Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ޗިލީން ހުށަހެޅި މައްސަލަ ފީފާއިން ނިންމީ އެ ގައުމާ ދެކޮޅަށް

މި މައްސަލައިގައި ޗިލީން ބުނީ، އެކުއެޑޯއިން އެ ގައުމުގެ ޓީމު ލިސްޓުގައި ކަސްޓިލޯ ހިމަނައިގެން ކޮލިފިކޭޝަންގެ 8 މެޗު ކުޅެފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2022 | ހޮނިހިރު 05:29
ފީފާގެ އިދާރާ

ފީފާގެ އިދާރާ

ޗިލީން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އަށް ހުށަހެޅި މައްސަލަ ބަލައި، ފީފާގެ ނިންމުން އެ ގައުމާ ދެކޮޅަށް ނިންމައިފިއެވެ.

ޗިލީން ހުށަހަޅާފައިވަނީ އެކުއެޑޯއާ ގުޅޭ މައްސަލައެކެވެ. އެއީ އެ ގައުމުގެ ބައިރޮން ކަސްޓިލޯއަކީ އަސްލު ކޮލަމްބިއާގެ ރައްޔިތެއްކަމަށް ބުނެ ޗިލީން ހުށަހެޅި މައްސަލައެކެވެ. އެ މައްސަލައިގައި ޗިލީން ބުނީ، އެކުއެޑޯއިން އެ ގައުމުގެ ގައުމީ ޓީމު ލިސްޓުގައި ކަސްޓިލޯ ހިމަނައިގެން ކޮލިފިކޭޝަންގެ 8 މެޗު ކުޅެފައިވަނީ ގަވާއިދާ ޚިލާފަށްކަމަށެވެ. މީގެ އިތުރުން ޗިލީން ބުނީ، މެޗުތަކުގައި ކަސްޓިލޯ ކުޅެފައިވަނީ ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ކަމަށެވެ. އެހެންކަމުން ޗިލީން ހުށަހެޅީ އެކުއެޑޯއަށް، ގަތަރުގައި އޮންނަ ވޯލްޑް ކަޕްގައި ކުޅެވިގެން ނުވާނެކަމަށެވެ.

މައްސަލަ ބަލައި ނިންމުމަށްފަހު ފީފާއިން ބުނީ، އެ އިދާރާއިން ބެލި ބެލުމުން، ކަސްޓިލޯއަކީ އެކުއެޑޯގެ ރައްޔިތެއްކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި ފީފާއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުންވެސް ފެންނަނީ އޭނާއަކީ އެ ގައުމުގެ ރައްޔިތެއްގެގޮތުގައި ކަމަށެވެ. މީގެ އިތުރުން ފީފާއިން ބުނީ ކަސްޓިލޯ އަތުގައި އޮންނަނީ އެކުއެޑޯގެ ދާއިމީ ރައްޔިތެއްކަން އަންގައިދޭ ލިޔުންކަމަށެވެ.

ފީފާއިން މި ނިންމުން ނިންމިނަމަވެސް، ޗިލީން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ޗިލީގެ ފުޓުބޯޅަ ފެޑެރޭޝަންގެ ޖެނަރަލް ސެކްރެޓަރީ ޖޯޖް ޔޫން ވިދާޅުވީ، މިއީ ފުޓުބޯޅައާއި ފުޓުބޯޅަށް ލޯބިކުރާ މީހުންނަށް ކުރިމަތިވި ކަޅު ދުވަހެއްކަމަށެވެ. އޭނާ ވިދާޅުވީ އެކުއެޑޯ ވޯލްޑް ކަޕަށް ކޮލިފައިވީއިރު، އެ ޓީމުގައި ކޮލަމްބިއާއަށް އުފަން، އަދި އެކުއެޑޯގެ ރައްޔިތެއްކަން އަންގައިދޭ ވަގު ލިޔުމެއް އޮތް ކުޅުންތެރިޔަކު ހިމެނޭ ކަމަށް އެތައް ބަޔަކުން ބުނަމުންދާ ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، ފީފާއިން މައްސަލަ ބެލިއިރު، އެ އަޑުއެހުންތަކަށް ހާޒިރުވުމަށް އެ ކުޅުންތެރިޔާ ދެކޮޅުހެދި ސަބަބު ސާފުނުވާކަމަށެވެ.

ޖޯޖް ވިދާޅުވީ ފީފާގެ ނިންމުން ޗިލީގެ ފަރާތުން ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާނެ ކަމަށެވެ. ސަބަބަކީ ޗިލީން ހުށަހަޅާފައިވާ ހެކިތަކުގައި ބަރުދަނެއް ހުންނާނެތީކަމަށެވެ. މީގެ އިތުރުން މި މައްސަލައިގައި ޗިލީގެ ފަރާތުން ވަކާލާތުކުރި ވަކީލު، އެޑުއާޑޯ ކާލެޒޯ ބުނީ، އޭނާގެ މުޅި ހަޔާތުގައިވެސް މިކަހަލަ ބޭއިންސާފު ނިންމުމެއް ނުދެކޭކަމަށެވެ.

މިއަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕުން ޗިލީއަށް ވަނީ ޖާގަ ގެއްލިފައެވެ. ޗިލީއަށް ލިބުނީ ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕްގެ ހަތްވަނައެވެ.

ފީފާފީފާ ވޯލްޑް ކަޕްޗިލީ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
06 ޑިސެމްބަރު 2025

ވޯލްޑް ކަޕް ގެ ގުރު ނަގައިފި

06 ޑިސެމްބަރު 2025
ވޯލްޑް ކަޕް ގެ ގުރު ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު