Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސްގެ މައްސަލަ

ރިޝްވަތު ދިނުމުގެ ދައުވާއަކީ އަސާސެއް ނެތް ދައުވާއެއް، ޝަރީޢަތް ސިއްރު ކުރުމަށް ޕީޖީ މަސައްކަތް ކޮށްފާނެ: ފާރިސްގެ ވަކީލުން

26 ސެޕްޓެމްބަރު 2017 | އަންގާރަ 10:27

ދައުވާ ކޮށްފައި ވަނީ ތަހުގީގު ފުރިހަމަ ނުވާ މައްސަލައެއްގައި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 26 ސެޕްޓެމްބަރު 2017 | އަންގާރަ 10:27
ފާރިސްގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފާރިސްގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާއަކީ އެއްވެސް އަސްލެއް އަދި އަސާސެއް ނެތް ދައުވާއެއް ކަމަށާއި މައްސަލައިގެ ޝަރީޢަތް ސިއްރު ކުރުމަށް ޕްރޮސިކިޔުޓާ ޖެނަރަލް މަސައްކަތް ކޮށްފާނެ ކަމަށް ފާރިސްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ށ) ގެ ދަށުން ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކޮށްފައިވާއިރު އެ މާއްދާގައި ބުނެފައި ވަނީ އެނގިހުރެ ދައުލަތުގެ މުވައްޒަފަކަށް މަންފާއެއް ދިނުން ނުވަތަ ދިނުމަށް ހުށަހެޅުމާއި، އެ މަންފާއަކީ ގާނޫނުގައި ހުއްދަ ކޮށްފައިނުވާ އަދި ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހިފައިވާ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ނުފޫޒު ފޯރުވުމަށް އެއްބަސްވުމުގެ ގޮތުން ނުވަތަ ތިމާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކުރުމުގެ ގޮތުން ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި އޮތް އެއްޗަކަށް ވެއްޖެ ނަމަ އެކަން ކުރާ މީހަކު އެ ކުރަނީ ކުށެއް ކަމަށެވެ.

Advertisement - newsAdvertisement

ފާރިސްގެ މައްޗަށް ދައުވާކުރާ މި މައްސަލާގައި ހޯމަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފާރިސްގެ ގާނޫނީ ވަކީލް ވިދާޅުވީ ފާރިސް މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ދައުވާ ކުރާއިރު އެ ވިދާޅުވާ ރިޝްވަތުގެ ފައިސާގެ ހިފި މީހާ އަށް ދައުވާ ނުކުރުމަކީ ނުބައި އުސޫލްތަކެއް ގާއިމް ކުރެވިގެން ދިއުމުގެ ބިރު އޮތް ކަމެއް ކަމަށެވެ. އެގޮތުން އަދި ފާރިސް ރިޝްވަތުުގެ ދެއްވި ކަމަށް ބުނާ މީހާ ސިއްރުން ހެކިބަސް ދިނުމަކީ ވެސް ކުރިއަށް އޮތްތަނުގައި ގޯސް އުސޫލްތަކެއް ގާއިމް ކުރެވިގެންދާނެ ކަމެއް ކަމަށް މައުމޫން ވިދާޅުވިއެވެ.

ފާރިސްގެ ވަކީލް ވިދާޅުވީ ފާރިސް ހައްޔަރު ކުރުމާއި އަދި ފާރިސްގެ ބަންދުގެ މައްސަލަ ކުރިއަށްދިޔައިރު ވެސް ޕީޖީން ނިންމާފައި ވަނީ ފާރިސްގެ މައްޗަށް ދައުވާ ކުރަން ކަމަށެވެ. ނަމަވެސް މައުމޫން ހަމީދު ވިދާޅުވީ ޕީޖީގެ ޒިންމާއަކީ ފުލުހުން މީހެއްގެ ތަހުގީގު ކުރުމަށް ފަހު ފޮނުވާ ފައިލް ބޮނޑި ހިފައިގެން ކޯޓަށް ގޮސް ދައުވާ އުފުލާ އޭނާގެ މައްޗަށް އެ ދައުވާ ސާބިތު ކުރުން ނޫން ކަމަށެވެ. އެއަށް ވުރެ ޕީޖީއާ ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާ މާ ބޮޑު ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން މައުމޫން ހަމީދު ވިދާޅުވީ ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ފާރިސްގެ މައްޗަށް ކޮށްފައިވާއިރު އެ މައްސަލައާ ގުޅިގެން ހިންގި ތަހުގީގު ފުރުހަމަ ވެފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެކަން ޝަރީއަތުގެ މަޖިލީހުގައި ޕީޖީ އޮފީހުގެ ވަކީލުން ދެއްކެވި ވާހަކަތަކުން ސާބިތުވާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

އެގޮތުން ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވާއިރު ފާރިސް ރިޝްވަތު ދިނީ ކާކަށްކަން ރިޝްވަތު ދިނީ ކޮންދުވަހަކު، ކޮން ގަޑިއެއްގެ ކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުތައް ބުނާ ގޮތުން މީހެއްގެ މައްޗަށް ދައުވާ ކުރާއިރު އެ މީހަކު އެ ކުށް ކުރި ދުވަހާއި ވަގުތާއި އަދި އެހެނިހެން މައުލޫމާތު ފުރުހަމަ ވާން ޖެހޭނެ ކަމަށެވެ. އަދި ތަހުގީގު ފުރިހަމަނުކޮށް ކުރާ ދައުވާ އިން ބަރީޢަތް ވުމަށް މަސައްކަތް ނުކުރެވޭނެ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް