Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ ހަނގުރާމަ

ސީރިޔާ ސަރުކާރުން އިންސާނުން އަންދާ ކަމަށް އެމެރިކާ އިން ކުރާ ތުހުމަތު ދޮގުކޮށްފި

އެމެރިކާ އިން ބުނެފައި ވަނީ ސީރިޔާ އަށް ކުރާ ތުހުމަތުތަކުގެ ހެކިވެސް އެބަހުރި ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 17 މެއި 2017 | ބުދަ 10:29
މަރާލުމަށް ފަހު އިންސާނުންގެ ހަށިގަނޑު އަންދާ ކަމަށް އެމެރިކާއިން ތުހުމަތުކުރާ ތަން

މަރާލުމަށް ފަހު އިންސާނުންގެ ހަށިގަނޑު އަންދާ ކަމަށް އެމެރިކާއިން ތުހުމަތުކުރާ ތަން

ސީރިޔާގެ ރައްޔިތުންނާ ދެކޮޅަށް ބައްޝާރުލް އަސަދުގެ ސަރުކާރުން ހިންގާ ލާއިންސާނީ ޖަރީމާތަކާއި ގަތުލު އާންމުތައް ފޮރުވުމަށް އިންސާނުންގެ ހަށިތައް އެންދުމަށް ހާއްސަ ތަނެއް ބޭނުންކުރާ ކަމަށް އެމެރިކާއިން ކުރި ތުހުމަތުތައް ސިރިޔާއިން ދޮގުކޮށްފިއެވެ.

ސީރިޔާ އިން އަންގާރަ ދުވަހު މިކަން ދޮގު ކުރަމުން ބުނީ އެމެރިކާ އިން މިފަދަ ދޮގުތައް ހަދަމުން ދަނީ "އެމެރިކާ އިން ހިންގާ ރުޅިވެރި އަމަލުތައް އެއީ ހިންގަން ޖެހޭ އަމަލުތަކެއް ކަން ދެއްކުމަށްޓަކައި" ކަމަށެވެ.

އެމެރިކާ އިން ބުނާ ގޮތުގައި ސީރިއާގެ ވެރިރަށް ދިމިސްކްގައި އާއި ގާތް ހިސާބެއްގައި ހުންނަ ސައިދްނަޔާ ޖަލުގައި އިންސާނުން އަންދާ ތަނެއް ހުރެއެވެ. އަދި އެކަމުގެ ހެކިވެސް ހުރި ކަމަށް އެމެރިކާއިން ބުނެއެވެ. ބައްޝާރުގެ ސަރުކާރުން މަރާފައިވާ އެތައް ސަތޭކަ ބައެއްގެ ހަށިގަނޑު އަންދާ އަޅިއަށް ހަދާލުމަށް މީހުން އެންދުމަށް ބޭނުންކުރާ އިތުރު މެޝިންތައް އަސްކަރީ ޖަލުތަކުގައި ޤާއިމްކުރުމަށް އަންގާފައިވާ ކަމަށް ވެސް އެމެރިކާ އިން ތުހުމަތު ކުރެއެވެ.

ސީރިޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާ އިން އަބަދުވެސް ދޮގުތައް އުފަން ކުރަމުންދާ ކަމަށާއި، އަދި އެއަށްފަހު މިނިވަން ގައުމުތަކުގައި އެމީހުންގެ ރުޅިވެރި އަމަލުތައް ފަތުރަމުންދާ ކަމަށެެެވެ. އަދި އެމެރިކާއިން ސީރިޔާ އާ ދޭތެރޭ ހަދަމުން ދަނީ ކަނޑައެޅިގެން ދޮގު ކަމަށް ވެސް ބުނެފައި ވެއެވެ.

މެދުއިރުމަތީގެ ކަންކަން ބައްލަވަމުންދާ އެމެރިކާގެ އެކްޓިން އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑިޕާޓްމަންޓް ސްޓުއާޓް ޖޯންސް ވަނީ ސީރިއާގައި މީހުން އެންދުމުގެ ކަންކަން ހިންގާ ތަނެއްގެ ސެޓްލައިޓް ފޮޓޯތައް ނޫސްވެރިންނާ ވެސް ހިއްސާ ކޮށްފައެވެ.

އެމެރިކާ އިން ބުނާގޮތުން ސީރިޔާ ސަރުކާރުން ހިންގި މީހުން އެންދުމުގެ މައުލޫމާތު އެގައުމަށް ލިބިގެން ދިޔައީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތްކުރާ އެޖެންސީތަކުންނެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު