Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަސް ވެގަސްގައި ބަޑިޖެހުން

ލަސް ވެގަސްގައި ހަމަލާދިނީ 65 އަހަރުގެ މީހެއް

ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހާވަނީ މަރާލާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 2 އޮކްޓޯބަރު 2017 | ހޯމަ 14:22
1949 ވަނަ އަހަރަށްފަހު އެމެރިކާގައި މިފަދައިން ދެވުނު އެންމެ ނުރައްކާތެރި ބަޑީގެ ހަމަލާ

1949 ވަނަ އަހަރަށްފަހު އެމެރިކާގައި މިފަދައިން ދެވުނު އެންމެ ނުރައްކާތެރި ބަޑީގެ ހަމަލާ

އެމެރިކާގެ ނެވާޑާ ސްޓޭޓްގެ ލަސްވެގަސް ކޮންސެޓް ހޯލަކަށް ބަޑިން ހަމަލާދީ 50 މީހުން މަރާލައި 400 އަށްވުރެ ގިނަ މީހުން ޒަޚަމް ކޮށްލައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި މި ހަމަލާދީފައިވަނީ މެންޑަލޭ ބޭ ރިޒޯޓް އެންޑް ކެސިނޯގެ ބޭރުގައި ހުރި އިމާރާތެއްގެ ބޭރުގައި ރޫޓް 91 ކޮންސެޓް ކުރިޔަށް ދަނިކޮށެވެ.

ކޮންސެޓް ބެލުމަށް އެވަގުތު 22،000 މީހުން ވަދެ ތިއްބެއެވެ.

ފުލުހުންވަނީ ހަމަލާދިން މީހާއަކީ އުމުރުން 64 އަހަރުގެ ސްޓެފަން ޕެޑޮކް ނަމަކަށް ކިޔާ މީހެއްކަމަށް ބުނެފައެވެ.

އޭނާ ހަމަލާ ދީފައިވަނީ މެންޑަލޭ ބޭ ހޮޓަލުގެ 32 ވަނަ ބުރީގައި ހުރެގެންނެވެ.

ފުލުހުންގެ ބަޔާނެއްގައި ބުނެފައިވަނީ ހަމަލާ ދިންކަމަށް ބެލެވޭ މީހާ ހޮޓަލުގައި އޭނާ ހުންނަ ކޮޓަރީގައި މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބަޑީގެ ވަޒަންތަކުގެ އަޑު އިވޭއިރު އެއްވެފައިވާ މީހުން އަސްދޫނި ބައެއްހެން ހަމަލާއިން ދިފާއުވާން ދުވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކްލާކް ކައުންޓީގެ ޝެރިފް ޖޯސެފް ލޮމްބާޑޯ ވިދާޅުވީ މަދުވެގެން 50 މީހުން މަރުވެ 400އަށްވުރެ ގިނަ މީހުން ޒަޚަމްވި ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ސީދާއަދަދު އަދި މިވަގުތު ހާމަކުރަން ދަތި ކަމަށެވެ.

ލޮމްބާޑޯ ވިދާޅުވީ ޑިއުޓީގައި ހުރި ދެ ފުލުހެއްގެ ގަޔަށް ބަޑިޖަހާފައިވާއިރު އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްކަމަށެވެ.

މީގެ އިތުރުން އޭނާވަނީ ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މީހާ މަރާލީ ހޮޓަލުގައި އޭނާ ހުރި ކޮޓަރީގައި ފުލުހުންނާ އޭނާއާދެމެދު ބަދަލުކުރެވުނު ހަމަލާތަކެއްގައި ފުލުހުން ކަމަށް ބުނެފައެވެ.

ލޮމްބާޑޯ އިތުރަށް ވިދާޅުވީ މިކަމުގައި ސުވާލު ކުރަންޖެހޭ އިތުރު މީހަކު ހުރިތޯ ފުލުހުން ބަލަމުން ދާކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ މި ހަމަލާގައި މަރުވި ފަރާތްތަކަށް ތައުޒިޔާ ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

އާދީއްތަ ދުވަހުދިން ބަޑީގެ ހަމަލާއަކީ 1949 ވަނަ އަހަރަށްފަހު އެމެރިކާގައި މިފަދައިން ދެވުނު އެންމެ ނުރައްކާތެރި ބަޑީގެ ހަމަލާއެވެ.

ގަން ވައޮލެންސް އާކައިވް ނަމަކަށް ކިޔާ ގްރޫޕަކުން ބުނެފައިވާގޮތުގައި 2017 ވަނަ އަހަރުގެ މިހާތަނަށް އެމެރިކާގައި ބަޑީގެ 273 ހަމަލާ ދީފައިވެއެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު