Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަން

އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށް ވުރެ 4.4 އިންސައްތަ ދަށް!

8 އޯގަސްޓު 2026 | ހޮނިހިރު 17:17

މި އަހަރުގެ އޮގަސްޓް 5 އާ ހަމައަށް 1.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެންމެ ގިނަ މީހުން ޒިޔާރަތްކުރީ ޗައިނާއިން. ފަތުރުވެރިން އަންނަ މިންވަރު ދަށްވަމުންދާތީ، އެ ސިނާއަތުގެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ އެހީތެރިކަމަށް އެދިފައި. މިހާރު ރާއްޖޭގައި 68,322 އެނދު އޮޕަރޭޝަނުގައި ހުރިއިރު، ގިނަ ފަތުރުވެރިން މަޑުކުރަނީ ރިސޯޓުތަކުގައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 8 އޯގަސްޓު 2026 | ހޮނިހިރު 17:17
ސީޕްލޭން ޗެކިން އޭރިއާ ގައި ފަތުރުވެރިން ކިޔޫ ހަދައިގެން

ސީޕްލޭން ޗެކިން އޭރިއާ ގައި ފަތުރުވެރިން ކިޔޫ ހަދައިގެން | އެމްއޭސީއެލް

މި އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ އަދަދު، މިދިޔަ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 4.4 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

އެ މިނިސްޓްރީ އިން ބުނީ މި އަހަރުގެ އޮގަސްޓް 5 ވަނަ ދުވަހުގެ ނިޔަލަށް 1.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ޖުމްލަ 1,288,648 (އެއް މިލިއަން ދެ ލައްކަ އަށްޑިހަ އަށް ހާސް، ހަ ސަތޭކަ ސާޅީސް އަށް) ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. މިއީ މިދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.4 އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް އޮގަސްޓް މަހުގެ ފުރަތަމަ 5 ދުވަހަށް ބަލާއިރު، މިދިޔަ އަހަރަށްވުރެ 1.3 އިންސައްތަ އިތުރުވެ، 34,031 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާ އެވެ. އެގޮތުން ޖުމްލަ އައި ފަތުރުވެރިންގެ 17.9 އިންސައްތަ ނުވަތަ 226,122 ފަތުރުވެރިންނާއެކު ޗައިނާ އެއް ވަނައި ގައި އޮތްއިރު، 14.7 އިންސައްތައާއެކު ދެވަނައި ގައި އޮތީ ރަޝިޔާ އެވެ. ތިން ވަނައި ގައި އިނގިރޭސިވިލާތް 7.9 އިންސައްތައާއެކު އޮތްއިރު، އިޓަލީ، ޖަރުމަނުވިލާތް އަދި އިންޑިއާ ހިމެނެނީ ގަދަ ހަ ގައުމުގެ ތެރޭގަ އެވެ. މީގެ އިތުރުން ފްރާންސް، އެމެރިކާ، އޮސްޓްރޭލިއާ އަދި ސްވިޒަލޭންޑަކީ ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމުތަކެވެ.

ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ ތަންތަނަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އިޚްތިޔާރު ކުރަނީ ރިސޯޓުތަކެވެ. އެގޮތުން 73.1 އިންސައްތަ ފަތުރުވެރިން ރިސޯޓުތަކުގައި މަޑުކުރާއިރު، 22.4 އިންސައްތަ ފަތުރުވެރިން މަޑުކުރަނީ ގެސްޓްހައުސްތަކުގަ އެވެ. މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމަށް ޖުމްލަ 69,072 އެނދު ހުރިއިރު، އޭގެ ތެރެއިން 98.9 އިންސައްތަ ނުވަތަ 68,322 އެނދު ހުރީ އޮޕަރޭޝަނުގަ އެވެ. މީގެ ތެރޭގައި 179 ރިސޯޓަކާއި، 945 ގެސްޓްހައުސްގެ އިތުރުން 16 ހޮޓަލާއި 173 ސަފާރީ އުޅަނދު ހިމެނެ އެވެ. އަތޮޅުތަކަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ކ. އަތޮޅަށެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުން ދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ކުއްލި އެހީތެރިކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވަނީ އެދިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީފަތުރުވެރިކަމުގެ ޞިނާޢަތް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

27 ޖުލައި 2026

ފަތުރުވެރިކަން އަދިވެސް ދަށް، މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 4.6 އިންސައްތަ ދަށް!

27 ޖުލައި 2026
ފަތުރުވެރިކަން އަދިވެސް ދަށް، މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 4.6 އިންސައްތަ ދަށް!
18 ޖުލައި 2026

ކުރިއާ އެއްވަރަށް ފަތުރުވެރިން އަންނަކަމަށް ސަރުކާރުން ބުނި ނަމަވެސް އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 4.8 އިންސައްތަ ދަށް!

18 ޖުލައި 2026
ކުރިއާ އެއްވަރަށް ފަތުރުވެރިން އަންނަކަމަށް ސަރުކާރުން ބުނި ނަމަވެސް އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 4.8 އިންސައްތަ ދަށް!
07 ޖުލައި 2026

ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް! ޖޫން މަހު އައި ފަތުރުވެރިންގެ އަދަދު 12 އިންސައްތަ ދަށުގައި

07 ޖުލައި 2026
ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް! ޖޫން މަހު އައި ފަތުރުވެރިންގެ އަދަދު 12 އިންސައްތަ ދަށުގައި
18 މެއި 2026

ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް، ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 5.5 އިންސައްތް ދަށުގައި

18 މެއި 2026
ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް، ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 5.5 އިންސައްތް ދަށުގައި
16 މެއި 2026

ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސެންސް ހިފަހައްޓައިފި

16 މެއި 2026
ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސެންސް ހިފަހައްޓައިފި
10 ޖެނުއަރީ 2026

އަހަރުގެ ފުރަތަމަ ހަފުތާގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުން

10 ޖެނުއަރީ 2026
އަހަރުގެ ފުރަތަމަ ހަފުތާގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުން
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
27 ޖޫން 2025

ހަލާލް ޓޫރިޒަމް ކުރިއަރުވަން، ލުއިތަކާ އެކު ރަށްތަކެއް ދޫކުރަނީ

27 ޖޫން 2025
ހަލާލް ޓޫރިޒަމް ކުރިއަރުވަން، ލުއިތަކާ އެކު ރަށްތަކެއް ދޫކުރަނީ
14 އެޕްރީލު 2025

ސައުދީން ވީއައިއޭ ތަރައްގީ ކުރުމަށް ބޭނުންވާ އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

14 އެޕްރީލު 2025
ސައުދީން ވީއައިއޭ ތަރައްގީ ކުރުމަށް ބޭނުންވާ އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް