Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާގެ ރައީސާއި ޗިލީގެ ރައީސް ބައްދަލުކުރެއްވު

ބައިޑެންއާ ބައްދަލުކުރައްވައި އިސްރާއީލުގެ އަމަލުތައް ޗިލީގެ ރައީސް ބޮރިކް ކުށްވެރިކުރައްވައިފި

ޗިލީގެ ރައީސް ވިދާޅުވީ އަމިއްލަ ދިފާއުގައި ކަމަށްބުނެ އިސްރާއީލުން ހިންގަމުންދަނީ ހަނގުރާމައިގެ ބޮޑު ޖަރީމާއެއް ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2023 | ހުކުރު 05:44
އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި ޗިލީގެ ރައީސް ގެބްރިއެލް ބޮރިކް ބައްދަލު ކުރެއްވުން

އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި ޗިލީގެ ރައީސް ގެބްރިއެލް ބޮރިކް ބައްދަލު ކުރެއްވުން

އިސްރާއީލުން ޣައްޒާއަށް ބޮން އެޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ޗިލީގެ ރައީސް ގެބްރިއެލް ބޮރިކް ރައީސް ޖޯ ބައިޑެންއަށް ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްގައި ބުރާސްފަތި ދުވަހު ބައިޑެންއާ ބައްދަލުކުރެއްވުމަށްފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮރިކް ވިދާޅުވީ، އަމިއްލަ ދިފާއުގައި ކަމަށްބުނެ އިސްރާއީލުން އަސްކަރީ ގޮތުން ދެމުންދާ ނުހައްގު ރައްދު އެންމެ ސާފުކޮށް ކުށްވެރިކުރަން ޖެހޭ ކަމަށެވެ.

ހަމާސްގެ ހަމަލާ އަކީ ބޭއިންސާފު ހަމަލާއެއް ކަމަށް ސިފަކުރައްވަމުން ބޮރިކް ވިދާޅުވީ އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާގެ 9،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލުމަކީ އިންސާނީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އިސްރާއީލުން ޗިލީގެ ސަފީރު ގެނައުމަށް ނިންމަވާފައިވާކަން އޭނާ ވަނީ މި ހަފުތާގެ ކުރީކޮޅު ވިދާޅުވެފަ އެވެ.

ބައިޑެންގެ ޖަވާބާ ގުޅޭ ގޮތުން ސުވާލު ކުރުމުން ބޮރިކް ވަނީ އެމެރިކާގެ ރައީސްގެ ހައްގުގައި އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވައިފަ އެވެ. ނަމަވެސް ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައި ނުވާތީ ވައިޓް ހައުސްއަށް ބޭރު ގައުމުތަކުގައި ދަނީ ފާޑުކިޔުންތައް އަމާޒުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އާ އިޤްތިޞާދީ ޕާޓްނަރޝިޕެއްގެ ތެރެއިން ހުޅަނގު ހެމިސްފިއާގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށް އޭނާ ވިދާޅުވިއެވެ. ޓެރަރިޒަމްގެ ސްޕޮންސަރުންގެ ލިސްޓުން ކިއުބާ އުނިކުރުމަށާއި ކިއުބާގެ އާދައިގެ ރައްޔިތުންނަށް ގެއްލުންވާ ކަމަށް ބުނާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވެސް ބޮރިކް ވަނީ ބައިޑެންގެ އަރިހުން އެދިވަޑައިގެންފަ އެވެ.

އިސްރާއީލުގެ އަމަލުތަކާ ދެކޮޅަށް ޗިލީން ގެންގުޅޭ ހަރުކަށި ސްޓޭންޑުން ދައްކުވައިދެނީ ޣައްޒާގެ މައްސަލާގައި އެމެރިކާއިން ފިޔަވަޅު ނާޅާތީ ބައިނަލްއަގްވާމީ މާޔޫސްކަން އިތުރުވުމެވެ.  ބައިޑެން ސިޔާސަތު އަލުން ބައްޓަން ކުރެއްވުމަށް ބޮރިކް ގޮވާލެއްވުމުން އެމެރިކާގެ ބައިވެރިންގެ މެދުގައި އޮތް ބައިބައިވުން އެނގިގެންދެ އެވެ.

އެމެރިކާޗިލީއިޒްރޭލްފަލަސްތީނުޣައްޒާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު