Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާ ޕްރިމިއާ ލީގަށް ބަދަލުވަނީ!

30 ސެޕްޓެމްބަރު 2017 | ހޮނިހިރު 10:32

ކެޓަލޯނިއާގެ ކުޅިވަރާބެހޭ ވަޒީރު ވަނީ މިފަދަ އިޝާރާތެއް ކޮށްފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 30 ސެޕްޓެމްބަރު 2017 | ހޮނިހިރު 10:32
ބާސެލޯނާގެ ޓީމް

ބާސެލޯނާގެ ޓީމް

ކެޓަލޯނިއާއަށް މިނިވަންކަން ލިބިއްޖެނަމަ ބާސެލޯނާ އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވުމަކީ ވެދާނެ ކަމެއް ކަމަށް ކެޓަލޯނިއާ ސަރަހައްދުގެ ކުޅިވަރާބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ބާސެލޯނާ ނިސްބަތްވާ ކެޓަލޯނިއާ ސަރަހައްދަކީ ސްޕެއިންގެ ސަރުކާރުން ވަކިވެ ފުރިހަމަ މިނިވަންކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ސަރަހައްދެކެވެ. ކެޓަލޯނިއާގެ ސަރުކާރުން ވަނީ މިނިވަން ސަރަހައްދަކަށް ވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ނަގަން ނިންމާފައެވެ.

މި ވޯޓުގެ ނަތީޖާއިން ކެޓަލޯނިއާއަށް ފުރިހަމަ މިނިވަންކަން ލިބިއްޖެ ނަމަ އެ ޓީމު އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ސަރަހައްދުގެ ކުޅިވަރާބެހޭ ވަޒީރު ޖެރާޑް ފިގުއޭރާސްވަނީ ބުނެފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ކެޓަލޯނިއާއަށް ފުރިހަމަ މިނިވަންކަން ލިބިއްޖެ ހާލަތެއްގައި އެ ސަރަހައްދަށް ނިސްބަތްވާ ލަލީގާގެ ޓީމުތައް ކަމަށްވާ ބާސެލޯނާ، އެސްޕަންޔޯލް އަދި ޖިރޯނާ ކުޅޭނެ ވަކި ލީގެއް ނިންމާނީ އެ ޓީމުތަކުން ކަމަށާއި އެ ޓީމުތަކަށް ލަލީގާގައި ދެމިއޮތުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށާއި އަދި އެހެން ގައުމެއްގެ ލީގަށް ބަދަލުވުމަކީވެސް އެ ޓީމުތަކަށް އޮތް ފުރުސަތެއް ކަމަށެވެ.

އެހެނަސް ކެޓަލޯނިއާގެ ކުޅިވަރާބެހޭ ވަޒީރުގެ މި ބަސްތަކަށް ސްޕެނިޝް ލަލީގާގެ ރައީސް ވަނީ ހޫނު ރައްދެއް ދީފައެވެ. ލަލީގާގެ ރައީސް ހަވިޔާ ޓޭބާސް މި ބަސްތަކަށް ރައްދު ދެމުން ބުނެފައިވަނީ ކުޅިވަރަކީ ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭ އެއްޗެއް ކަމަށާއި އަދި ހުރިހާ ކަމެއް ވެސް ވަރަށް ސާފު ސީދާކޮށް އެގެން ޖެހޭ ކަމަށެވެ. ހަމައެހެންމެ އޭނާ ބުނެފައިވަނީ ކެޓަލޯނިއާއަށް މިނިވަންކަން ލިބިއްޖެ ހާލަތެއްގައި އެ ސަރަހައްދަށް ނިސްބަތްވާ އެއްވެސް ޓީމަކަށް ލަލީގާގައި ކުޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. އެހެނަސް އޭނާވަނީ އެ ޓީމުތައް ލަލީގާގައި މަޑުކުރުވަން ބޭނުންވާ ކަމުގެ އިޝާރާތެއް ދީފައެވެ.

ކެޓަލޯނިއާގެ ކުޅިވަރާބެހޭ ވަޒީރު އިތުރަށް ބުނެފައިވަނީ ކެޓަލޯނިއާގެ ޓީމުތައް އެހެން ގައުމުތަކުގެ ލީގުތަކުގައި ކުޅެގެން ޔުއޭފާއިން މައްސަލަ ޖައްސަފާނެ ކަމަށް ގަބޫލް ނުކުރެވޭ ކަމަށާއި އެގޮތުން ފްރާންސްގެ ލީގުގައި މޮނާކޯ ކުޅޭ ކަމަށާއި އަދި އިނގިރޭސި ޕްރިމިއާ ލީގުގައި ވޭލްސްގެ ޓީމުތަކުން ވާދަކުރާ ކަމަށެވެ.

ބާސާ ޕްރިމިއާ ލީގަށް ބަދަލުވެދާނެ ކަމަށް ގިނަބަޔަކު ބުނަމުންދާއިރު އެ ޓީމުން އަދި މިކަމުގައި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އަދި މިވަގުތު އެ ޓީމުއޮތީ ލަލީގާގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް