Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބްދުﷲ ރިޔާޒު

ކުރީގެ ސީޕީ ރިޔާޒު ޕޮލިހަށް ހާޒިރުވުމަށް އަންގައިފި

ރިޔާޒު ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މިރޭ 8:00 އަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 07:12
އަބްދުﷲ ރިޔާޒު

އަބްދުﷲ ރިޔާޒު

ކުރީގެ ޕޮލިސް ކަމިޝަނަރ އަދި މިހާރު ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު މިރޭ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ކިނބިދޫ ދާއިރާގެ މެންބަރު ރިޔާޒު ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ މިރޭ 8:00 އަށެވެ. އޭނާއަށް ފޮނުވާފައިވާ ޗިޓުގައި ވަނީ ފުލުހަށް ހާޒިރުވާން އަންގަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ހަގީގަތާ ހިލާފު ދޮގު ވާހަކަ ފަތުރައި، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކޮށް، ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، އެ މުއައްސަސާ ބަދުނާމުކޮށް، ދޮގު ވާހަކަ ދައްކާ ކަމަށް ތުހުމަތު ކުރާ މައްސަލާގައި ކަމަށެވެ.

Advertisement - newsAdvertisement

އެ މައްސަލާގައި މީގެ ކުރިން ވެސް ފުލުހަށް ހާޒިރުކޮށްފައި ވެއެވެ.

ރިޔާޒުގެ މައްޗަށް އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އުފުލި ދައުވާގައި ބުނެފައި ވަނީ ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:39 ހާއިރު ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނުގައި ހުރި މައުލޫމާތުތައް ބެލުމަށް ފޯނުގެ ލޮކް ކޯޑް ދިނުމަށް އެދުމުން ލޮކް ކޯޑް ދިނުމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައި ވާތީ، ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ ވަނީ އެފަހަރު ކޮށްފައެވެ.

އެމައްސަލާގައި ރިޔާޒުގެ މައްޗަށް ޖިނާއީ ދައުވާ ކުރި ކަމުގައިވެސް ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ސާބިތު ނުވާކަމަށް ކަނޑައަޅާފައެވެ. އެ މައްސަލަ މިހާރު ވަނީ އިސްތިއުނާފު ވެސް ކޮށްފައެވެ.

މީގެ އިތުރުން ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލީހަށް ވެންނެވި މައްސަލައިގައި ގާނޫނޫ ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތްތަށް ހުރަސް އެޅުމުގެ ދައުވާ ރިޔާޒުގެ މައްޗަށް އުފުލައި ޝަރީއަތް ވަނީ ފަށައިފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު