Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުޖީން އެޑިޓިންގ

ޖީން-އެޑިޓްކޮށްގެން ކުދިން އުފެއްދުން ހަގީގަތަކަށް ވުމާ ގާތްވެއްޖެ. ނަމަވެސް، މިކަމާ ގުޅޭ އަޚުލާގީ ބަހުސްތަކަށް އަދިވެސް ނިމުމެއް ނާދެ

ޖީން އެޑިޓްކޮށްގެން ނުރައްކާތެރި ބަލިތަކަށް ފަރުވާދިނުމުގެ އާ ހޯދުންތަކެއް ސައިންސްވެރިން ހާމަކޮށްފައިވާއިރު، މީގެ ސަބަބުން ދަރިމައިވާ ސެލްތަކުގެ ޑީއެންއޭއަށް ބަދަލުލެވޭނެ މަގު މިހާރު ވަނީ ފަހިވެފަ. ނަމަވެސް، މި ޓެކްނޮލޮޖީ ބޭނުންކޮށްގެން "ޑިޒައިނަރ ބޭބީސް" އުފަންކުރުމުގެ ފުރުސަތު އޮތުމުން، މުޖުތަމައުގެ ހަމަހަމަކަމާއި އަޚުލާގީ މިންގަނޑުތަކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި. އެހެންކަމުން، މިފަދަ ސައިންޓިފިކް ކުރިއެރުންތަކާއެކު ރައްކާތެރި ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުން މުހިންމު.

ޖިނާ
ޖިނާ | 16 ޖުލައި 2026 | ބުރާސްފަތި 06:08
Your browser does not support the video tag.
0:00 / 0:00

ދަރިމައިވުމުގެ ފުރަތަމަ ހަފުތާގެ ތެރޭގައި، އެއް ސެލްގެ ގޮތުގައި އުފެދި، ބަދަލުތަކެއް ގެނެސްފައިވާ އިންސާނީ އެމްބްރިއޯއެއް (ދަރިފަނި) ބައިބައިވަމުން ގޮސް، "ބްލާސްޓޯސިސްޓް" ގެ ނަމުން ނަންދެވިފައިވާ 200 ސެލްގެ އޮނިގަނޑަކަށް ބަދަލުވަމުންދާ މަންޒަރu | ސީ.އެން.އެން

ޖީން-އެޑިޓްކޮށްގެން ކުދިން އުފަންކުރުމުގެ ފުރުސަތު މިހާރު މިވަނީ ހަގީގަތަކަށް ވުމާ ގާތްވެފަ އެވެ. ނަމަވެސް، މިކަމާ ގުޅޭ އަޚުލާގީ ބަހުސްތަކަށް އަދިވެސް ނިމުމެއް ނާދެ އެވެ.

ޔުނިވަރސިޓީ އޮފް ކޭމްބްރިޖުން ކުރި ދިރާސާއަކާ ހަވާލާދީ ބުނެފައިވަނީ، ޖީން-އެޑިޓްކޮށްގެން ދޭ ފަރުވާތައް މިހާރުވެސް ކްލިނިކަލް މަރުހަލާތަކުގައި ބޭނުންކުރަމުންދާ ކަމަށެވެ. މީގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ޖެނެޓިކް ބަލިތަކުން މީހުން ސަލާމަތްކޮށް، އެފަދަ ބަލިތަކުގެ ވޭން ކުޑަކޮށްދެ އެވެ. އެހެންނަމަވެސް، މި ފަރުވާ ހޯދާ މީހުންގެ ފަރާތުން އެމީހުންގެ ދަރިންނަށް ބަލިޖެހުމަށް މެދުވެރިވާ "މިއުޓޭޝަން" ނުވަތަ ޖީނަށް އަންނަ ބަދަލުތައް ވާރުތަވުމުގެ ބިރު އަދިވެސް އެބައޮތެވެ.

Your browser does not support the video tag.
އެމެރިކާގައި ފުރަތަމަ ފަހަރަށް (އެމްބްރިއޯ) ގެ ޖީން އެޑިޓްކޮށް، އޭގައި ހުރި ބަލިތައް ނައްތާލުމުގެ ތަޖުރިބާއެއް ސައިންސްވެރިން ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފި

ސައިންސްވެރިންގެ މެދުގައި އޮތް އިއްތިފާގުންނާއި، ދުނިޔޭގެ 70 ގައުމެއްގެ ގާނޫނުތައް ބުނާގޮތުން، އިންސާނީ "ޖާމްލައިން އެޑިޓިންގ" ނުވަތަ ދަރިމައިވުމަށް ބޭނުންކުރާ ސެލްތަކުގެ ޑީއެންއޭއަށް ބަދަލު ގެނައުމަކީ ނުރައްކާތެރި ކަމެކެވެ. މިއީ އެއް ޖީލުން އަނެއް ޖީލަށް ވާރުތަވާ ބަލިތައް ހުއްޓުވުމަށްޓަކައި ދަރިމައިވާ ފުރަތަމަ ސެލްތަކުގެ ޑީއެންއޭއަށް ބަދަލު ގެނައުމުގެ މަރުހަލާ އެވެ.

އަލަށް ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، އިންސާނީ އެމްބްރިއޯގެ ޑީއެންއޭއަށް ކުރިއަށްވުރެ މާ ބޮޑަށް ފަރުވާތެރިކަމާއެކު ބަދަލު ގެނައުމުގެ ފުރުސަތު މިހާރު އެބައޮތެވެ. މިއީ ކުރިމަގުގައި އިންސާނީ "ޖާމްލައިން އެޑިޓިންގ" ކުރެވިދާނެ ކަމުގެ ނިޝާނެކެވެ. އެހެންނަމަވެސް، ރައްކާތެރިކަމާއެކު މިކަން ކުރުމުގެ މަރުހަލާއަށް ދިއުމުގެ ކުރިން ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް ސައިންސްވެރިން އިންޒާރު ދެ އެވެ.

މީގެ ހަ އަހަރު ކުރިން އަޅުގަނޑު ހީކުރީ އިންސާނީ އެމްބްރިއޯގެ ޖީން އެޑިޓްކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް
ޔުނިވަރސިޓީ އޮފް ކެލިފޯނިއާގެ ޕްރޮފެސަރު އަމަންޑާ ކްލާކް

މި ދިރާސާގައި އަމަލީގޮތުން ބައިވެރިވެވަޑައިނުގަންނަވާ ކްލާކް އީމެއިލް މެދުވެރިކޮށް ވިދާޅުވީ، މި އާ ހޯދުމާއެކު، އައި.ވީ.އެފް މެދުވެރިކޮށް އުފައްދާ އެމްބްރިއޯތަކުގެ ޖީން އެޑިޓްކޮށްގެން ބަލިތަކަށް ފަރުވާ ދިނުމުގެ ފުރުސަތު ކުރިމަގުގައި އޮތްކަން ހާމަވެއްޖެ ކަމަށެވެ.

އާންމުކޮށް އައި.ވީ.އެފް ހަދާ މީހުން ހަދިޔާކުރާ އެމްބްރިއޯ ބޭނުންކޮށްގެން ލެބޯޓްރީތަކުގައި ކުރާ ދިރާސާތަކަކީ ގިނަ ގައުމުތަކުގައި ވަރަށް ހަރުކަށި އުސޫލުތަކެއްގެ ދަށުން ކުރާ ކަންކަމެވެ. އާންމުކޮށް މިފަދަ ދިރާސާތައް ކުރެވެނީ އެމްބްރިއޯ އުފެދޭތާ 14 ދުވަހުގެ މުއްދަތަށެވެ. މީގެ އިތުރުން، ޖީން އެޑިޓްކޮށްގެން އުފަންކުރާ ކުދިންނާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހުރިގޮތެއްވެސް ސާފެއް ނޫނެވެ. ސިއްހީ ރައްކާތެރިކަމުގެ އިތުރުން، މީހުން އެންމެ ބޮޑަށް ކަންބޮޑުވަނީ "ޑިޒައިނަރ ބޭބީސް" ނުވަތަ ބޭނުންވާ ސިފަތަކެއް ހުންނާނެހެން ޖީން ބަދަލުކޮށްގެން ކުދިން އުފަންކުރުމަށް މި ޓެކްނޮލޮޖީ ބޭނުންކޮށްފާނެތީ އެވެ.

"CRISPR-Cas9" ގެ ނަމުން ނަންދެވިފައިވާ ޖީން އެޑިޓްކުރާ އުސޫލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލެބޯޓްރީތަކުގައި ބޭނުންކުރާ، ސައިންޓިފިކް ދިރާސާތަކަށް އިންގިލާބީ ބަދަލެއް ގެނައި އުސޫލެކެވެ. 2020 ވަނަ އަހަރު މި ޓެކްނޮލޮޖީ އުފެއްދި ދެ ސައިންސްވެރިންނަށް ކެމިސްޓްރީގެ ދާއިރާއިން ނޯބެލް އިނާމު ލިބުނެވެ. އަދި 2023 ވަނަ އަހަރު އެމެރިކާގެ އެފް.ޑީ.އޭ އިން ވަނީ "ސިކްލް ސެލް" ބައްޔަށް ފަރުވާ ދިނުމަށް މި ޓެކްނޮލޮޖީ ބޭނުންކުރާ ދެ ފަރުވާއަކަށް ހުއްދަ ދީފަ އެވެ.

މިހާރު ވަނީ މިއަށްވުރެ މާ ފަރުވާތެރިކަމާއެކު ޖީން ބަދަލުކުރެވޭ "ބޭސް އެޑިޓިންގ" (base editing) ކިޔާ އުސޫލެއް އުފައްދާފަ އެވެ. މީގެ ސަބަބުން ޑީއެންއޭގެ އެންމެ އަކުރެއް ނުވަތަ ބޭސްއެއްވެސް ބަދަލުކޮށްލެވެ އެވެ.

އާންމު ހާލަތުގައި އުފެދޭ ކުޑަދަރިފުޅު ނުވަތަ އެމްބްރިއޯގައި (ވާތްފަރާތުން)، މެޖެންޓާ ކުލައިން ފާހަގަކޮށްފައިވާ ސެލްތަކަކީ މަސް ނުވަތަ ޕްލެސެންޓާއަށް ބަދަލުވާނެ ސެލްތަކެއް. އަދި ރީނދޫ ކުލައިގެ ސެލްތަކަކީ "ޔޯކް ސެކް" އަށް ބަދަލުވާނެ ސެލްތަކަށް ވާއިރު، ސަޔަން ބްލޫ ކުލައިގެ ސެލްތަކަކީ ފަހުން އިންސާނާގެ ހަށިގަނޑު އުފެދިގެންދާ "އެޕިބްލާސްޓް". "ބޭސް އެޑިޓިންގް" ބޭނުންކޮށްގެން "ނެނޮގް" (NANOG) ޖީން މަސައްކަތްކުރުން ހުއްޓުވާފައިވާ އެމްބްރިއޯއަށް ބަލާއިރު (ކަނާތްފަރާތުން) އޭގައި ސަޔަން ބްލޫ ކުލައިގެ އެއްވެސް ސެލްއެއް ފެންނާކަށް ނެތް
އާންމު ހާލަތުގައި އުފެދޭ ކުޑަދަރިފުޅު ނުވަތަ އެމްބްރިއޯގައި (ވާތްފަރާތުން)، މެޖެންޓާ ކުލައިން ފާހަގަކޮށްފައިވާ ސެލްތަކަކީ މަސް ނުވަތަ ޕްލެސެންޓާއަށް ބަދަލުވާނެ ސެލްތަކެއް. އަދި ރީނދޫ ކުލައިގެ ސެލްތަކަކީ "ޔޯކް ސެކް" އަށް ބަދަލުވާނެ ސެލްތަކަށް ވާއިރު، ސަޔަން ބްލޫ ކުލައިގެ ސެލްތަކަކީ ފަހުން އިންސާނާގެ ހަށިގަނޑު އުފެދިގެންދާ "އެޕިބްލާސްޓް". "ބޭސް އެޑިޓިންގް" ބޭނުންކޮށްގެން "ނެނޮގް" (NANOG) ޖީން މަސައްކަތްކުރުން ހުއްޓުވާފައިވާ އެމްބްރިއޯއަށް ބަލާއިރު (ކަނާތްފަރާތުން) އޭގައި ސަޔަން ބްލޫ ކުލައިގެ އެއްވެސް ސެލްއެއް ފެންނާކަށް ނެތް | ސީއެންއެމް

ބޭސް އެޑިޓިންގ އެންމެ ފުރަތަމަ ބޭނުންކުރީ 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ކުއްޖަކަށް ޖެހިފައިވާ ލުކީމިއާ ބައްޔަށް ފަރުވާ ދިނުމަށެވެ. އޭގެ ފަހުން އިތުރު އަށް ކުދިންނާއި ދެ ބޮޑު މީހަކަށް މި ފަރުވާ ދީފައިވެ އެވެ. އަދި މިދިޔަ އަހަރު، ނުރައްކާތެރި ޖެނެޓިކް ބައްޔެއް ކަމަށްވާ CPS1 ޑެފިޝަންސީ ހުރި ތުއްތު ކުއްޖަކަށްވެސް މި އުސޫލުން ފަރުވާ ދީފައިވެ އެވެ.

މިހާރު ކުރެވުނު ދެ ދިރާސާއެއްގައި، އައި.ވީ.އެފް ހަދާ މީހުން ހަދިޔާކުރި އެމްބްރިއޯތަކުގެ ޖީން ބަދަލުކުރުމަށް މި އުސޫލު ވަނީ ބޭނުންކޮށްފަ އެވެ. ދެ ޓީމުންވެސް ފާހަގަކުރި ގޮތުގައި، މި އުސޫލުގެ ސަބަބުން ބޭނުންނުވާ ބަދަލުތައް ކްރޯމޮސޯމަށް އައުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެ އެވެ.

ދަރިމައިވުމަށްފަހު ފުރަތަމަ ހަފުތާގެ ތެރޭގައި، އިންސާނާގެ ކުޑަ ކުއްޖާގެ ކޮޕީއެއް ނުވަތަ އެމްބްރިއޯގެ ތެރޭގައި ހިމެނޭ "ނެނޯގް" (NANOG) ޖީން މަސައްކަތްކުރުން ހުއްޓުވުމަށްޓަކައި، އެ ޖީންއަށް ބަދަލުތަކެއް ގެނެސްފައިވާ މަންޒަރުތަކެއް މި ފޮޓޯތަކުން ފެނިގެންދެ
ދަރިމައިވުމަށްފަހު ފުރަތަމަ ހަފުތާގެ ތެރޭގައި، އިންސާނާގެ ކުޑަ ކުއްޖާގެ ކޮޕީއެއް ނުވަތަ އެމްބްރިއޯގެ ތެރޭގައި ހިމެނޭ "ނެނޯގް" (NANOG) ޖީން މަސައްކަތްކުރުން ހުއްޓުވުމަށްޓަކައި، އެ ޖީންއަށް ބަދަލުތަކެއް ގެނެސްފައިވާ މަންޒަރުތަކެއް މި ފޮޓޯތަކުން ފެނިގެންދެ | ސީއެންއެމް

ކޮލަމްބިއާ ޔުނިވަރސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު ޑިއެޓްރިކް އެގްލީ ކުރެއްވި ވަކި ދިރާސާއެއްގައި، އަލަށް ފާޓިލައިޒްވި ބިސްތަކެއްގެ ޖީނަށް ބަދަލު ގެނައުމަށް ބޭސް އެޑިޓިންގ ބޭނުންކުރެއްވި އެވެ. އޭނާ ބަދަލު ގެނައީ ކޮލެސްޓްރޯލް ކޮންޓްރޯލްކުރާ ޖީނަކަށާއި ހީމޯގްލޯބިން އުފައްދާ ޖީނަކަށެވެ. އެގްލީ ވިދާޅުވީ މިއީ ކުރިއެރުމެއް ނަމަވެސް، ކްލިނިކަލް ފަރުވާގައި ބޭނުންކުރުމާ އަދި ވަރަށް ދުރުގައި އޮތް ކަމެއް ކަމަށެވެ.

ބޭސް އެޑިޓިންގ އިން ކްރޯމޮސޯމަށް ބޮޑެތި ގެއްލުންތަކެއް ނުވި ނަމަވެސް، ދެ ބޮޑު މައްސަލައެއް އަދިވެސް އެބައޮތެވެ. އެއީ "މޮޒައިސިޒަމް" ނުވަތަ ހުރިހާ ސެލްތަކަކަށް ބަދަލު ނައުމާއި، ބޭނުންނުވާ އެހެން ޖީންތަކަށް ބަދަލު އައުމެވެ. މިއީ އެމްބްރިއޯއަކަށް ބަލާއިރު ވަރަށް ނުރައްކާތެރި ކަމެކެވެ. ސަބަބަކީ އެ އެމްބްރިއޯއިން ހަށިގަނޑުގެ ހުރިހާ ސެލްތަކެއް އުފެދޭތީ އެވެ.

ޔުނިވަރސިޓީ ކޮލެޖް ލަންޑަންގެ އެސޯސިއޭޓް ޕްރޮފެސަރު ހެލެން އޯނީލް ވިދާޅުވީ، އެމްބްރިއޯގެ ޖީން އެޑިޓްކުރުމުގެ ސަބަބުން އިންސާނީ ދިރިއުޅުމުގެ އެންމެ ކުރީކޮޅުގެ މަރުހަލާތައް ދެނެގަތުމަށް ފަސޭހަވާނެ ކަމަށެވެ. އަދި އައި.ވީ.އެފް ހަދާއިރު ބައެއް އެމްބްރިއޯތައް ނާކާމިޔާބުވަނީ ކީއްވެގެންކަން ދެނެގަތުމަށްވެސް މީގެ ސަބަބުން އެހީތެރިވެދޭނެ އެވެ.

އޯނީލް އިތުރަށް ވިދާޅުވީ، މި ބަހުސް ހަމައެކަނި "ޑިޒައިނަރ ބޭބީސް" އާ ގުޅުވުމުން، މީގެ ސައިންޓިފިކް އަދި ކްލިނިކަލް ފައިދާތަކަށް އޮންނަ ސަމާލުކަން ކުޑަވާ ކަމަށެވެ.

"ޑިޒައިނަރ ބޭބީސް" އާ ގުޅޭ ކަންބޮޑުވުންތައް

ޔުނިވަރސިޓީ އޮފް ޝިކާގޯގެ ޕްރޮފެސަރު ލޯރީ ޒޮލޮތު ވިދާޅުވީ، އެމްބްރިއޯ އެޑިޓްކުރުމަކީ ނުރައްކާ ބޮޑު ކަމެއް ކަމަށާއި، ރައްކާތެރިކަމަށްޓަކައި ސައިންޓިފިކް ދިރާސާއަށް ފިޔަވައި އެހެން ކަންކަމަށް މިކަން މަނާކޮށްފައި އޮންނަންޖެހޭނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޖެނެޓިކް ބަލިތަކުން ސަލާމަތްވުމަށް މިހާރުވެސް އެހެން ގޮތްތައް އެބަހުއްޓެވެ.

ޒޮލޮތު ވިދާޅުވީ، ބޭނުންވާ ސިފަތައް ހުންނާނެހެން ކުދިން "ޑިޒައިން" ކުރުމަކީ ދީނީ އަދި ފަލްސަފީ ގޮތުންވެސް ބޮޑެތި ސުވާލުތައް އުފެދޭ ކަމެއް ކަމަށެވެ. މީގެ ސަބަބުން މުއްސަނދިންގެ ކުދިންނަކީ "ފުރިހަމަ" ކުދިންނަށްވެ، ފަގީރުންގެ ކުދިންނަށް ފުރުސަތުތައް ގެއްލި، މުޖުތަމައުގައި ބޮޑު ބޭއިންސާފެއް އުފެދިދާނެ ކަމުގެ ބިރު އޭނާ ފާޅުކުރެއްވި އެވެ.

ހަތަރު ގައުމެއްގައި ކުރި ސާވޭއަކުން ދައްކާގޮތުގައި، އިނގިރޭސިވިލާތް، ނެދަލޭންޑްސް އަދި ސްޕެއިންގެ ގިނަ މީހުން، ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް ޖީން އެޑިޓްކުރުމަށް ތާއީދުކުރެ އެވެ. ނަމަވެސް އިޓަލީގައި މިކަމަށް ތާއީދުކުރަނީ 46 އިންސައްތަ މީހުންނެވެ.

ޒޮލޮތު ނިންމާލަމުން ވިދާޅުވީ، ސައިންސް ހުއްޓުވުމަކީވެސް އޮތް ނުރައްކަލެއް ކަމަށާއި، އެހެންކަމުން މުހިންމީ އާ ސައިންޓިފިކް ހޯދުންތަކަށް ރައްކާތެރި އުސޫލުތަކެއް ނުވަތަ "ގާޑްރެއިލްސް" ކަނޑައެޅުން ކަމަށެވެ.

މަސްދަރު: ސީ.އެން.އެން

ޖީން އެޑިޓިންޑިޒައިނަރ ބޭބީސްބޭސް އެޑިޓިންއައިވީއެފް

އިތުރަށް ކިޔާލަން

02 ޖުލައި 2024

އައި.ވީ.އެފް ފަރުވާ އަށް 28 އިންސައްތަ މީހުން ޝަރުތު ހަމަ ނުވަނީ ސިނގިރެޓް ބުއިމުގެ ސަބަބުން

02 ޖުލައި 2024
އައި.ވީ.އެފް ފަރުވާ އަށް 28 އިންސައްތަ މީހުން ޝަރުތު ހަމަ ނުވަނީ  ސިނގިރެޓް ބުއިމުގެ ސަބަބުން
18 މާރިޗު 2024

އައިވީއެފް އުސޫލަކީ އިންސާނިއްޔަތުކަމަށް ފުރަގަސްދީގެން، ސިޔާސީ ވަކި މަންފާއެއް ޙާސިލުކުރުމަށް ހަދާފައިވާ އުސޫލެއް: އެމްޑީޕީ

18 މާރިޗު 2024
އައިވީއެފް އުސޫލަކީ އިންސާނިއްޔަތުކަމަށް ފުރަގަސްދީގެން، ސިޔާސީ ވަކި މަންފާއެއް ޙާސިލުކުރުމަށް ހަދާފައިވާ އުސޫލެއް: އެމްޑީޕީ
16 މާރިޗު 2024

މިއަހަރު އައި.ވީ.އެފްގެ ފަރުވާއަށް އެހީ ހަމަޖައްސައިދެނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް

16 މާރިޗު 2024
މިއަހަރު އައި.ވީ.އެފްގެ ފަރުވާއަށް އެހީ ހަމަޖައްސައިދެނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް
14 ޖެނުއަރީ 2023

އައިވީއެފް ފަންޑުގެ ދަށުން އިތުރު ދެ ފަރާތަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ދެނީ

14 ޖެނުއަރީ 2023
އައިވީއެފް ފަންޑުގެ ދަށުން އިތުރު ދެ ފަރާތަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ދެނީ
04 ނޮވެމްބަރު 2022

މާލީ ދަތިކަން ހުރި ފަރާތްތަކަށް ހާއްސަ އައިވީއެފް ފަންޑެއް ހުޅުވާލައިފި

04 ނޮވެމްބަރު 2022
މާލީ ދަތިކަން ހުރި ފަރާތްތަކަށް ހާއްސަ އައިވީއެފް ފަންޑެއް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު