Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިކޮނޮމިކް މިނިސްޓްެރީ

އެއް ހަފުތާގެ ތެރޭގައި މާލެ ޓެކްސީ އިން 6900 އަށް ވުރެ ގިނަ ދަތުރު ކޮށްފި: މިނިސްޓަރު ސައީދު

މިނިސްޓަރު ސައީދު ވިދާޅުވީ އެ ހަފުތާގެ ތެރޭގައި މާލެ ޓެކްސީ އިން ޖުމުލަ 6912 ދަތުރު ކޮށްފައިވާ ކަމަށް. އެއީ ޖޫން މަހުގެ 22 ވީ ހޯމަ ދުވަހުން ފެށިގެން، ޖޫން މަހުގެ 28 ވީ އާދީއްތަ ދުވަހުގެ ނިޔަަލަށް. މީގެ ތެރޭގައި މާލޭގެ އެތެރޭގައި ކުރެވުނު ދަތުރުތައް ގިނަ ކަމަށާއި، އެތެރޭގެ 3569 ދަތުރު ކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖޫން 2026 | އަންގާރަ 06:06
ވިލިމާލޭގައި ޓެކްސީގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު.

ވިލިމާލޭގައި ޓެކްސީގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު. | ޕީއެސްއެމް

އެއް ހަފުތާގެ ތެރޭގައި މާލެ ޓެކްސީ ލައިން އިން 6900 އަަށް ވުރެ ގިނަ ދަތުރު ކޮށްފައިވާ ކަމަށް، މިނިސްޓަރ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ޖޫން މަހުގެ ދެ ވަނަ ދުވަހު ޓެކްސީ ލައިން އެޕަލް ސްޓޯރުން ލޯންޗު ކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން ޖޫން މަހުގެ ހަތަރު ވަނަ ދުވަހު އެންޑްރޮއިޑް އިން ލޯންޗު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ އެ ހަފުތާގެ ތެރޭގައި މާލެ ޓެކްސީ އިން ޖުމުލަ 6912 ދަތުރު ކޮށްފައިވާ ކަމަށެވެ. އެއީ ޖޫން މަހުގެ 22 ވީ ހޯމަ ދުވަހުން ފެށިގެން، ޖޫން މަހުގެ 28 ވީ އާދީއްތަ ދުވަހުގެ ނިޔަަލަށެވެ. 

މީގެ ތެރޭގައި މާލޭގެ އެތެރޭގައި ކުރެވުނު ދަތުރުތައް ގިނަ ކަމަށާއި، އެތެރޭގައި 3569 ދަތުރު ކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ވިލިމާލޭގައި 528 ދަތުރު ކުރެވުނުކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ވިލިމާލޭގައި ވެސް އެ ޚިދުމަތް ފެށިފައިވާ ކަަމަށެވެ. 

ވެބް އެޕްލިކޭޝަން މެދުވެރިކޮށް ކުރެވުނު ބުކިންގެ އަދަދަކީ 6112 ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ހަމަ އެހެންމެ ކޯލް ސެންޓަރު މެދުވެރިކޮށް ހެދިފައި ހުރި ބުކިންގެ އަދަދަކީ 800 ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ، އެކަމުން ދައްކުވައި ދެނީ މި ޚިދުމަތަަށް އޮތް ޑިމާންޑު ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ޖުމުލަ ގޮތެއްގައި ލިބޭ ކޯލު ތަކަށް ޖަވާބު ދިނުމަށް ޕީކް ވަގުތު ތަކުގައި ނަގަނީ ފަސް މިނެޓު ނުވަތަ ހަ މިނެޓު ކަމަށެވެ. އަދި ޕީކް ނޫން ވަގުތު ތަކުގައި ތިން މިނެޓު ނުވަތަ ހަތަރު މިނެޓުން ޖަވާބު ދެވޭ ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ. 

މާލެ ޓެކްސީގެ ޚިދުމަތް ފެށުމަށް ސަރުކާރުން ވަނީ ގިނަ ތާރީޚު ތަކެއް ދީފައި އެވެ. އެންމެ ފަހުން މި ޚިދުމަތް ފެށިއިރު ވެސް، އާންމުންގެ ގިނަ ކަންބޮޑުވުން ތަކެއް އޮތެވެ. ޚާއްސަކޮށް ޓެކްސީ އެޕް ހެދުމުގައި ކޮރަޕްޝަންގެ ބޮޑު އަމަލެއް ހިންގާފައި ވުމާއި، ޚިދުމަތް ފެށި ފަހުން ވެސް ޓެކްސީ ހޯދުމަށް އުނދަގޫ ވެފައިވާ ކަމުގެ ޝަކުވާ އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް, ޓްރާންސްޕޯޓް އެންޑް ޓްރޭޑްމިނިސްޓަރ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދުމާލެ ޓެކްސީ ލައިން

އިތުރަށް ކިޔާލަން

07 މެއި 2026

ކުރިން ވިދާޅުވި ގޮތަށް، ބަންކަރިން އިން އަހަރަކު 400 މިލިއަން ޑޮލަރު ނުލިބުނު ސަބަބެއް މިނިސްޓަރަށް ވިދާޅެއް ނުވެވުނު

07 މެއި 2026
ކުރިން ވިދާޅުވި ގޮތަށް، ބަންކަރިން އިން އަހަރަކު 400 މިލިއަން ޑޮލަރު ނުލިބުނު ސަބަބެއް މިނިސްޓަރަށް ވިދާޅެއް ނުވެވުނު
18 އެޕްރީލު 2026

ސަރުކާރުގެ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް، އަގު ނަގަން ފަށައިފި

18 އެޕްރީލު 2026
ސަރުކާރުގެ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް، އަގު ނަގަން ފަށައިފި
07 އެޕްރީލު 2026

މާލޭ ޓެކްސީ ލައިންގެ އެޕްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް

07 އެޕްރީލު 2026
މާލޭ ޓެކްސީ ލައިންގެ އެޕްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް
02 އެޕްރީލު 2026

150 ކާރާއެކު ސަރުކާރުގެ ޓެކްސީ ލައިން އިފްތިތާހްކޮށްފި

02 އެޕްރީލު 2026
150 ކާރާއެކު ސަރުކާރުގެ ޓެކްސީ ލައިން އިފްތިތާހްކޮށްފި
28 މާރިޗު 2026

މިފަހަރު ވާނެ އެމްޑީޕީ އަށް ކުޅި ދައްކާލަން: މިނިސްޓަރު ސަޢީދު

28 މާރިޗު 2026
މިފަހަރު ވާނެ އެމްޑީޕީ އަށް ކުޅި ދައްކާލަން: މިނިސްޓަރު ސަޢީދު
21 ފެބުރުއަރީ 2026

ހޯލްސޭލްކޮށް އޮރެންޖް ލިބުން ދަތިވެ، އޮރެންޖެއްގެ އަގު 12 ރުފިޔާއަށް ވުރެ މައްޗަށް

21 ފެބުރުއަރީ 2026
ހޯލްސޭލްކޮށް އޮރެންޖް ލިބުން ދަތިވެ، އޮރެންޖެއްގެ އަގު 12 ރުފިޔާއަށް ވުރެ މައްޗަށް
10 ފެބުރުއަރީ 2026

ބަނދަރުތަކުން ފެށި ވާހަކަ، ނިމުނީ މޭވާ އާއި ތަރުކާރީގެ ވާހަކަ އިން!

10 ފެބުރުއަރީ 2026
ބަނދަރުތަކުން ފެށި ވާހަކަ، ނިމުނީ މޭވާ އާއި ތަރުކާރީގެ ވާހަކަ އިން!
02 ޖެނުއަރީ 2026

ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަވައިފި

02 ޖެނުއަރީ 2026
ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަވައިފި
25 ޑިސެމްބަރު 2025

ސަރުކާރުގެ ކުންފުނިތައް ގެއްލުމުގައި ހިންގާ ސަބަބާ ގުޅޭ ގޮތުން މިނިސްޓަރު ސައީދުގެ ޖަވާބެއް ނެތް

25 ޑިސެމްބަރު 2025
ސަރުކާރުގެ ކުންފުނިތައް ގެއްލުމުގައި ހިންގާ ސަބަބާ ގުޅޭ ގޮތުން މިނިސްޓަރު ސައީދުގެ ޖަވާބެއް ނެތް
29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު