕްސްޓައިން މައްސަލައިގައި ރަސްގެފާނުގެ އާއިލާ އަށް ލިބިފައި ވަނީ ބޮޑު ގެއްލުމެއް: ޓްރަމްޕް
11 ޖެނުއަރީ 2023

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

11 ޖެނުއަރީ 2023
ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
15 އެޕްރީލު 2022

ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މަރކްލް، ކްއީން އެލިޒަބަތުއާއި ބައްދަލުކުރައްވައިފި

15 އެޕްރީލު 2022
ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މަރކްލް، ކްއީން އެލިޒަބަތުއާއި ބައްދަލުކުރައްވައިފި
07 ޖޫން 2021

ހެރީއާާއި މޭގަންގެ ދަރިކަނބަލުންގެ ނަންފުޅު ޚާއްސަކުރައްވާފައި ވަނީ މަންމާފުޅަށާއި މާމާފުޅު ރާނީއަށް

07 ޖޫން 2021
ހެރީއާާއި މޭގަންގެ ދަރިކަނބަލުންގެ ނަންފުޅު ޚާއްސަކުރައްވާފައި ވަނީ މަންމާފުޅަށާއި މާމާފުޅު ރާނީއަށް
10 މެއި 2021

އާރުލާ ލޯތްބެއް ބޭނުމިއްޔާ ތިބާއަށްވުރެ ދުވަސްވީ އަންހެނަކު ހޯދާ!

10 މެއި 2021
އާރުލާ ލޯތްބެއް ބޭނުމިއްޔާ ތިބާއަށްވުރެ ދުވަސްވީ އަންހެނަކު ހޯދާ!
24 މާރިޗު 2021

ޕްރިންސް ހެރީ މެންޓަލް ހެލްތް ފާރމްއެއްގެ ވަޒީފާއަކަށް!

24 މާރިޗު 2021
ޕްރިންސް ހެރީ މެންޓަލް ހެލްތް ފާރމްއެއްގެ ވަޒީފާއަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް