Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކާއިނާތު ގެ ފޮޓޯ ސާވޭ

ދުނިޔޭގެ އެންމެ ބޮޑު ޑިޖިޓަލް ކެމެރާއިން ކާއިނާތު ފޮޓޯނަގަން ފަށައިފި

2 ޖުލައި 2026 | ބުރާސްފަތި 13:13

ޗިލީގެ ފަރުބަދައެއްގެ މަތީގައި ހުންނަ "ވީރާ ސީ ރޫބިން އޮބްޒަވޭޓަރީ" އިން ދުނިޔޭގެ އެންމެ ބޮޑު ޑިޖިޓަލް ކެމެރާ ބޭނުންކޮށްގެން ކާއިނާތުގެ ދިރާސާއެއް ވަނީ ފަށާފަ. ކުރިއަށް އޮތް 10 އަހަރު ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ މިލްކީވޭ އާއި އެހެނިހެން ގެލެކްސީތަކުގެ ތަފްސީލީ ޗާޓެއް އެކުލަވައިލުން. މި ހޯދުންތަކުގެ އެހީގައި ކާއިނާތުގެ ސިއްރު މާއްދާތައް ކަމަށްވާ "ޑާކް މެޓަރ" އާއި "ޑާކް އެނާޖީ" އާ ބެހޭ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް ސައިންސްވެރިން އުންމީދު ކުރެ.

ޖިނާ
ޖިނާ | 2 ޖުލައި 2026 | ބުރާސްފަތި 13:13
ޗިލީގެ ސެރޯ ޕަޗޯންގައި ހުންނަ ރުބިން އޮބްޒަވޭޓަރީ

ޗިލީގެ ސެރޯ ޕަޗޯންގައި ހުންނަ ރުބިން އޮބްޒަވޭޓަރީ | ގެޓީ އިމޭޖަސް

ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ބޮޑު ޑިޖިޓަލް ކެމެރާ ބޭނުންކޮށްގެން، ކާއިނާތުގެ މިހާތަނަށް ފެނިފައިނުވާ ސަރަހައްދުތަކުގެ ފޮޓޯތައް ނަގަން ފަށައިފި އެވެ.

މި ދިރާސާ ކުރާ ފަރާތްތަކުން އުންމީދު ކުރަނީ، މި އައު ހޯދުންތަކުގެ އެހީގައި ކާއިނާތުގެ ދަފްތަރެއް އެކުލަވައިލެވޭނެ ކަމަށެވެ. މީގެ ތެރޭގައި އަޅުގަނޑުމެންގެ މިލްކީވޭ ގެލެކްސީގައިވާ ބިލިއަނުން ގުނާލެވޭ ތަރިތަކާއި، އޭގެ ބޭރުގައިވާ އެތައް ބިލިއަން ގެލެކްސީތަކެއްގެ ޗާޓު ކުރެހުން ހިމެނެ އެވެ.

ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ބޮޑު ޑިޖިޓަލް ކެމެރާ

ދުނިޔޭގައި މިހާތަނަށް ބިނާކުރި އެންމެ ބޮޑު ޑިޖިޓަލް ކެމެރާއިން، ކާއިނާތުގެ މިހާތަނަށް ފެނިފައިނުވާ އެކި ކަންކޮޅުތަކުގެ ފޮޓޯތައް މިހާރު ދަނީ ނަގަމުންނެވެ.

"ވީރާ ސީ ރޫބިން އޮބްޒަވޭޓަރީ" އިން މިހާރު ވަނީ އުޑުމަތީގެ ފުޅާ ސަރަހައްދުތަކެއް ވަރަށް ތަފްސީލުކޮށް ބަލައި ދިރާސާކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފަ އެވެ. ޗިލީގެ ފަރުބަދައެއްގެ މަތީގައި ހަރުކޮށްފައިވާ މި ޓެލެސްކޯޕް ކުރިއަށް އޮތް 10 އަހަރު އަމާޒުކޮށްފައި ހުންނާނީ ދެކުނު ބިތުގެ އުޑަށެވެ. އަދި ކޮންމެ ރެއަކު އެތައް ސަތޭކަ ފޮޓޯއެއް މި ކެމެރާއިން ނަގާނެ އެވެ.

ވީރާ ސީ. ރޫބިން އޮބްޒަވޭޓަރީގެ އެތެރެ ފެންނަ މަންޒަރެއް

ވީރާ ސީ. ރޫބިން އޮބްޒަވޭޓަރީގެ އެތެރެ ފެންނަ މަންޒަރެއް | ގެޓީ އިމޭޖަސް

މި ކެމެރާއަކީ ވަރަށް ހަލުވިކަމާއެކު ފޮޓޯ ނެގުމުގެ ގާބިލުކަން ލިބިފައިވާ ކެމެރާއަކަށް ވުމުން، އުޑުމަތީގެ އެއް ސަރަހައްދުތަކެއް ތަކުރާރުކޮށް ފޮޓޯ ނެގޭނެ އެވެ. މީގެ ސަބަބުން، މީގެ ކުރިން ދެނެގަންނަން އުނދަގޫވި ފަނޑު އަލި ހުންނަ ތަކެތި ސައިންސްވެރިންނަށް ފެންނާނެ މަގު ފަހިވެގެންދާނެ އެވެ.

ރޫބިން އޮބްޒަވޭޓަރީން އެންމެ ފުރަތަމަ ނެގި ފޮޓޯތައް މިދިޔަ އަހަރު އާންމުކޮށްފައިވާއިރު، އޭގެ ތެރޭގައި ދުނިޔެއާ އެތައް ހާސް "ލައިޓް އިޔަރ" ނުވަތަ އަލި އަހަރެއްގެ ދުރުގައިވާ "ޓްރިފިޑް" އަދި "ލެގޫން" ނެބިއުލާތަކުގެ ކުލަގަދަ ފޮޓޯތައް ހިމެނެއެވެ.

މި ފޮޓޯއަކީ ޗިލީގެ ސެރޯ ޕަޗޯންގައި ހުންނަ އެން.އެސް.އެފް.ޑީ.އޯ.އީ ވޭރާ ސީ. ރޫބިން އޮބްޒަވޭޓަރީން 2025 ޖޫން 8 ވަނަ ދުވަހު އެންމެ ހަތް ގަޑިއިރުގެ ތެރޭގައި ނަގާފައިވާ ވަކިވަކި 678 އެކްސްޕޯޝަރ އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް

މި ފޮޓޯއަކީ ޗިލީގެ ސެރޯ ޕަޗޯންގައި ހުންނަ އެން.އެސް.އެފް.ޑީ.އޯ.އީ ވޭރާ ސީ. ރޫބިން އޮބްޒަވޭޓަރީން 2025 ޖޫން 8 ވަނަ ދުވަހު އެންމެ ހަތް ގަޑިއިރުގެ ތެރޭގައި ނަގާފައިވާ ވަކިވަކި 678 އެކްސްޕޯޝަރ އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް | ގެޓީ އިމޭޖަސް

މި ފޮޓޯތަކުގެ އެހީގައި، ބިލިއަނުން ގުނާލެވޭ އަހަރުތަކުގެ ތެރޭގައި ގެލެކްސީތައް އުފެދި، އެކުލެވިގެންދިޔަ ގޮތާއި، އަދި މުޅި ކާއިނާތު އުފެދިގެން އައި ގޮތް ދެނެގަތުމަށް ސައިންސްވެރިންނަށް ފަސޭހަވެގެންދާނެއެވެ.

މި ފޮޓޯތަކުން ދުރުގައިވާ އެތައް މިލިއަން ގެލެކްސީތަކެއް ފެންނަން ހުރިއިރު، މީގެ ކުރިން ފާހަގަކުރެވިފައި ނުވާ 2،000 އަށްވުރެ ގިނަ އެސްޓްރޮއިޑް ނުވަތަ ގުރަހަކޮޅުތައް ވެސް މި ފޮޓޯތަކުގެ އެހީގައި ވަނީ ދެނެގަނެވިފަ

މި ފޮޓޯތަކުން ދުރުގައިވާ އެތައް މިލިއަން ގެލެކްސީތަކެއް ފެންނަން ހުރިއިރު، މީގެ ކުރިން ފާހަގަކުރެވިފައި ނުވާ 2،000 އަށްވުރެ ގިނަ އެސްޓްރޮއިޑް ނުވަތަ ގުރަހަކޮޅުތައް ވެސް މި ފޮޓޯތަކުގެ އެހީގައި ވަނީ ދެނެގަނެވިފަ | ގެޓީ އިމޭޖަސް

އެމެރިކާގެ ނޭޝަނަލް ސައިންސް ފައުންޑޭޝަނާއި ޑިޕާޓްމަންޓް އޮފް އެނާޖީން ހަރަދުކޮށްގެން ހިންގާ މި އޮބްޒަވޭޓަރީއަށް ނަން ދެވިފައިވަނީ ފަލަކީ އިލްމުވެރިޔާ ވީރާ ރޫބިންގެ ނަމުންނެވެ. އޭނާއަކީ "ޑާކް މެޓަރ" ގެ ނަމުން ނަންދެވިފައިވާ ކާއިނާތުގައި ފޮރުވިފައިވާ ސިއްރު މާއްދާއެއް ހުރެދާނެކަމުގެ ފުރަތަމަ ހެކިތައް ހޯދައިދިން ފަރާތެވެ. ދިރާސާވެރިން އުންމީދު ކުރަނީ މި މަސައްކަތުގެ ސަބަބުން ޑާކް މެޓަރ އާއި، އަދި އެއާ އެއްވަރަށް އޮޅުންބޮޅުން ބޮޑު ބާރެއް ކަމަށްވާ "ޑާކް އެނާޖީ" އާ ބެހޭ މައުލޫމާތުތައް ލިބިގެންދާނެ ކަމަށެވެ.

ވީރާ ސީ ރޫބިން އޮބްޒަވޭޓަރީޗިލީވީރާ ރޫބިންޑާކް މެޓަރޑާކް އެނާޖީނޭޝަނަލް ސައިންސް ފައުންޑޭޝަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ޗިލީ ގެ ސަރުކާރު ހިންގާ ޕާޓީ ބަލިކޮށް އިދިކޮޅު ލީޑަރ ކާސްޓް ރައީސް ކަމަށް އިންތިޚާބުވެއްޖެ

15 ޑިސެމްބަރު 2025
ޗިލީ ގެ ސަރުކާރު ހިންގާ ޕާޓީ ބަލިކޮށް އިދިކޮޅު ލީޑަރ ކާސްޓް ރައީސް ކަމަށް އިންތިޚާބުވެއްޖެ
25 ސެޕްޓެމްބަރު 2025

ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު

25 ސެޕްޓެމްބަރު 2025
ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު
26 ޖޫން 2024

ފަހު ވަގުތު މޮޅުވެ، އާޖެންޓީނާ ކުއާޓާ ފައިނަލަށް

26 ޖޫން 2024
ފަހު ވަގުތު މޮޅުވެ، އާޖެންޓީނާ ކުއާޓާ ފައިނަލަށް
22 ޖޫން 2024

ޕެރޫ އާއި ޗިލީގެ ކުރިމަތިލުން ހަމަހަމަ

22 ޖޫން 2024
ޕެރޫ އާއި ޗިލީގެ ކުރިމަތިލުން ހަމަހަމަ
01 ޖެނުއަރީ 2024

އުފަންވިއިރުވެސް 7 ކިލޯއަށް ވުރެ ބަރު: "ހީވަނީ އަހަރެއްވަންދެން ގެންގުޅެ ބޮޑުކޮށްފައި އޮތް ކުއްޖެއްހެން"

01 ޖެނުއަރީ 2024
އުފަންވިއިރުވެސް 7 ކިލޯއަށް ވުރެ ބަރު: "ހީވަނީ އަހަރެއްވަންދެން ގެންގުޅެ ބޮޑުކޮށްފައި އޮތް ކުއްޖެއްހެން"
28 ނޮވެމްބަރު 2023

އުކާލާ ޓަޔަރުން ވަށާޖެހޭ އިޤްތިޞާދަކަށް!

28 ނޮވެމްބަރު 2023
އުކާލާ ޓަޔަރުން ވަށާޖެހޭ އިޤްތިޞާދަކަށް!
03 ނޮވެމްބަރު 2023

ބައިޑެންއާ ބައްދަލުކުރައްވައި އިސްރާއީލުގެ އަމަލުތައް ޗިލީގެ ރައީސް ބޮރިކް ކުށްވެރިކުރައްވައިފި

03 ނޮވެމްބަރު 2023
ބައިޑެންއާ ބައްދަލުކުރައްވައި އިސްރާއީލުގެ އަމަލުތައް ޗިލީގެ ރައީސް ބޮރިކް ކުށްވެރިކުރައްވައިފި
17 ސެޕްޓެމްބަރު 2022

ޗިލީން ހުށަހެޅި މައްސަލަ ފީފާއިން ނިންމީ އެ ގައުމާ ދެކޮޅަށް

17 ސެޕްޓެމްބަރު 2022
ޗިލީން ހުށަހެޅި މައްސަލަ ފީފާއިން ނިންމީ އެ ގައުމާ ދެކޮޅަށް
11 ޖޫން 2022

އެކުއެޑޯއަށް ވޯލްޑް ކަޕްގައި ކުޅެވޭނެ

11 ޖޫން 2022
އެކުއެޑޯއަށް ވޯލްޑް ކަޕްގައި ކުޅެވޭނެ
13 ޖޫން 2021

ވެކްސިން ނުޖަހާތިބި މަދު ބައެއްގެ ސަބަބުން ކޭސްތައް އިތުރުވެ ޗިލީގެ ވެރިރަށް ލޮކްޑައުންއަކަށް

13 ޖޫން 2021
ވެކްސިން ނުޖަހާތިބި މަދު ބައެއްގެ ސަބަބުން ކޭސްތައް އިތުރުވެ ޗިލީގެ ވެރިރަށް ލޮކްޑައުންއަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް