Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަސް ވެގަސްގައި ބަޑިޖެހުން

ލަސް ވެގަސްގެ ހަމަލާ: ޕެޑޮކް އަށް ނިސްބަތްވާ ހަތިޔާރުގެ އަދަދު 42 އަށް

4 އޮކްޓޯބަރު 2017 | ބުދަ 05:55

ހަތިޔާރު ހޯދާފައި ވަނީ މެންޑަލޭ ބޭގައި އޭނާ ހުރި ކޮޓަރިންނާއި މެސްކުއިޓްގައި ހުންނަ އޭނާގެ ގެއިން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 4 އޮކްޓޯބަރު 2017 | ބުދަ 05:55
އާދީއްތަ ދުވަހު ލަސް ވެގަސްގައި ބަޑީގެ ހަމަލާ ދިން ސްޓެފަން ޕެޑޮކް

އާދީއްތަ ދުވަހު ލަސް ވެގަސްގައި ބަޑީގެ ހަމަލާ ދިން ސްޓެފަން ޕެޑޮކް

އެމެރިކާގެ ލަސް ވެގަސްގައި ބަޑީގެ ހަމަލާދިން ސްޓެފަން ޕެޑޮކްގެ މިލްކިއްޔާތުގައި ހުރި ހަތިޔާރުގެ އަދަދު 42 އަށް އަރާ ކަމަށް އެމެރިކާގެ ފުލުހުން ބުނެފި އެވެ.

ލަސް ވެގަސްގެ މަންޑަލޭ ބޭ ރިޒޯޓް އެންޑް ކެސިނޯގައި އާދީއްތަ ދުވަހު ދިން ހަމަލާގެ މަޤްޞަދު ދެނެގަތުމުގެ މަސައްކަތް އެމެރިކާ ފުލުހުން ކުރަމުންދާއިރު، ފުލުހުން ވަނީ މަންޑަލޭ ބޭ ހޮޓަލުގައި އޭނާ ދިރިއުޅުނު ކޮޓަރިން 23 ހަތިޔާރެއް ހޯދާފައެވެ. މީގެ އިތުރުން ނެވާޑާ ސްޓޭޓްގެ މެސްކުއިޓްގައި ހުންނާ އޭނާގެ ގެއިން އިތުރު 19 ހަތިޔާރު ފުލުހުން ވަނީ ހޯދާފަ އެވެ.

ލަސް ވެގަސްގެ މެޓްރޮޕޮލިޓަން ޕޮލީސް ޑިޕާޓްމަންޓުން ދަނީ ހަމަލާ ދިން މަޤްޞަދު ދެނެގަތުމުގެ އިތުރުން ކުށުގެ ވެށި އިތުރަށް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ބާވީސްހާހަށްވުރެ ގިނަ މީހުން ބައިވެރިވި މިއުޒިކް ފެސްޓިވަލަކަށް އަމާޒުކޮށް ބަޑީގެ ހަމަލާ ދީފައި ވަނީ މެންޑަލާ ބޭ ހޮޓަލުގެ 32 ވަނަ ފަންގިފިލާގައި ޕެޑޮކް ދިރިއުޅުނު ކޮޓަރީގައި ހުރެގެންނެވެ. ފުލުފުލުގައި ބަޑީގެ ހަމަލާތައް ފޮނުވާލުމަށް ޕެޑޮކް ބޭނުން ކޮށްފައިވަނީ އަސްކަރިއްޔާގައި ގެންގުޅޭ އޮޓެމެޓިކް މެޝިން ބަޑިއަކުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެކަމަށްޓަކައި އޭނާ ހަތިޔާރު މޮޑިފައިކޮށްފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

އެމެރިކާގެ ނެވާޑާގައި ޙުއްދައެއް އަދި ޙައްދެއްނެތި އާއްމުންނަށް ހަތިޔާރު ގަތުމުގެ ފުރުޞަތު ފަހިވެފައިވާއިރު، އޭނާ އަށް ނިސްބަތްވާ ހުރިހާ ހަތިޔާރެއް ވެސް ހޯދާފައިވަނީ ޤާނޫނުގެ ތެރެއިން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް، ސެމީ އޮޓޮމެޓިކް ހަތިޔާރު ގަތުމަށް ފަހު، އުނި އިތުރު ގެނެސް އޮޓޮމެޓިކް ހަތިޔާރަށް ބަދަލުކޮށްފައިވާ ކަމަށް އަލްޖަޒީރާ އިން ރިޕޯޓް ކޮށްފައި ވެއެވެ.

ޕެޑޮކްގެ ކުށުގެ ރެކޯޑެއް ނެތް އަދި ނަފްސާނީ ބައްޔެއްގެ ތާރީޚެއް ވެސް ނެތް ކަމަށާއި، ބޭރުގެ ހަތިޔާރު އެޅި އެއްވެސް ޖަމާޢަތަކާއި ގުޅުމެއް ނެތް ކަން މިހާތަނަށް ފާހަގަ ވެފައިވާ ކަމަށް އެމެރިކާގެ ތަޙުގީގީ އިދާރާ އެފްބީއައި އިން ބުނެ އެވެ. ނަމަވެސް ރެކޯޑްތަކުން ދައްކާ ގޮތުން ޕެޑޮކްގެ ބައްޕަ ބެންޖަމިން ހޮސްކިންސް ޕެޑޮކްއަކީ ބޮޑު ކުށްވެރިއެކެވެ. އަދި ބޭންކް ފެޅުން ފަދަ ކުށްތަކާ ގުޅިގެންނާއި އެ ނޫން ވެސް ތަފާތު ކުށްތަކާ ގުޅިގެން އެއްޒަމާނެއްގައި އޭނާ ހިމެނިފައި ވަނީ އެމެރިކާގެ އެފްބީއައި މޮސްޓް ވޯންޓެޑް ލިސްޓަގައެވެ.

ސްޓެފަން ޕެޑޮކްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެރިކް ޕެޑޮކް ސީއެންއެން އަށް ބުނީ، އޭނާގެ ނަފްސާނީ މައްސަލައެއް ނެތް ކަމަށާއި، އަދި ސިޔާސީ އެއްވެސް މަޤްޞަދެއް އޮތްކަން އާއިލާ އަށް ކަށަވަރުވެފައިނުވާ ކަމަށެވެ.

އެހެންނަމަވެސް އީރާޤާއި ސީރިއާގައި ގާއިމްވެފައިވާ ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓުން ވަނީ ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ޕެޑޮކް އާއި އިސްލާމިކް ސްޓޭޓާ ގުޅުމެއް އޮތް ކަން އަދި ކަށަވަރު ވެފައެއް ނުވެއެވެ.

އާދީއްތަ ދުވަހުގެ ހަމަލާއަކީ އެމެރިކާގެ ފަހުގެ ތާރީޚުގައި ހިނގި ބަޑި ޖެހުމުގެ އެންމެ ބޮޑު ހާދިސާއެވެ. އާދީއްތަ ދުވަހު ދިން ހަމަލާގައި 59 މީހަކު މަރުވެ، 527 މީހުން ޒަޚަމްވެފައިވެ އެވެ.

ބަޑީގެ ހަމަލާ ދިން 64 އަހަރުގެ ޕެޑޮކް ފެނިފައި ވަނީ މެންޑަލޭ ބޭ ހޮޓަލުގައި އޭނާ ހުރި ކޮޓަރީގައި މަރުވެފައި ވަނިކޮށެވެ. ރިޓަޔަރޑް އެކައުންޓެންޓެއް ކަމަށްވާ ޕެޑޮކް މަރުވެފައި ވަނީ އަމިއްލަ އަށް ބަޑި ޖަހައިގެން ކަމަށް ބެލެވޭ ކަމަށް އެމެރިކާ ފުލުހުން ބުނެ އެވެ.

އެމެރިކާގެ ގަން ވަޔަލެންސް އާކައިވްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އެމެރިކާގައި އާއްމު ތަންތަނުގައި ބަޑި ޖެހުމުގެ 273 ހާދިސާ އެއް ހިނގާފައި ވެއެވެ. މިމުއްދަތުގައި ބަޑީގެ ހަމަލާތަކުގައި 11 ހާހަށްވުރެ ގިނަ މީހުން މަރުވެ، 23 ހާހަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެގްރޫޕުން ބުނެ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް