Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮލަމްބިއާ

ކޮލަމްބިއާއަށް އައި 7.4 ގެ ބާރުގަދަ ބިންހެލުމާއެކު ގިނަ އިމާރާތްތައް ވެއްޓި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

10 އޯގަސްޓު 2026 | ހޯމަ 15:15

ކޮލަމްބިއާގެ ހުޅަނގު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓި، މީހުން ތާށިވުމާ ގުޅިގެން އެ ގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށްފި. މި ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން ހާއްސަ ކޮމާންޑް ޕޯސްޓެއް ގާއިމުކޮށްފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައުމުގެ ހަ އެއާޕޯޓެއްގެ އޮޕަރޭޝަންތައް ވަނީ މެދުކަނޑާލާފައި

ރާއްޖެ އެމްވީ | 10 އޯގަސްޓު 2026 | ހޯމަ 15:15

ކޮލަމްބިއާގެ މެނިޒާލެސްއަށް ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފައި | ޑިޒާސްޓަރ ނިއުސް

ކޮލަމްބިއާގެ ހުޅަނގު ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމެއް އައިސް، ގިނަ އަދަދެއްގެ އިމާރާތްތައް ބިމާހަމަވެއްޖެ އެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި މި ބިންހެލުން ރެކޯޑު ކުރެވިފައިވަނީ 7.4 ގެ މެގްނިޓިއުޑްގަ އެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކާލީ ސިޓީގެ މޭޔަރު އަލެހަންދްރޯ އެޑާ ވިދާޅުވީ އެ ސިޓީން މަދުވެގެން 20 އިމާރާތް ވެއްޓިފައިވާ ކަމަށާއި، ބައެއް އިމާރާތްތަކުގެ ތެރޭގައި މީހުން ތާށިވެފައިވާ ކަމަށެވެ.

މި ބިންހެލުން އުފެދުނު މަރުކަޒު ނުވަތަ އެޕިސެންޓަރަކީ ޗޮކޯ ރީޖަންގެ ސަން ހޯސޭ ޑެލް ޕަލްމާ ކަމަށްވާއިރު، މިއީ ކާލީ އާއި މެޑެލިން ސިޓީއާ ދެމެދުގައި އޮންނަ ސަރަހައްދެކެވެ. މި ބިންހެލުން އައިސްފައިވަނީ ބިމުގެ 82 ކިލޯމީޓަރު އަޑިންނެވެ.

ކުއިބްޑޯ އަދި ޕެރެއިރާ ސިޓީގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ވަނީ ރިޕޯޓްކޮށްފަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން މަގާމުގެ ހުވާކުރެއްވި ކޮލަމްބިއާގެ ރައީސް އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ ވިދާޅުވީ، 7.4 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން ކުއްލި ހާލަތުގައި ދޭންޖެހޭ އިޖާބައާއި އެހީތެރިކަމުގެ މަސައްކަތްތައް އޭނާގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދަވާ ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ލިބުނު ގެއްލުންތަކަށް އިޖާބަދިނުމަށާއި އަސަރުކުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި "ޔުނިފައިޑް ކޮމާންޑް ޕޯސްޓެއް" ގާއިމުކުރުމަށް އަމުރުކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑު އަމިއްލައަށް ޕެރެއިރާ ސިޓީއަށް ގޮސް، ހާލުގައި ޖެހުނު މީހުންނާ ބައްދަލުކޮށް، ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދޭ ގޮތް ބަލާނަން. ތިޔަބޭފުޅުން އެކަންޏެއް ނުވާނެ. ސަރުކާރު މިއޮތީ ތިޔަބޭފުޅުންނާއެކު އަމަލީ ގޮތުން މަސައްކަތް ކުރަން،" ރައީސް އިތުރަށް ވިދާޅުވި އެވެ.

ކޮލަމްބިއާގެ އެކި ސަރަހައްދުތަކަށް އައި 7.4 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން، ކުއިބްޑޯގައި ވެއްޓުނު ހަތަރު ބުރީގެ އިމާރާތެއްގެ ތެރޭގައި ހަތަރު މީހަކު ތާށިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ބިންހެލުމުގެ ލޮޅުން މުޅި ގައުމުގެ ސިޓީތަކުގެ އިތުރުން އަވަށްޓެރި ވެނެޒުއޭލާއަށް ވެސް ވަނީ އިހުސާސް ކުރެވިފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގިނަ އިމާރާތްތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި ބައެއް ތަންތަން ބިމާހަމަވެފަ އެވެ. އޭގެ ތެރޭގައި މެނިޒަލޭސް ސިޓީގައި ހުރި ކެތީޑްރަލްއަކަށް ލިބުނު ބޮޑެތި ގެއްލުންތައް ފާހަގަކޮށްލެވެ އެވެ.

ލިބިފައިވާ ގެއްލުންތައް ވަޒަންކުރުމަށާއި ބިންހެލުމަށްފަހު އަތުވެދާނެ ލޮޅުންތަކަކުން ރައްކާތެރިވުމަށްޓަކައި، ގިނަ ސިޓީތަކެއްގެ އިމާރާތްތަކުން މީހުން ވަނީ ހުސްކޮށްފަ އެވެ. މީގެ އިތުރުން، މުޅި ގައުމުގެ ހަ އެއާޕޯޓެއްގެ އޮޕަރޭޝަންތައް މިހާރު ވަނީ މެދުކަނޑާލާފަ އެވެ.

ކޮލަމްބިއާގެ ހުޅަނގު ސަރަހައްދެއް ކަމަށްވާ ޗޮކޯގެ ގަވަރުނަރު ވިދާޅުވީ، އެ ސަރަހައްދުގެ ވެރިރަށް ކުއިބްޑޯގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ.

ގަވަރުނަރު ނޫބިއާ ކެރޮލީނާ ކޯޑޯބާ-ކޫރީ އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި، އެ ސަރަހައްދަށް ވަނީ "ވަރަށް ބާރުގަދަ ބިންހެލުމެއް" އައިސްފަ އެވެ. އަދި ބިންހެލުމަށްފަހު އަތުވެދާނެ ލޮޅުންތަކާ މެދު ކަންބޮޑުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބިންހެލުން އުފެދުނު މަރުކަޒު ކައިރީގައި އޮތް ސަން ހޯސޭ ޑެލް ޕަލްމާގައި ހުރި ނަމަވެސް، ކުއިބްޑޯގެ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

"އަޅުގަނޑުމެން މިހާރު ދަނީ ލިބުނު ގެއްލުންތައް ވަޒަންކުރަމުން. ފުރަތަމަ ރަސްމީ ރިޕޯޓް ވަރަށް އަވަހަށް ނެރޭނަން،" ކޯޑޯބާ-ކޫރީ އިތުރަށް ވިދާޅުވި އެވެ.

ކޮލަމްބިއާބިން ހެލުން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

ކޮލަމްބިއާގެ ރައީސްކަމުގެ ހުވާ ހަރުކަށި ފިކުރުގެ އެސްޕްރިއޭލާ ކުރެއްވިތާ އެއްދުވަސް ފަހުން ކާރު ބޮމެއް ގޮއްވާލައި

09 އޯގަސްޓު 2026
ކޮލަމްބިއާގެ ރައީސްކަމުގެ ހުވާ ހަރުކަށި ފިކުރުގެ އެސްޕްރިއޭލާ ކުރެއްވިތާ އެއްދުވަސް ފަހުން ކާރު ބޮމެއް ގޮއްވާލައި
08 އޯގަސްޓު 2026

އެމެރިކާގެ އެލަސްކާގެ ސަރަހައްދަކަށް 5.5 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

08 އޯގަސްޓު 2026
އެމެރިކާގެ އެލަސްކާގެ ސަރަހައްދަކަށް 5.5 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
08 އޯގަސްޓު 2026

ކޮލަމްބިއާގެ ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ ވައުދާއެކު އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ ކޮލަމްބިއާގެ ރައީސްކަމުގެ ހުވާ ކުރައްވައިފި

08 އޯގަސްޓު 2026
ކޮލަމްބިއާގެ ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ ވައުދާއެކު އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ ކޮލަމްބިއާގެ ރައީސްކަމުގެ ހުވާ ކުރައްވައިފި
05 އޯގަސްޓު 2026

ފިލިޕީންސްގެ ދެކުނަށް 6.3 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

05 އޯގަސްޓު 2026
ފިލިޕީންސްގެ ދެކުނަށް 6.3 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
04 އޯގަސްޓު 2026

ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 6،125 އަށް އަރައިފި

04 އޯގަސްޓު 2026
ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 6،125 އަށް އަރައިފި
03 އޯގަސްޓު 2026

މިޞްރުގެ އައްސޭރިފަށަށް 5.4 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

03 އޯގަސްޓު 2026
މިޞްރުގެ އައްސޭރިފަށަށް 5.4 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
02 އޯގަސްޓު 2026

ނިއުޒިލެންޑުގެ ނޯތު އައިލެންޑަށް 5.9ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

02 އޯގަސްޓު 2026
ނިއުޒިލެންޑުގެ ނޯތު އައިލެންޑަށް 5.9ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
28 ޖުލައި 2026

ޖަޕާނުގެ ކުމަމޯޓޯއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބަޔަކު މަރުވެ، މޯލް އެއް ގޮވައިފި

28 ޖުލައި 2026
ޖަޕާނުގެ ކުމަމޯޓޯއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބަޔަކު މަރުވެ، މޯލް އެއް ގޮވައިފި
28 ޖުލައި 2026

ޖަޕާނުގެ ކިއުޝޫއަށް 7.1 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި

28 ޖުލައި 2026
ޖަޕާނުގެ ކިއުޝޫއަށް 7.1 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި
16 ޖުލައި 2026

ނިއުޒީލެންޑަށް 5.9 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

16 ޖުލައި 2026
ނިއުޒީލެންޑަށް 5.9 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް