Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗިލީގެ ވެރިރަށް ލޮކްޑައުންކުރުން

ވެކްސިން ނުޖަހާތިބި މަދު ބައެއްގެ ސަބަބުން ކޭސްތައް އިތުރުވެ ޗިލީގެ ވެރިރަށް ލޮކްޑައުންއަކަށް

ޗިލީގައި މިހާތަނަށް 60 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ޖޫން 2021 | އާދީއްތަ 02:41
ޗިލީގައި ކޮވިޑް ޖެހުނު މީހަކަށް ފަރުވާދިނުމަށް ގެންދަނީ

ޗިލީގައި ކޮވިޑް ޖެހުނު މީހަކަށް ފަރުވާދިނުމަށް ގެންދަނީ

ވެކްސިން ނުޖަހާތިބި މަދު ބައެއްގެ ސަބަބުން ކޭސްތައް އިތުރުވެ ޗިލީގެ ވެރިރަށް ލޮކްޑައުންއަކަށް ދާން ނިންމައިފިއެވެ.

ކާމިޔާބު ކަމާއެކު ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިޔަ ނަމަވެސް ވެކްސިން ނުޖަހާ ތިބި މީހުންގެ މެދުގައި ކޮވިޑްގެ ކޭސްތައް އިތުރުވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޗިލީގެ ވެރިރަށް ސެންޓިއާގޯ ލޮކްޑައުން ކުރަން ނިންމާފައިވާކަން ހާމަކޮށްފައިވަނީ އެ ސިޓީގެ ސިއްހީ ކަންތައްތަކާ ބެހޭ އިދާރާތަކުގެ އިރުޝާދުގެ ދަށުން ސަރުކާރުންނެވެ. ޗިލީގައި މިހާތަނަށް 60 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ.

ލޮކްޑައުން ކުރަން ނިންމުމާއެކު ވެރިރަށުގައި ދިރިއުޅެމުން އަންނަ 8 މިލިއަނަށްވުރެ ގިނަ މީހުން ދެން ޖެހޭނީ ގޭ ބަންދުގައި ތިބޭށެވެ. ބުރާސްފަތި ދުވަހު އެކަނިވެސް އެ ގައުމުން ވަނީ 7،716 މީހަކު ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ވެކްސިން ފުރިހަމަ ނުކުރާ މީހުންނެވެ.

ޗިލީގެ ހާލަތު ގޯސްވެ އައިސީޔޫ އެނދުތައް ފުރެން ކައިރިވެފައިވާ ކަމަށް އެގައުމުން ވަނީ ހާމަކޮށްފައެވެ. އަދި ސިއްހީ ނިޒާމަށް ނުކަތާވަރަށް ކަންކަން ހިނގައިދާނެ ކަމުގެ އިޝާރާތެއް އެގައުމުގެ ސިއްހަތާބެހޭ ވުޒާރާއިން ވަނީ ދީފައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުން އަންނަނީ ޗިލީގައި ކާމިޔާބު ވެކްސިނޭޝަން ޕްރޮގްރާމެއް ހިންގި ނަމަވެސް، ސަރުކާރުން ފިޔަވަޅުތަކަށް ލުއިދީފައިވާ ގޮތުން ހާލަތު ގޯސްވަމުން އަންނަ ކަމަށެވެ. އެގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް މާ އަވަހަށް ލުއި ދިނުން މީގެ ތެރޭގައި ހިމެނެއެވެ.

ކޮވިޑްގެ ހާލަތު ގޯސްވެގެން މިދިޔަ އަހަރުގެ މާޗް މަހުން ނޮވެމްބަރުގެ ނިޔަލަށް އެގައުމުގެ ބޯޑަރު ބަންދު ކުރެވުނެވެ. ނަމަވެސް ހަރުކަށި ލޮކްޑައުނަކާއެކު އަދަދުތައް ދަށް ކުރުމަށްފަހު އަލުން ބޯޑަރު ހުޅުވިއެވެ. އަދި ބޭރުން އަންނަ ފަރާތްތަކަށް އެކި ތަންތަނަށް ދިއުމުގެ ހުއްދަ ދިނުމާއި ހޫނު މޫސުމުގެ ބަންދުގައި ދިން ލުއިތަކުގެ ސަބަބުން ކަންކަން ގޯސްވެގެން ދިޔަކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ވެއްޓެމުން ދިޔަ އިގްތިސާދު ކޮޅަށް ޖެހުމަށްޓަކައި ހުރިހާ ވިޔަފާރިތަކަށް ހުއްދަ ދިނުމާއި ރިސޯޓްތައް މާ އަވަހަށް ހުޅުވުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ކޮވިޑް ފެތުރެން ފެށިފަހުން މިހާތަނަށް 1.5 މިލިއަން މީހުން އެގައުމުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި 30،000ށް ވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ.

ޗިލީކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
25 ސެޕްޓެމްބަރު 2025

ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު

25 ސެޕްޓެމްބަރު 2025
ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު