ސަބްމެރިން ކޭބަލް މަޝްރޫއުގައި ވެރިންގެ މޭޒުން ކައްސާލައިގެން ރާއްޖެ ވެއްޓުނީ ބޭރު ބައެއްގެ ގުދަނެއްގެ މެއިންޓެނެންސް އޮފިސަރަކަށް: ރިޔާޒް މަންސޫރު
27 ޖުލައި 2026 | ހޯމަ 13:50އެމްޑީޕީ ސަރުކާރުން ފެށި އައިއޭއެކްސް ސަބްމެރިން ކޭބަލް މަޝްރޫއު ހުއްޓިފައިވާތީ، ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒް މަންސޫރު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ. ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް އަމިއްލަ މިލްކުވެރިކަން އޮންނަ ގޮތަށް ފެށި މި މަޝްރޫއު ހުއްޓި، ރާއްޖޭގެ ދައުރު މިހާރު ބޭރުގެ ކުންފުނިތަކުގެ މެއިންޓެނެންސް ބަލަހައްޓާ ފަރާތަކަށް ބަދަލުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި.


މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ރާއްޖެ ޓީވީ އިން ގެނަސްދިން "މިނިވަން ކަމުން އަޅުވެތިކަމަށް - މާލީ އަދި އިގްތިސާދީ އަޅުވެތިކަން" ޕްރޮގްރާމްގައި އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒް މަންސޫރު | ރާއްޖެއެމްވީ
އެމްޑީޕީ ސަރުކާރުގައި ފެށި އިންޑިއަން އޯޝަން ކަނެކްޓް މޯލްޑިވްސް، އައިއޭއެކްސް ސަބްމެރިން ކޭބަލްގެ މަޝްރޫއު ހުއްޓި، އެ މަޝްރޫއުގެ ވެރިންގެ މޭޒުން ރާއްޖެ ވެއްޓިފައިވަނީ ބޭރު ބައެއްގެ ގުދަނެއްގެ މެއިންޓެނެންސް އޮފިސަރަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒް މަންސޫރު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ރާއްޖެ ޓީވީ އިން ގެނަސްދިން "މިނިވަން ކަމުން އަޅުވެތިކަމަށް - މާލީ އަދި އިގްތިސާދީ އަޅުވެތިކަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރިޔާޒް ވަނީ އެ ޕްރޮޖެކްޓުގެ ތަފްސީލުތައް ހިއްސާކުރައްވާ، މިހާރު ކަން ހިނގަމުންދާ ގޮތް ވެސް ހިއްސާ ކުރައްވާފަ އެވެ.
އައިއޭއެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. މި މަސައްކަތަކީ ރާއްޖޭގައި އިންޓަރނެޓުގެ ޚިދުމަތް އަގުހެޔޮކޮށް, ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އޭރުގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ސަބަބުން، ރާއްޖެއަށް ވަރަށް ބޮޑަށް ފައިދާ ވާނެ ކަމަށް އޭރު ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން އައިއޭއެކްސް ސަބްމެރިން ކޭބަލް ރާއްޖެއާ ގުޅާލުމުން، ރާއްޖޭގެ މުޅި މުވާސަލާތީ ނެޓްވޯރކް ބަރޯސާވާނީ ޓެލެކޮމް އޮޕަރޭޓަރުންގެ މައިކްރޯވޭވް ވިއުގައަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މަޝްރޫގެ ދަށުން އައިއޭއެކްސް ސަބްމެރިން ކޭބަލްގެ ޓެސްޓިންގ މަރުހަލާ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެށުމަށް ތާވަލު ކުރި ނަމަވެސް މި ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
އެއީ ބޭރު ފައިސާ ހޯދުމަށް އައު ސެކްޓަރ އެއް. އެއީ އައިސީޓީ ދާއިރާގެ ކުދިން ރާއްޖޭގައި ވަރަށް ގިނަ. އެބޭފުޅުންނަށް ވެސް ފުރުސަތު ހޯދައިދިނުމާ އެކަހަލަ އިންޑަސްޓްރީ އެއް ކްރިއޭޓް ކުރުމަށްޓަކައި ފެށި މަޝްރޫއެއް އެއީ. އެ މަޝްރޫއުގެ ކާމިޔާބުކަން ވެސް ފެނޭ ކަންނޭނގެ. އޭގެ ފަހުން ދެއްތޯ ދިރާގުން ވެސް، އުރީދޫ އިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިން ވެސް ކޭބަލް ގެނަސްގެން މިހާރު ވަރަށް ގަދައަށް ފައްޓައިފި. އެކަމު އަޅުގަނޑުމެން ފެށި މަޝްރޫއު ހަމަ ވަޅުޖެހިފަ މި އޮތީރިޔާޒް މަންސޫރު
ރިޔާޒް ވިދާޅުވީ މިހާރުވެސް ސަރުކާރުން މަސައްކަތް ކުރަނީ އެ މަސައްކަތް ވިއްކާލުމަށް ކަމަށާއި ގޫގުލް މަޝްރޫއަކީ ވެސް އޭގެ މާ ފަހުން އައި މަޝްރޫއެއް ކަމަށެވެ.
އަސްލު މީގެ ވިޝަން އަކީ އަޅުގަނޑުމެންނަކީ އޭގެ އޯނަރސް. އޭގެ ފައިދާ ހޯދަން އަޅުގަނޑުމެން ބޭނުންވަނީ. މި އިންޑިއާ ކަނޑުގަ ދާ ޓްރެފިކުން. އޭގެން ލިބޭ ރެވެނިއު އަކާ ހުރިހާ އެއްޗެއް ހޯދައި، އޭގެ ފައިދާ ހޯދަން. އެއީ ޑައިފަރސިފިކޭޝަންގެ އެ ދާ އޭންގަލް އަކީ. އެކަމު މިހާރު މިވީ ކިހިނެއްތޯ. މި ސަރުކާރަކަށް މި ޕްރޮޖެކްޓެއް ނުވެސް ނިންމުނު. ދަރަނި ވެސް ވެއްޖެ. އެންމެ ފަހުން މި ވީ ކިހިނެއްތޯ. އެންމެ ފަހުން ގޫގުލް އައިސް އެ ބޭފުޅުން ބޭނުންވީ އައްޑޫގައި ސެޓްއަޕެއް ހަދަން. މިކަމެއް ކުރިއަކަށް ނުދިޔަ އޭ އިނގޭތޯ. އާޚިރުގައ މި ވީ ކިހިނެއް. އަޅުގަނޑުމެން މިއީ އޯނަރސް ނޫނީ ވެރިން. ވެރިންގެ މޭޒުން ކައްސާލައިގެން އަޅުގަނޑުމެން މިވީ މެއިންޓެނެންސް އޮފިސަރަކަށް. އެވެސް ބޭރު ބައެއްގެ ގުދަނެއްގެ މެއިންޓެނެންސް އޮފިސަރަކަށްރިޔާޒް މަންސޫރު
ގޫގުލް އިން އިންޑިއާ ކަނޑުގައި ހިމެނޭ ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އައު ސަބް-ސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާނު ކުރީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. ސަރުކާރުން މިއީ ބޮޑު ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި ސިފަކޮށް ނެރުނު ބަޔާނުގައި، ދިވެހިރާއްޖޭގެ ހަބް ހުންނާނީ އައްޑޫ ސިޓީގެ ހިތަދޫގައި ކަމަށް ބުނެފައިވެ އެވެ. އިތުރު ކަނެކްޝަން ޕޮއިންޓްތައް ގާއިމުކުރުމަށް ރާވާފައި ވަނީ އުތުރުން ކުޅުދުއްފުއްޓާމެދު ރާއްޖޭގެ ސަރަހައްދުން ގްރޭޓަރ މާލެ ސަރަހައްދުގަ އެވެ. ގޫގުލް އިން ކޭބަލް ލޭންޑިން ފޮއިޓެއް ރާއްޖޭ ގައި ގާއިމު ކުރާތީ ރައީސް މުއިއްޒު ވެސް ވަނީ ބަޔާނެއް ނެރުއްވާފަ އެވެ. މުއިއްޒު ވިދާޅުވީ ގޫގުލްގެ އިންވެސްޓްމަންޓަކީ ދިވެހިރާއްޖޭގެ އިންވެސްޓްމަންޓުން މާހައުލަށް އޮތް އިތުބާރު ހާމަވާ ކަމެއް ކަމަށާއި، މިއީ ގައުމުގެ އިގްތިސާދު އިތުރަށް ފުޅާކޮށް ޑިޖިޓަލް ގޮތުން ބާރުވެރި ކުރުމުގެ ރާއްޖޭގެ ޕްލޭންތަކާ އެއްގޮތަށް ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.



