Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުޙައްމަދު އިހުސާން

ކުރީ ސަރުކާރުގައި ވާނީ ކީސްޓޭޖް 2 ގެ ސިލަބަސް ރިވިއުކޮށް އެކުލަވާލާފައި: އިހުސާން

7 ޖުލައި 2026 | އަންގާރަ 08:46

ކުރީ ސަރުކާރުން ކީސްޓޭޖް 2 ގެ ސިލަބަސް ރިވިއުކޮށް ފޮތްތައް އެކުލަވާލާފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން އެޑިއުކޭޝަން މިނިސްޓަރުގެ ވާހަކަތަކަށް ރައްދު ދެއްވައިފި. މިހާރުގެ ސަރުކާރަށް ތިން އަހަރުވާން ކައިރިވާއިރު ވެސް އެ ފޮތްތައް ޕްރިންޓްކޮށް ނުނިމޭކަން ފާހަގަކުރައްވައި، އިހުސާން ވިދާޅުވީ ދަރިވަރުން ހިސާބަށް ދަށްވަނީ ކިޔަވައިދޭ ގަޑި މަދުވެގެން ނޫން ކަމަށް. މީގެ އިތުރުން، މިހާރު ވެސް ސްކޫލުތަކުގައި ކިޔަވައިދެނީ ޓީޗަރުންނަށް ފޮނުވާފައިވާ ސޮފްޓް ކޮޕީތަކަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 7 ޖުލައި 2026 | އަންގާރަ 08:46
ކުރީގެ ޑެޕިއުޓީ މިނިސްޓަރ، އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން.

ކުރީގެ ޑެޕިއުޓީ މިނިސްޓަރ، އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން. | ރާއްޖެ އެމްވީ

ކުރީ ސަރުކާރުގައި ކީސްޓޭޖް 2 ގެ ސިލަބަސް ރިވިއުކޮށް އެކުލަވާލާފައިވާ ފޮތްތައް މި ސަރުކާރަށް 3 އަހަރުވާން ދާއިރު ވެސް ނުނިމޭ ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ، އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި އިހުސާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުނުއިރުގައި ކީސްޓޭޖް 2 ގެ ދަރިވަރުންގެ ސިލަބަސް ރިވިއުކޮށް، އޭގެ މައްޗައް ފޮތްތައް އެކުލަވާލާފައިވާނެކަމުގަ އެވެ.

Advertisement - newsAdvertisement
އަޅުގަނޑުމެން ސަރުކާރު ނިމުނުއިރު ކީސްޓޭޖް 2 ގެ ފޮތްބައިވާނީ އެކުލަވާލާ ނިންމާފަ. ކަރިކިއުލަމް، މި ސިލަބަސްތަކަށް އިތުރަށް މި ރިވިއުކޮށް އެ ސިލަބަސްތައް އެކުލަވާލާ، އޭގެ މައްޗައް ފޮތް އެކުލަވާލާ ނިންމާފަ ވާނީ.
ކުރީގެ ޑެޕިއުޓީ މިނިސްޓަރ، އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން

އިހުސާން މި ވާހަކަ ދެއްކެވީ މިފަހުން އެޑިއުކޭޝަން މިނިސްޓަރ ޝަފީއު ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ. ޝަފީއު ވިދާޅުވި ގޮތުގައި މިހާރު ވެސް ސުކޫލުތަކުގައި ކިޔަވައިދެނީ، 2015 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ މުގައްރަރަކަށް ކަމަށާއި އެކަށީގެންވާ ބަދަލުތަކެއް އެ މުއްދަތުގެ ތެރޭގައި މުގައްރަރަށް އައިސްފައިނުވާ ކަމަށެވެ. މީގެ އިތުރުން ހިސާބު، އިސްލާމް އަދި ދިވެހި ކިޔަވަދޭ މުއްދަތު އިތުރުކުރަން ނިންމާފައިވާކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އިހުސާން ވިދާޅުވި ގޮތުގައި ޕެންޑިންގ ގައި ހުންނާނީ ހަމައެކަނި ލޭއައުޓް ތައްޔާރުކުރުމާއި ފޮތްތައް ޕްރިންޓް ކުރުން ކަމުގަ އެވެ. އަދި މިހާރުވެސް ކިޔަވާދެމުން ދަނީ ޓީޗަރުންނަށް ސޮފްޓް ކޮޕީތަކެއް ފޮނުވައިގެން ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން އިހުސާން ވިދާޅުވީ ދަރިވަރުން ހިސާބާށް ދަށްވަނީ ގަޑި މަދުވެގެން ނޫންކަމަށާއި މިހާރުވެސް އެންމެ ގިނަ ވަގުތު ކިޔަވަދެނީ ހިސާބުކަމަށެވެ. އަދި ދަރިވަރުން ހިސާބަށް ދަށްވާ މާ ގިނަ އަސާސީ ކަންކަން އެބަހުރިކަމަށް ވިދާޅުވި އެވެ.  

ކީސްޓޭޖް 2މުޙައްމަދު އިހުސާންރައީސް އިބްރާހިމް މުހައްމަދު ސޯލިހްމިނިސްޓަރ ޝަފީޤް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

06 ޖުލައި 2026

މި ސަރުކާރުގެ ހޯޕް އައިލެންޑް މަޝްރޫއުއަކީ ކުރީ ސަރުކާރުން ފުރިހަމަ މޮޑެލްއެއް އެކުލަވާލާފައިވާ މަޝްރޫއެއް: ފައިސަލް

06 ޖުލައި 2026
މި ސަރުކާރުގެ ހޯޕް އައިލެންޑް މަޝްރޫއުއަކީ ކުރީ ސަރުކާރުން ފުރިހަމަ މޮޑެލްއެއް އެކުލަވާލާފައިވާ މަޝްރޫއެއް: ފައިސަލް
02 ޖުލައި 2026

ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭ ފެންވަރަށް؛ ސަރުކާރުން ދަނީ އުތުރުގެ ތަރައްގީއަށް ހުރަސްއަޅަމުން: ފައްޔާޒް

02 ޖުލައި 2026
ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭ ފެންވަރަށް؛ ސަރުކާރުން ދަނީ އުތުރުގެ ތަރައްގީއަށް ހުރަސްއަޅަމުން: ފައްޔާޒް
10 ޖޫން 2026

ބައެއް ސްކޫލުތަކުގައި މުދައްރިސުންނެތިގެން ބައެއް މާއްދާތައް ކިޔަވައިނުދޭ މައްސަލަ ވަރަށް ބޮޑު : އިހުސާން

10 ޖޫން 2026
ބައެއް ސްކޫލުތަކުގައި މުދައްރިސުންނެތިގެން ބައެއް މާއްދާތައް ކިޔަވައިނުދޭ މައްސަލަ ވަރަށް ބޮޑު : އިހުސާން
25 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ސަޢޫދީ ފަންޑާމެދު ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން އިތުރުފުޅެއް

25 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ސަޢޫދީ ފަންޑާމެދު ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން އިތުރުފުޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް