Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަފާރީ އޮޕަރޭޓުކުރުން

ސަފާރީތައް އެކަށީގެންވާ ގޮތެއްގައި އޮޕަރޭޓު ކުރުމަށް ބޭނުންވާ ކަންކަން ފުރިހަމަވެފައެއް ނެތް: ބޯޓިންގ އެސޯސިއޭޝަން

7 ޖުލައި 2026 | އަންގާރަ 08:12

ރާއްޖޭގެ ބޯޓިން ސިނާއަތުގައި ހިމެނޭ ސަފާރީތަކަށް ރައްކާތެރި ބަނދަރެއް ނެތުމުގެ ސަބަބުން އެ ވިޔަފާރިތައް ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ބޯޓިން އެސޯސިއޭޝަނުން ބުނެފި. މި މައްސަލައަށް ހައްލެއް ހޯދުމަށް ކ. ދިޔަނެރު ފަޅުގައި ފެށި މެރީނާ ތަރައްގީކުރުމުގެ މަޝްރޫއު ހުއްޓިފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މި ސިނާއަތަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެ ޖަމިއްޔާއިން ވަނީ ސަރުކާރަށް ގޮވާލާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖުލައި 2026 | އަންގާރަ 08:12
 ބޯޓިންގ އެސޯސިއޭޝަންގެ ރައީސް އިސްމާއިލް ޝަރީފް

ބޯޓިންގ އެސޯސިއޭޝަންގެ ރައީސް އިސްމާއިލް ޝަރީފް | ރާއްޖެ އެމްވީ

ރާއްޖޭގެ ބޯޓިން އިންޑަސްޓްރީގައި ހިމެނޭ ސަފާރީތަކަށް ރައްކާތެރި ބަނދަރެއް ޤާއިމުކުރުމަށް ބޯޓިންގ އެސޯސިއޭޝަނުން އެކި ސިފަސިފައިގައި މަސައްކަތް ކޮށްފައިވީނަމަވެސް، މިހާތަނަށް އެކަމަށް އަލިމަގެއް ފެނިފައި ނުވާކަމަށް އެ ޖަމިއްޔާގެ ރައީސް އިސްމާއިލް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިސްމާއިލް ޝަރީފް ވިދާޅުވީ ސަފާރީތައް އެކަށީގެންވާ ގޮތެއްގައި އޮޕަރޭޓު ކުރުމަށް ބޭނުންވާ ކަންކަން ފުރިހަމަވެފައި ނެތްކަމަށެވެ. އެގޮތުން ސަފާރީތަކަށް ބޭނުންވާ ރައްކާތެރި ބަނދަރެއް ޤާއިމުކުރެވޭތޯ އެކި ސިފަސިފައިގައި އެ ޖަމިއްޔާއިން މަސައްކަތް ކޮށްފައިވާ ކަމަށާއި، ނަމަވެސް މިހާތަނަށް އެކަމަށް އަލިމަގެއް ފެނިފައެއް ނުވާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

އިސްމާއިލް ޝަރީފް ވިދާޅުވީ، މިއީ ސަފާރީތަކަށް އެންމެ ރަނގަޅަށް މި ސިނާއަތުގައި ވިޔަފާރި ކުރުމަށް ކޮންމެހެން ބޭނުންވާ މުހިއްމު ކަމެއްކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ރަނގަޅު ސިޔާސަތެއް އެކުލަވާލައިގެން މަސައްކަތް ކުރުން މުހިއްމުކަމަށް އޭނާ ވިދާޅުވި އެވެ.

 ސަފާރީތައް އެކަށީގެންވާ ގޮތެއްގައި އޮޕަރޭޓު ކުރުމަށް ބޭނުންވާ ކަންކަން ފުރިހަމަވެފައެއް ނެތް، އެގޮތުން ސަފާރީތަކަށް ބޭނުންވާ ރައްކާތެރި ބަނދަރެއް ޤާއިމު ކުރެވޭތޯ އެކި ސިފަސިފައިގައި މި ޖަމިއްޔާއިން މަސައްކަތް ކޮށްފައިވޭ، ނަމަވެސް މިހާތަނަށް އެކަމަށް އަލިމަގެއް ފެނިފައެއް ނުވޭ، މިއީ ސަފާރީތަކަށް އެންމެ ރަނގަޅަށް މި ސިނާއަތުގައި ވިޔަފާރި ކުރުމަށް ކޮންމެހެން ބޭނުންވާ މުހިއްމު ކަމެއް
 ބޯޓިންގ އެސޯސިއޭޝަންގެ ރައީސް އިސްމާއިލް ޝަރީފް

ބޯޓިން އިންޑަސްޓްރީއަކީ އެތައް ބިލިއަން ރުފިޔާގެ އަގުބޮޑު އިންޑަސްޓްރީއެއްކަމަށްވެސް ބޯޓިންގ އެސޯސިއޭޝަންގެ ރައީސް ފާހަގަކުރެއްވި އެވެ.

ބޯޓިން އިންޑަސްޓްރީއަށް ދިމާވެފައިވާ ރައްކާތެރި ފަޅެއް ނެތުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ކ. ދިޔަނެރު ފަޅުގައި މެރީނާއެއް ތަރައްގީ ކުރުމުގެ މަޝްރޫއުއެއް ކުރީގެ ސަރުކާރުން ފަށާފައިވެ އެވެ. އެ މަޝްރޫއު ފެށީ 30 ސެޕްޓެމްބަރު 2023 ގައެވެ.

ނަމަވެސް ވެރިކަން ބަދަލުވުމަށްފަހު އެ މަސައްކަތް އޮތީ އެއްކޮށް ހުއްޓިފަ އެވެ. މި މަޝްރޫއު ހުއްޓިފައިވުމާއެކު ބޯޓިން އިންޑަސްޓްރީގައި ހިމެނޭ ސަފާރީތަކަށް ރައްކާތެރި ބަނދަރެއް ނެތުމުގެ މައްސަލަ އަދިވެސް ދެމިއޮތްކަމަށް ބޯޓިންގ އެސޯސިއޭޝަނުން ފާހަގަކުރެ އެވެ.

ރައްކާތެރި ބަނދަރެއް ނެތުމުގެ ސަބަބުން ސަފާރީތަކަށް އޮޕަރޭޓް ކުރުމުގައި ދިމާވާ ދަތިތަކާއި ގުޅިގެން މި ސިނާއަތުގައި ހިމެނޭ ފަރާތްތަކުން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމަށް ދަތިތަކެއް ކުރިމަތިވެ އެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ސަމާލުކަން ދިނުމަށް ބޯޓިންގ އެސޯސިއޭޝަނުން ވަނީ ގޮވާލާފަ އެވެ.

ބޯޓިން އެސޯސިއޭޝަންއިސްމާއިލް ޝަރީފްސަފާރީ އުޅަނދު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

16 މެއި 2026

ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސެންސް ހިފަހައްޓައިފި

16 މެއި 2026
ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސެންސް ހިފަހައްޓައިފި
09 ނޮވެމްބަރު 2025

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް
11 ޖުލައި 2025

ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައި ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފި

11 ޖުލައި 2025
ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައި ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފި
06 އެޕްރީލު 2017

ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

06 އެޕްރީލު 2017
ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި
02 އެޕްރީލު 2017

ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު

02 އެޕްރީލު 2017
ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
16 މާރިޗު 2017

އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

16 މާރިޗު 2017
އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް
15 ފެބުރުއަރީ 2017

ސާކް ސަމިޓަށް ސަފާރީތައް ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ

15 ފެބުރުއަރީ 2017
ސާކް ސަމިޓަށް ސަފާރީތައް  ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ
11 ފެބުރުއަރީ 2017

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

11 ފެބުރުއަރީ 2017
ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް