Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިކޮނޮމިކް މިނިސްޓްރީ

ކުރިން ވިދާޅުވި ގޮތަށް، ބަންކަރިން އިން އަހަރަކު 400 މިލިއަން ޑޮލަރު ނުލިބުނު ސަބަބެއް މިނިސްޓަރަށް ވިދާޅެއް ނުވެވުނު

7 މެއި 2026 | ބުރާސްފަތި 06:27

މިނިސްޓަރު ސައީދު ވިދާޅުވީ، އަދި ވެސް އުންމީދު ކުރައްވަނީ އަހަރަކު 400 މިލިއަން ޑޮަލަރުގެ އާމްދަނީއެއް ވަންދަން ކަމަށް. ނަމަވެސް މިނިސްޓަރު ކުރިން ވިދާޅުވެފައި އޮތީ ބަންކަރިންގެ ޚިދުމަތް ފަށާތާ ފުރަތަމަ އަހަރުގެ ތެރޭގައި 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ވާހަކަ ކަމަށް ފާހަގަ ކުރުމުން، މިނިސްޓަރު ވިދާޅުވީ އެ ސުވާލު ރާއްޖެ ޓީވީ އަށް ފޮނުވީ އިދިކޮޅު އެމްޑީޕީ އިން ކަމަށް ވަންޏާ އެމްޑީޕީއާ ސުވާލު ތަކެއް ކުރުމަށް އެދޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މެއި 2026 | ބުރާސްފަތި 06:27
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު.

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު. | ރައީސް އޮފީސް

މި ސަރުކާރުން އުތުރުގައި ފެށި ބަންކަރިންގެ ޚިދުމަތުން އަހަރަކު 400 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ކުރިން ވިދާޅުވެފައި އޮތް ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އެ އަދަދުގެ އާމްދަނީއެއް ނުލިބުނު ސަބަބެއް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އަށް އެނގިވަޑައި ނުގެންނެވި އެވެ. 

2024 ވަނަ އަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ، ވެރިކަން ކުރާ ޕީއެންސީ އިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އެ އަހަރުގެ ޖުލައި މަހު ބަންކަރިންގެ ޚިދުމަތް ފެށިގެން، 2025 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް ރާއްޖޭގެ ޖީޑީޕީ އަށް މުޅިން އަލަށް 400 މިލިއަން އެމެރިކާ ޑޮލަރު ވަންނާނެ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ރަސްމީކޮށް ސަރުކާރުން ބަންކަރިންގެ ޚިދުމަތް ފަށާފައި ވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހަށް އެއް އަހަރުވީއިރު، ކުރިން މިނިސްޓަރު ސައީދު ވިދާޅުވި ވަރުގެ އާމްދަނީއެއް ނުލިބެ އެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީ އިން އެ ސުވާލު ކުރުމުން، މިނިސްޓަރު ސައީދު އެކަމަށް ޖަވާބެއް ދެއްވާފައި ނުވެ އެވެ. 

މިނިސްޓަރު ސައީދު ވިދާޅުވީ، އަދި ވެސް އުންމީދު ކުރައްވަނީ އަހަރަކު 400 މިލިއަން ޑޮަލަރުގެ އާމްދަނީއެއް ވަންދަން ކަމަށެވެ. ނަމަވެސް މިނިސްޓަރު ކުރިން ވިދާޅުވެފައި އޮތީ ބަންކަރިންގެ ޚިދުމަތް ފަށާތާ ފުރަތަމަ އަހަރުގެ ތެރޭގައި 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ވާހަކަ ކަމަށް ފާހަގަ ކުރުމުން، މިނިސްޓަރު ވިދާޅުވީ އެ ސުވާލު ރާއްޖެ ޓީވީ އަށް ފޮނުވީ އިދިކޮޅު އެމްޑީޕީ އިން ކަމަށް ވަންޏާ އެމްޑީޕީއާ ސުވާލު ތަކެއް ކުރުމަށް އެދޭ ކަމަށެވެ. 

މީގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް އެ ދުވަހު ފެށުމުން، މިއަދު ރާއްޖެ އަށް ގާތް ގަނޑަކަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. ހަމަ އެހެންމެ ސަރުކާރާއި އެމަނިކުފާނުގެ އަދިވެސް އުންމީދަކީ 400 މިލިއަން ޑޮލަރު ނުވަތަ ވީހާ ބޮޑު ނަފާއެއް އެކަމުން ހޯދުން ކަމަށެވެ. ނަމަވެސް، ކުރިން ވިދާޅުވެފައި އޮތް ގޮތަށް، އަހަރަކު 400 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ނުލިބުނު ސަބަބެއް މިނިސްޓަރު ވިދާޅުވެފައި ނުވެ އެވެ. 

ހަތަރު ސަތޭކަ މިލިއަން ޑޮލަރުގެ އާމްދަނީ ވަންނާނެ ކަމަށް އަޅުގަނޑު ބުނީ، އާދެ. އަޅުގަނޑު އަދިވެސް އުންމީދު ކުރަނީ ހަތަރު ސަތޭކަ މިލިއަން ޑޮަލަރަށް ވުރެ ވެސް ގިނައިން އާމްދަނީ ވައްދަން. އަހަރަކު، އާދެ، އަހަރަކު ވެސް. ޝައިޙާން، ތިޔަ ސުވާލު ޝައިޙާން އަށް ފޮނުވީ އެމްޑީޕީ އިން ކަމަށް ވަންޏާ، އައްސަވާ ބައްލަވާ އެ ބޭފުޅުން ކަނދު ފޮތި އަޅަން އުންމީދު ކުރިޔޭ ރާއްޖެ އިން ބޭރުގައި ކަނދު ފޮތި އަޅައިގެން އޭގައި ސްޕާ އާއި، އޭޓީއެމް އާއި އޭގައި މަސްވެރިންނަށް އައިސް ރޭކޮށްލެވޭ ގޮތަށް ކޮޓަރައި އަޅައިގެން އެ ޚިދުމަތް ދިނުމަށް. އެ ބޭފުޅުންގެ އިންޓެންޝަން އޮވެދާނެ އެކަން ކުރުމަށް. 
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު

މީގެ އިތުރުން ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އިކޮނޮމިކް މިނިސްޓަރުގެ ހައިސިއްޔަތުން، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ފުޅާ ވިސްނުން، އެމަނިކުފާނު އަމިއްލަ އަށް ހަނި ކޮށްލައިގެން ނުވާނެ ކަމަށެވެ. އެއާ އެކު މިނިސްޓަރު ސައީދު ވިދާޅުވީ ކޮންމެ ކަމެއްގައި ވެސް ދުރަށް ވިސްނަން ޖެހޭނެ ކަމަށެވެ.

ބަންކަރިން ޚިދުމަތްމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްމިނިސްޓަރ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 މާރިޗު 2026

މިފަހަރު ވާނެ އެމްޑީޕީ އަށް ކުޅި ދައްކާލަން: މިނިސްޓަރު ސަޢީދު

28 މާރިޗު 2026
މިފަހަރު ވާނެ އެމްޑީޕީ އަށް ކުޅި ދައްކާލަން: މިނިސްޓަރު ސަޢީދު
21 ފެބުރުއަރީ 2026

ހޯލްސޭލްކޮށް އޮރެންޖް ލިބުން ދަތިވެ، އޮރެންޖެއްގެ އަގު 12 ރުފިޔާއަށް ވުރެ މައްޗަށް

21 ފެބުރުއަރީ 2026
ހޯލްސޭލްކޮށް އޮރެންޖް ލިބުން ދަތިވެ، އޮރެންޖެއްގެ އަގު 12 ރުފިޔާއަށް ވުރެ މައްޗަށް
10 ފެބުރުއަރީ 2026

ބަނދަރުތަކުން ފެށި ވާހަކަ، ނިމުނީ މޭވާ އާއި ތަރުކާރީގެ ވާހަކަ އިން!

10 ފެބުރުއަރީ 2026
ބަނދަރުތަކުން ފެށި ވާހަކަ، ނިމުނީ މޭވާ އާއި ތަރުކާރީގެ ވާހަކަ އިން!
02 ޖެނުއަރީ 2026

ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަވައިފި

02 ޖެނުއަރީ 2026
ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަވައިފި
25 ޑިސެމްބަރު 2025

ސަރުކާރުގެ ކުންފުނިތައް ގެއްލުމުގައި ހިންގާ ސަބަބާ ގުޅޭ ގޮތުން މިނިސްޓަރު ސައީދުގެ ޖަވާބެއް ނެތް

25 ޑިސެމްބަރު 2025
ސަރުކާރުގެ ކުންފުނިތައް ގެއްލުމުގައި ހިންގާ ސަބަބާ ގުޅޭ ގޮތުން މިނިސްޓަރު ސައީދުގެ ޖަވާބެއް ނެތް
29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
29 އޮކްޓޯބަރު 2025

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ބަންކަރިން އިން އިހަވަންދިއްޕޮޅަށް ލިބުނު އާމްދަނީ ވަޒީރަށް ބުނެ ނުދެވުނު، އުޅުއްވީ އޮޅުވާލައްވަން!

28 އޮކްޓޯބަރު 2025
ބަންކަރިން އިން އިހަވަންދިއްޕޮޅަށް ލިބުނު އާމްދަނީ ވަޒީރަށް ބުނެ ނުދެވުނު، އުޅުއްވީ އޮޅުވާލައްވަން!
01 ޖުލައި 2025

އުތުރުގައި ފެށި ބަންކަރިން ފެއިލްވެފައި ވަނިކޮށް، ލ. އަތޮޅުގައި ބަންކަރިންގެ މަޝްރޫއަށް އިންވެސްޓަރުން ހޯދަނީ

01 ޖުލައި 2025
އުތުރުގައި ފެށި ބަންކަރިން ފެއިލްވެފައި ވަނިކޮށް، ލ. އަތޮޅުގައި ބަންކަރިންގެ މަޝްރޫއަށް އިންވެސްޓަރުން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް