Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައިކޯޓް ފަނޑިޔާރުން

ޖޭއެސްސީ ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެން ހައިކޯޓަށް ފަނޑިޔާރުން ނުނެގިފަ!

30 ސެޕްޓެމްބަރު 2017 | ހޮނިހިރު 08:23

ޖޭއެސްސީގެ ބައްދަލުވުމެއް ބުދަ ދުވަހަށް ތާވަލުކުރި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 30 ސެޕްޓެމްބަރު 2017 | ހޮނިހިރު 08:23
ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ އިދާރާ

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ އިދާރާ

ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރުމަށް ކޯޓުތަކުގެ ގާނޫނުގައި ބުނާ މުއްދަތު ފަހަނަ އަޅައި ދިޔައިރު، ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެން ފަނޑިޔާރުން އައްޔަން ކުރެވިފައިނުވާކަން ރާއްޖެއެމްވީއަށް އެނގިއްޖެ އެވެ.

ކޯޓުތަކުގެ ގާނޫނަށް ގެނައި ދެ ވަނަ އިސްލާހު ތަސްދީގުކުރައްވާފައި ވަނީ ޖޫން މަހުގެ 18 ވަނަ ދުވަހު އެވެ. އެ އިސްލާހުގައި ވަނީ ކޯޓުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާ އާއި 35 ވަނަ މާއްދާގެ "ބ" އަށް އިސްލާހުތަކެއް ގެނެސްފަ އެވެ.

Advertisement - newsAdvertisement

ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުގައި އެ އިސްލާހަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ފަނޑިޔާރުން އައްޔަން ކުރަން ޖެހެ އެވެ. އެހެން ނަމަވެސް، ގާނޫނަށް އަމަލުކުރަން ފެށިތާ ސެޕްޓެމްބަރު 18 ވަނަ ދުވަހަށް ތިން މަސް ދުވަސް ފުރުނުއިރު ވެސް، ފަނޑިޔާރުން އައްޔަން ކޮށްފައެއް ނުވެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުން ޖޭއެސްސީގެ އެޖެންޑާގައި ހިމަނާފައިވާއިރު، އެ ކޯޓަށް ފަނޑިޔާރުން އައްޔަން ނުކުރެވިގެން އުޅެނީ ޖޭއެސްސީ މެންބަރުންގެ ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެންނެވެ. މިދިޔަ ބުދަ ދުވަހު ޖޭއެސްސީގެ ބައްދަލުވުމެއް ބާއްވަން ނިންމި ނަމަވެސް، ބައްދަލުވުމުގެ ކޯރަމް ހަމަނުވުމުން ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ.

ކުރިން ހައިކޯޓުގެ ބެންޗުގައި ނުވަ ފަނޑިޔާރުން ތިއްބަވާއިރު، ގާނޫނު އިސްލާހު ކޮށްފައި ވަނީ 11 ފަނޑިޔާރުން ތިއްބަވާ ގޮތަށެވެ. އިސްލާހު ގެނައި އިރު ވެސް، ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައި ވާތީ 11 ފަނޑިޔާރުން ހަމަކުރުމަށް، އިތުރު ހަތަރު ފަނޑިޔާރުން ހައިކޯޓަށް އައްޔަން ކުރަން ޖެހެއެވެ.

ހައިކޯޓް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓްވި ފަރާތްތަކާ އިންޓަވިއުކޮށް ހުރިހާ ކަމެއް ވެސް ނިންމާފައިވާއިރު، މިހާރު އޮތީ ހަމައެކަނި އައްޔަންކުރާނެ ފަނޑިޔާރުން ކަނޑައެޅުމެވެ.

ހައިކޯޓަށް ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވުމާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ދެކުނު ގޮފީގެ ތިން ފަނޑިޔާރުން މާލެ ވަޑައިގަން މަސައްކަތް ކުރެއްވުމަށް އަމުރުކޮށްފަ އެވެ. ހައިކޯޓުގައި މިހާރު ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. އޭގެ ތެރެއިން ތިން ފަނޑިޔާރުން މަސައްކަތް ކުރައްވަނީ ދެކުނު ގޮފީގަ އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގައި މިހާރު ތިއްބެވީ އިސްފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު ޝުޖާއު އުސްމާނާއި، ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދާއި، ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއާއި، ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ޖުލައި 2017

ޖޭއެސްސީއަށް ހާޒިރުވުމަށް ގާޒީ ބާރީއަށް އަންގައިފި

09 ޖުލައި 2017
ޖޭއެސްސީއަށް ހާޒިރުވުމަށް ގާޒީ ބާރީއަށް އަންގައިފި
12 ޖޫން 2017

ހައިކޯޓަށް ފަނޑިޔާރުން އިތުރު ކުރުމަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފި

12 ޖޫން 2017
ހައިކޯޓަށް ފަނޑިޔާރުން އިތުރު ކުރުމަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފި
18 މެއި 2017

ހައިކޯޓުގެ ފަނޑިޔާރު ރައޫފް ޖޭއެސްސީގެ މެމްބަރު ކަމަށް އަންޔަން ކުރައްވައިފި

18 މެއި 2017
ހައިކޯޓުގެ ފަނޑިޔާރު ރައޫފް ޖޭއެސްސީގެ މެމްބަރު ކަމަށް އަންޔަން ކުރައްވައިފި
10 މެއި 2017

އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާ ވާދަކުރައްވައި، ޖޭއެސްސީއަށް ހައި ކޯޓުގެ ފަނޑިޔާރު ރައޫފް!

10 މެއި 2017
އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާ ވާދަކުރައްވައި، ޖޭއެސްސީއަށް ހައި ކޯޓުގެ ފަނޑިޔާރު ރައޫފް!
03 މެއި 2017

މާރާމާރީގެ މައްސަލައެއްގައި މައްޗަންގޯޅީ އުތުރު ޕީޕީއެމް ކެނޑިޑޭޓް ބަންދުކޮށްދިނުމަށް އެދި ޕީޖީން ހައިކޯޓަށް

03 މެއި 2017
މާރާމާރީގެ މައްސަލައެއްގައި މައްޗަންގޯޅީ އުތުރު ޕީޕީއެމް ކެނޑިޑޭޓް ބަންދުކޮށްދިނުމަށް އެދި ޕީޖީން ހައިކޯޓަށް
04 އެޕްރީލު 2017

ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި

04 އެޕްރީލު 2017
ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް