Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒު

ރައީސް މުޢިއްޒު ސަޢޫދީ ފަންޑާމެދު ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން އިތުރުފުޅެއް

ސަޢޫދީ ފަންޑުން ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަށް ލިބުނު 50 މިލިއަން ޑޮލަރާ ގުޅޭގޮތުން ރައީސް މުޢިއްޒު ވަނީ ރައްޔިތުންނަށް އޮޅޭގޮތަށް ދޮގު މަޢުލޫމާތު ދެއްވާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 11:53
ރައީސް ޑރ މުހައްމަދު މުއިއްޒު: ފ. ނިލަންދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްވަނީ

ރައީސް ޑރ މުހައްމަދު މުއިއްޒު: ފ. ނިލަންދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްވަނީ

ރައީސް ޑރ މުހައްމަދު މުއިއްޒު ރާއްޖޭގެ ބައެއް ރަށްތަކަށް މިހާރު ކުރަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ނިލަންދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން ސައުދީ ފަންޑުން ލިބުނު 150 މިލިއަން ޑޮލަރަކީ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަށް ލިބުނު ފައިނޭންސިންގ ކަމަށް ވިދާޅުވެ އިތުރުފުޅުހައްދަވައިފި އެވެ.

ރައީސް މިފަދައިން ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ފ، ނިލަންދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ސައުދީ ފަންޑާއި ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައި ވަނީ 50 އެނދުގެ ފުލްފުލެޗް ހޮސްޕިޓަލެއް އެޅުމަށް ސައުދީ ފަންޑު ހަމަޖެހިފައި ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭން ބޭރުގެ މަޝްރޫއެއް ވީމަ ބޭރުފަންޑުތަކުގައި ހުންނަ ތަރުތީބު ވުމަށް ޕްރޮސީޗަރ ފުރިހަމަކުރަން ޖެހޭ ކަންތައް ތަކެއް ހުންނާތީ އަމަލީ މަސައްކަތަށް އަދި ނުފެށިގެން އުޅެނީކަމަށެވެ.

އަދި ބޭރުގެ ފަންޑުތަކުގެ ތެރޭގައި ތަފާތު ގިނަ އެކި ސްޓަޑީތަށް ހެދުމާއި ތައްޔާރުކުރަން ޖެހޭ ގިނަ ލިޔެކިޔުންތަކެއް ހުރުމުން މިހާރު ކަންކަން އެ ދަނީ އެ މަރުހަލާގެ ތެރޭގައި ކަމަށް ރައީސް ވިދާޅުވި އެވެ.

ނިލަންދޫ ރައްޔިތުންނަށް ކަންބޮޑުވެނުލެއްވުމަށް އިލްތިމާސް ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެއީ ފުލީ "ކޮންފާމްޑް" 50 އެނދުގެ ޒަމާނީ ހޮސްޕިޓަލް ޕްރޮޖެކްޓެއް ކަމަށެވެ.

ރައީސް ވިދާޅުވީ އާންމުކޮށް މިފަދަ ޕްރޮޖެކްޓް ތަކުގައި ނަގަނީ 8 ނޫނީ 10 މަސް ދުވަހުގެ މުއްދަތެއް ކަމަށެވެ. ގިނަވެގެން ނަގަނީ 10 ވަރަކަށް މަސް ދުވަސް ކަމަށެވެ. އަދި އޭގެ ތެރެއިން މިހާރު މަހެއްހާ ދުވަސް ހިނގައިފި ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ނިލަންދޫގައި ސައުދީ ފަންޑާއި ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭގޮތަށް ރައީސް މުއިއްޒު ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ދެއްވާފައިވާއިރު، މި މަޝްރޫޢުގެ ފައިނޭންސިންގ އަކީ އެމްޑީޕީ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް އިމާރާތް ކުރުމަށް ހޯދި ފަންޑިންގ ޕެކޭޖްގެ ބައެކެވެ.

އަދި މިއީ 2022 ވަނަ އަހަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަދި މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އަމީރުގެ ފަރާތުން ސަޢޫދީ އަރަބިއްޔާގެ އިސްވެރިންނާއެކު މަޝްވަރާ ވެސް ކުރެވިފައިވާ މަޝްރޫއެކެވެ.

150 މިލިއަން ޑޮލަރުގެ މި ޕެކޭޖްގައި ހިމެނެނީ އެއަރޕޯޓް ތަރައްޤީ ކުރުމަށް 100 މިލިއަން ޑޮލަރު އަދި ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށް 50 މިލިއަން ޑޮލަރެވެ. މި އެއްބަސްވުމަށް ހަދާފައި ވަނީ 2023 ގެ އޮކްޓޯބަރުގަ އެވެ. އަދި މި ލޯނު ލިބިވައިވަނީ މި ސަރުކާރުގެ ކުރީގެ ފިނޭންސް މިނިސްޓަރ ޝަފީޤް މެދުވެރިކޮށް މި އަހުގެ މޭމަހުގަ އެވެ.

ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މި ފައިނޭންސިންގ ހަމަޖެހުނުތާ އެންމެ މަހެއް ކަމަށެވެ. ނަމަވެސް އޭރުގެ ފިނޭންސް މިނިސްޓަރ ޝަފީޤް ސޮއިކުރެއްވި ދުވަހުން ފެށިގެންވެސް މިއަދާއި ހަމައަށް މިވަނީ 16 މަސް ވެފަ އެވެ. އަދި މީގެ އިތުރުން 8-10 މަސް ދުވަސް އިދާރީ މަސައްކަތަށް ބޭނުންވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ މިފަދަ ފަންޑު މެދުވެރިކޮށް ހިންގޭ މަޝްރޫޢުތަކުގެ އާންމު އުސޫލުތަކާ ޚިލާފު ވާހަކައެކެވެ.

އެމްޑީޕީ ސަރުކާރުން މި މަޝްރޫޢު ރޭވިފައިވަނީ އއ. ރަސްދޫ، ނ. މަނަދޫ އަދި ފުވައްމުލަކު ސިޓީގައި ހޮސްޕިޓަލްތައް ޤާއިމްކުރުމަށެވެ. ނަމަވެސް ޕީއެންސީ ސަރުކާރުން މިހާރު ވަނީ ފ. ނިލަންދޫ އަދި ލ. ފޮނަދޫއަށް ބަދަލުކޮށް، ހަމައެކަނި ފުވައްމުލަކު ސިޓީ ހިމަނާފައެވެ.

މި މައްސަލައިގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަކީ ރައްޔިތުންނަށް އޮޅުވާލުމަށް ދެއްކެވި ވާހަކަތަކެއް ކަމަށް ފާހަގަކުރެވޭއިރު، މިހާތަނަށް މަޝްރޫޢުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވި ލަސްވަމުންދާކަން ވެސް ފާހަގަކުރެވެއެވެ.

ސަޢޫދީ ފަންޑުވެލާނާ އެއަރޕޯޓްމިނިސްޓަރ ޝަފީޤްނީލަންދޫހޮސްޕިޓަލް ތަރައްޤީރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުފ. ނިލަންދޫ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު