Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕޯލް ހޯނަރ

ދޮގު ޚަބަރު ލިޔެގެން މަޝްޙޫރުވި ޕޯލް ހޯނަރ މަރުވެފައި އޮއްވާ ފެނިއްޖެ! މިއީ ތެދު ޚަބަރެއް!

މަރުވެފައިވަނީ ބޭސް އޯވަރޑޯޒްވެގެން ކަމަށް ބެލެވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 27 ސެޕްޓެމްބަރު 2017 | ބުދަ 04:25
ދޮގުޚަބަރު ލިޔެގެން މަޝްޙޫރުކަން ހޯދި ޕޯލް ހޯނަރ ސީއެންއެންއަށް އިންޓަރވިއުއެއް ދެނީ

ދޮގުޚަބަރު ލިޔެގެން މަޝްޙޫރުކަން ހޯދި ޕޯލް ހޯނަރ ސީއެންއެންއަށް އިންޓަރވިއުއެއް ދެނީ

ނިމިގެންދިޔަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ސިޔާސީ ކަންތައްތަކާއި ގުޅޭ ދޮގު ޚަބަރު ލިޔެގެން މަޝްޙޫރުކަން ހޯދި ޕޯލް ހޯނަރ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އޭނާ މަރުވެފައި އޮއްވައި ފެނުނު އިރު އޭނާގެ އުމުރަކީ 38 އަހަރެވެ.

އެމެރިކާގައި އޭނާ ދިރިއުޅެމުންދިޔަ ފީނިކްސްގެ މެރިކޯޕާގެ ކައުންޓީ ޝެރިފް އޮފީހުގެ ތަރުޖަމާނު އަންގާރަ ދުވަހުގެރޭ ވިދާޅުވީ، ޕޯލް މަރުވެފައި އޮއްވައި ފެނިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު ކަމަށާ، އޭނާ މަރުވެފައި އޮތީ އޭނާ ދިރިއުޅެމުންދިޔަ ގޭގައި ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ، ޕޯލް އަކީ މަސްތުވުމަށް ޑޮކްޓަރީ ބޭސް ކެއުމުގެ ރިކޯޑް އޮތް މީހެއް ކަމަށާ، އޭނާ މަރުވެފައިވަނީވެސް ބޭސް އޯވަރޑޯޒްވެގެން ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މިކަން ޔަޤީން ވާނީ މިޙާރު ހަދަމުންދާ ބައެއް ޓެސްޓްތައް ހަދައި ނިމުމުން ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

2016 ވަނަ އަހަރު ޕޯލް މަޝްޙޫރުވެގެން ދިޔައީ، ސިޔާސީ މަސްރަހާއި ގުޅޭގޮތުން އޭނާ ލިޔުނު ދޮގު ޚަބަރުތައް ފޭސްބުކް އާއި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވައިރަލްވެ، އެތައް ހާސް ބަޔަކު އެ ޚަބަރުތައް ޝެއާކުރުމުންނެވެ.

ޕޯލް ލިޔެފައިވާ ދޮގު ޚަބަރުތަކުގެ ތެރެއިން ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ ޚަބަރުތަކުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އަކީ ހަރުކަށި ފިކުރުގެ މުސްލިމެއް ކަމަށް ބުނެ ލިޔެފައިވާ ޚަބަރަކާއި، އެމެރިކާގެ ރައީސް ޑޮނާލްޑް ތްރަމްޕްގެ ރިޔާސީ ކެމްޕެއިން ރެލީތަކަށް މީހުން އެއްކުރީ ކޮންމެ މީހަކަށް އެތައް ހާސް ޑޮލަރެއް ދީގެން ކަމަށް ބުނާ ޚަބަރު ހިމެނެއެވެ.

ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޕޯލްގެ ދޮގު ޚަބަރުތަކުގެ މަޤުބޫލުކަން އިތުރުވެގެން ދިޔައިރު، ދި ވޮޝިންގްތަން ޕޯސްޓަށް އޭނާ ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ، އެމެރިކާގެ ވެރިކަމަށް ޑޮނާލްޑް ޓްރަމްޕް އިންތިޚާބުވުމުގެ އެއް ސަބަބަކީ އޭނާ ލިޔުނު ދޮގު ޚަބަރުތައް ރައްޔިތުންގެ ތެރޭގައި ފެތުރިގެން ދިޔަ މިންވަރުކަމަށް ޤަބޫލުކުރާ ކަމަށެވެ. ޕޯލް ބުނީ އޭނާގެ ބޭނުމަކަށްވީ ޓްރަމްޕަށް ތާޢީދުކުރާ މީހުންނަކީ ކިހާ ގަމާރު ބައެއްކަން ހާމަކޮށްދިނުން ކަމަށާ، އެކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދެވުނު ނަމަވެސް، އެ ޓްރަމްޕް އިންތިޚާބުވުމަށް ލިބުނު ބާރަކަށް ވެވުނީތީ ހިތާމަކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2017

އިޒްރޭލުގެ ދެކޮޅުހެދުންތަކާއެކުވެސް ފަަލަސްތީނަށް އިންޓަޕޯލްގެ މެމްބަރުކަން ލިބިއްޖެ

28 ސެޕްޓެމްބަރު 2017
އިޒްރޭލުގެ ދެކޮޅުހެދުންތަކާއެކުވެސް ފަަލަސްތީނަށް އިންޓަޕޯލްގެ މެމްބަރުކަން ލިބިއްޖެ
25 ސެޕްޓެމްބަރު 2017

ބޮޑުވަޒީރު ޝެއިޚް ހަސީނާ އަވަހާރަކޮށްލަން ރޭވިކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް: ބަނގުލަދޭޝް ސަރުކާރު

25 ސެޕްޓެމްބަރު 2017
ބޮޑުވަޒީރު ޝެއިޚް ހަސީނާ އަވަހާރަކޮށްލަން ރޭވިކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް: ބަނގުލަދޭޝް ސަރުކާރު
08 ސެޕްޓެމްބަރު 2017

ރައީސް ޑުޓާޓެގެ ދަރިފުޅާ ދަނބި ދަރިފުޅު މަސްތުވާތަކެތީގެ ތުހުމަތު ދޮގުކޮށްފި

08 ސެޕްޓެމްބަރު 2017
ރައީސް ޑުޓާޓެގެ ދަރިފުޅާ ދަނބި ދަރިފުޅު މަސްތުވާތަކެތީގެ ތުހުމަތު ދޮގުކޮށްފި
01 ސެޕްޓެމްބަރު 2017

ރައީސް ޒޫމާގެ ދަރިފުޅުގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް އޭނާ ދޮގުކޮށްފި

01 ސެޕްޓެމްބަރު 2017
ރައީސް ޒޫމާގެ ދަރިފުޅުގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް އޭނާ ދޮގުކޮށްފި
07 އޯގަސްޓު 2017

އެމެރިކާގެ ނައިބު ރައީސް ވެރިކަމަށް ކުރިމަތިލައްވަން މަސައްކަތްޕުޅު ކުރައްވާ ވާހަކަ އަމަނިކުފާނު ދޮގުކުރައްވައިފި

07 އޯގަސްޓު 2017
އެމެރިކާގެ ނައިބު ރައީސް ވެރިކަމަށް ކުރިމަތިލައްވަން މަސައްކަތްޕުޅު ކުރައްވާ ވާހަކަ އަމަނިކުފާނު ދޮގުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު