Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމް އިބްރާހިމް

ރާއްޖެ ވަޑައިނުގަނެ ގާސިމް އެ އުޅުއްވަނީ ފިއްލަވައިގެން: ކަރެކްޝަން

ގާސިމް ފިލައިގެން އުޅޭތީ ރާއްޖެ ގެނެއުމަށް ފުލުހުންގެ އެހީއަށް އެދޭނަން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 3 އޮކްޓޯބަރު 2017 | އަންގާރަ 06:25
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގަންނަވަން ދިން މުއްދަތު ހަމަވިއިރު ވެސް ރާއްޖެ ވަޑައިނުގަނެ މިހާރު އެ އުޅުއްވަނީ ފިއްލަވައިގެން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ބުނެފި އެވެ.

ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގާސިމަށް ދިން މުއްދަތު ހަމަވުމުން ވެސް ރާއްޖެ ވަޑައިގެންފައިނުވާތީ، އޮންނަ އުސޫލުގެ ދަށުން އަމަލުކުރަމުންދާނެ ކަމަށެވެ. އޮފިޝަލް ވިދާޅުވީ މިހާރު ބަލަނީ ގާސިމް ފިއްލަވައިގެން އުޅުއްވަނީ ކަމަށާއި ހަމަޖެހިފައިވާ އުސޫލުގެ ދަށުން ހޯދައިގެން ރާއްޖެ ގެނެއުމަށް ފުލުހުންގެ އެހީތެރިކަމަށް އެދޭނެ ކަމަށެވެ.

Advertisement - newsAdvertisement

ބޭސްފަރުވާއަށް ގާސިމް ސިންގަޕޫރަށް ވަޑައިގެންނެވީ ސެޕްޓެމްބަރު 6 ވަނަ ދުވަހު އެވެ. ސަރުކާރުން ފުރަތަމަ ދިން 10 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ސެޕްޓެމްބަރު 13 ވަނަ ދުވަހު އަނެއްކާ ވެސް 10 ދުވަސް ދިނެވެ. އެއަށްފަހު އެ މުއްދަތު ހަމަވަމުން ސެޕްޓެމްބަރު 26 ވަނަ ދުވަހު ފަސް ދުވަސް އިތުރުކޮށްދިނެވެ.

ގާސިމްގެ ބޭސްފަރުވާއަށް ސަރުކާރުން ދިން މުއްދަތު ހޯމަ ދުވަހު ހަމަވެފައިވާއިރު، ސަރުކާރުން ނިންމާފައިވަނީ މުއްދަތު އިތުރުކޮށް ނުދިނުމަށެވެ. ގާސިމްގެ ގާނޫނީ ވަކީލުން ވިދާޅުވީ ހޯމަ ދުވަހު ވެސް ގާސިމްގެ ބަލި ހާލަތަށް ބެލުމަށްފަހު ފްލައިޓަށް އެރުވުމަށް އެއާލައިނުން ދެކޮޅު ހަދާފައިވާ ކަމަށެވެ.

ހޯމަ ދުވަހުގެ ރޭ ވަކީލުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ގާސިމަކީ ފްލައި ކުރުމަށް އަންފިޓް މީހެއް ކަމަށް ކުރީންވެސް ކަނޑައަޅާފައިވާތީ އާއި އެމަނިކުފާނުގެ މެޑިކަލް ސްޓޭޓަސް އަށް ބަދަލެއް އައިސްފައި ނުވާތީ އެއަރލައިނުން އެމަނިކުފާނަށް ދަތުރު ކުރުމަށް ހުއްދަ ދީފައިނުވާ ކަމަށެވެ.

ވަކީލުން ވިދާޅުވި ގޮތުގައި ކަރެކްޝަނަށް ހުށަހަޅާފައިވާ ގާސިމްގެ ޑޮކްޓަރުންގެ މެޑިކަލް ރިޕޯރޓް ގައިވާ ފަދައިން އެމަނިކުފާނުގެ ހިތުގެ އީ.ޕީ.ސްޓަޑީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތް ނޮވީނާ ހޮސްޕިޓަލުގައި ހެދުމަށް އޮކްޓޯބަރު 19 ވަނަ ދުވަހަށް ޝެޑިއުލް ކޮށްފައިވާކަމާއި، އީ.ޕީ.ސްޓަޑީ އަށްފަހުވެސް އިތުރު ފަރުވާކުރުމަށްޓަކައި ސިންގަޕޫރުގައި ހުންނަވަންޖެހޭނެ ކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާކަންވެސް ވަނީ ކަރެކްޝަނަށް އަންގާފައެވެ.

ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، ބޭސްފަރުވާ ފުރިހަމަކުރުމަށްޓަކައި ޑިސެމްބަރު 2017ގެ ނިޔަލަށް ސިންގަޕޫރުގައި ގާސިމަށް ހުންނެވުމުގެ ހުއްދަ ދެއްވައި، ސަރުކާރުން ދީފައިވާ ޓްރެވަލް ޑޮކިއުމެންޓްގެ މުއްދަތު އިތުުރުކޮށްދިނުމަށް ގާސިމްގެ އާއިލާގެ ފަރާތުން ވަނީ އެދިފަ އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު