Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އައްޑޫ ލިންކް ރޯޑް: 1 އަހަރު ފާއިތުވިއިރު އާރްޑީސީ އަށް ކުރެވުނު ހަމައެކަނި ކަމަކީ މަގު ސާފުކުރުން

3 އޯގަސްޓު 2026 | ހޯމަ 06:38

އައްޑޫ ލިންކް ރޯޑް ތަރައްގީކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރިތާ ގިނަ ދުވަސްތަކެއް ވީއިރުވެސް އަމަލީ މަސައްކަތް ކުރިއަށް ނުދާތީ، އެ މަޝްރޫއު އަވަސްކުރުމަށްޓަކައި ތާރުއެޅުމުގެ ބައި އެހެން ބަޔަކާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެއްޖެ. މިނިސްޓަރު މިހެން ވިދާޅުވީ މަޝްރޫއު ލަސްވާތީ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 3 އޯގަސްޓު 2026 | ހޯމަ 06:38
އައްޑޫ ސިޓީ ލިންކު ރޯޑް ހެދުމުގެ މަޝްރޫޢުގެ ދަށުން މަގު ފުޅާކޮށް އިތުރު ލޭންތައް ހެދުމަށް އެ މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލުކޮށް ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އާރްޑީސީ އިން ބުނީ މިދިޔަ މެއި މަހުގައި

އައްޑޫ ސިޓީ ލިންކު ރޯޑް ހެދުމުގެ މަޝްރޫޢުގެ ދަށުން މަގު ފުޅާކޮށް އިތުރު ލޭންތައް ހެދުމަށް އެ މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލުކޮށް ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އާރްޑީސީ އިން ބުނީ މިދިޔަ މެއި މަހުގައި | އާރްޑީސީ

ނިމިދިޔަ 2025 ވަނަ އަހަރުގެ އެޕްރީލް 8 ވަނަ ދުވަހު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކުރި އައްޑޫ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އެހެން ބަޔަކާ ހަވާލު ކުރުމަށް ނިންމަވާފައިވާ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް މިނިސްޓަރު ހާޒިރުވެވަޑައިގެންފައިވާއިރު ސުވާލު ކުރުމުގެ ވަގުތުގައި މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ވަނީ އައްޑޫ ލިންކް ރޯޑްގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރިތާ 1 އަހަރު ވީއިރު ވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ، ކަމުގެ ގާބިލުކަން ނެތް ކުންފުންޏަކާ އެފަދަ މުހިއްމު މަޝްރޫއުއެއް ހަވާލު ކޮށްފައިވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެ މަސައްކަތް ނިމޭނެ ތާރީޚާ ގުޅޭ ގޮތުން ވެސް މެންބަރު ސުވާލު ކުރެއްވި އެވެ. 

Advertisement - newsAdvertisement

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު ވަނީ އައްޑޫ ލިންކް ރޯޑަކީ ވަރަށް ހާލުގައި އޮތް މަގެއް ކަމަށާއި އެ މަގު ހެދުމަށް ގިނަ އަދަދެއްގެ ފައިސާ ޚަރަދު ވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން ޚަރަދު ކުޑަކޮށް ކުރިއަށް ގެންދިއުމަށްޓަކައި އެ މަސައްކަތް އާރްޑީސީއާ ހަވާލު ކުރެއްވީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެ މަސައްކަތް ވީހާވެސް ޚަރަދުކުޑަކޮށް ކުރުމަށްޓަކައި ސީދާ ކޮސްޓް ޕްރައިސްގައި ކުރިއަށް ގެންދިއުމަށް އާރްޑީސީ އަށް މެޝީނަރީޒްތަކާއި އެއްޗެހި ހޯދައިގެން ހަވާލު ކުރީ. އެބޭފުޅުން މަގު ސާފު ކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދޭ. އެހެން ނަމަވެސް ތި ވިދާޅުވި ގޮތަށް ރައްޔިތުން ބޭނުންވަނީ ތާރު އަޅާފަ ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތެއް ހެދުން. އެހެންވީމާ މިހާރު އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން އެ މަސައްކަތް އަވަސް ކުރެވޭނެ ގޮތެއް ހޯދުމަށް އެހެން ބަޔަކާ، ސީދާ ލިންކް ރޯޑްގެ މަސައްކަތް އެކަނި، ތާރު އެޅުމުގެ މަސައްކަތް އެކަނި
ޑރ. އަބްދުﷲ މުއްތަލިބު

އެ މަސައްކަތް އާރްޑީސީއާ ހަވާލުކުރިތާ 7 މަސް ފަހުން މިދިޔަ ނޮވެމްބަރުގައި މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން އިއުލާނު ކުރި އެވެ. އަދި އިތުރު 6 މަސް ފަހުން މަޝްރޫއުގެ ބޭނުމަށް އެ މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލުކޮށް ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އާރްޑީސީ އިން ބުނީ މިދިޔަ މެއި މަހުގަ އެވެ. 

އައްޑޫ ލިންކް ރޯޑުގެ އަމަލީ މަސައްކަތް 2024 ވަނަ އަހަރުގެ ތެރޭގައި ފަށާނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދެއްވާފައިވާއިރު 2 އަހަރު ފާއިތުވެގެން ދިޔައިރު ވެސް މަގުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. 

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އެތައް ފަހަރެއްގެ މަތިން މިނިސްޓަރު މުއްތަލިބާ އެ ސުވާލު ކުރެވުނު ނަމަވެސް މިނިސްޓަރު އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. އެކިފަހަރުމަތިން ތަކުރާރުކޮށް އެ ސުވާލު މެންބަރުން ކުރެއްވި އިރު މިނިސްޓަރު ވިދާޅުވީ ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. 

ޑރ. އަބްދުﷲ މުއްތަލިބުއައްޑޫ ލިންކް ރޯޑު

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

ރަށްރަށަށް ވަޑައިގެން 6 މަސް ދުވަހުން މަޝްރޫއުތައް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވަނީ މިނިސްޓްރީން ބުނެގެންތޯ ކުރި ސުވާލަށް މިނިސްޓަރު މުއްތަލިބު ޖަވާބެއް ނުދެއްވި

03 އޯގަސްޓު 2026
ރަށްރަށަށް ވަޑައިގެން 6 މަސް ދުވަހުން މަޝްރޫއުތައް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވަނީ މިނިސްޓްރީން ބުނެގެންތޯ ކުރި ސުވާލަށް މިނިސްޓަރު މުއްތަލިބު ޖަވާބެއް ނުދެއްވި
03 އޯގަސްޓު 2026

2025 ވަނަ އަހަރުގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު: "އެޖެންޑާ ކުރެވޭލެއް ލަސްވުމަކީ އަޅުގަނޑު ޒިންމާވާން ޖެހޭ ކަމެއް ނޫން"

03 އޯގަސްޓު 2026
2025 ވަނަ އަހަރުގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު: "އެޖެންޑާ ކުރެވޭލެއް ލަސްވުމަކީ އަޅުގަނޑު ޒިންމާވާން ޖެހޭ ކަމެއް ނޫން"
30 ޖުލައި 2026

އެމްޑީޕީ މެންބަރުންގެ 50ށް ވުރެ ގިނަ ސުވާލުގެ ނޯޓިސް މިނިސްޓަރު މުއްތަލިބަށް

30 ޖުލައި 2026
އެމްޑީޕީ މެންބަރުންގެ 50ށް ވުރެ ގިނަ ސުވާލުގެ ނޯޓިސް މިނިސްޓަރު މުއްތަލިބަށް
18 ޖުލައި 2026

މަޖިލީހުގައި ރައްޔިތުންނަށް ދަތިވާ ކަންކަމާ ގުޅޭގޮތުން ސުވާލުކުރެއްވުމުން މިނިސްޓަރު މުއްތަލިބު ޖަވާބު ދެއްވަނީ އޮޅުވާލައްވައިގެން: މެންބަރު ޝާކިރު

18 ޖުލައި 2026
މަޖިލީހުގައި ރައްޔިތުންނަށް ދަތިވާ ކަންކަމާ ގުޅޭގޮތުން ސުވާލުކުރެއްވުމުން މިނިސްޓަރު މުއްތަލިބު ޖަވާބު ދެއްވަނީ އޮޅުވާލައްވައިގެން: މެންބަރު ޝާކިރު
13 ޖުލައި 2026

ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ހައުސިންގ އަޅަން ހަނިމާދޫ ކައުންސިލުން އެއްބާރުލުމެއް ނުދޭ: މުއްތަލިބު

13 ޖުލައި 2026
ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ހައުސިންގ އަޅަން ހަނިމާދޫ ކައުންސިލުން އެއްބާރުލުމެއް ނުދޭ: މުއްތަލިބު
13 ޖުލައި 2026

ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ

13 ޖުލައި 2026
ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ
13 ޖުލައި 2026

ސަރުކާރުގެ ވިސްނުމަކީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން: މިނިސްޓަރު މުއްތަލިބު

13 ޖުލައި 2026
ސަރުކާރުގެ ވިސްނުމަކީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން: މިނިސްޓަރު މުއްތަލިބު
13 ޖުލައި 2026

ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު އާ ގުޅޭ ސުވާލަށް މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު

13 ޖުލައި 2026
ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު އާ ގުޅޭ ސުވާލަށް މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު
26 ޖޫން 2026

އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ

26 ޖޫން 2026
އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ
24 ޖޫން 2026

އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ

24 ޖޫން 2026
އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް