Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިތުބާރު ކެމްޕޭނު

ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަށްޓަކައި ރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުމުގައި ތިބި އެންމެންނަށް ވެސް މަރުހަބާ ކިޔަންޖެހޭ: ސޯލިޙު

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް މީކާއީލް އަހުމަދު ނަސީމް ހޮވަންޖެހޭކަމަށް ވިދާޅުވެ ރައީސް ސޯލިޙު ވިދާޅުވީ އިންތިޚާބުތައް ކާމިޔާބު ކުރުމަށްޓަކައި އެންމެން ގޮވައިގެން އުޅެވޭނެ އަދި އިތުބާރު ހިފޭ ލީޑަރަކު ޕާޓީއަށް ބޭނުންވާ ކަމަށާއި، މީކާއީލަކީ އެފަދަ ވިސްނުމެއް ހުރި ބޭފުޅެއް ކަމަށް. މީގެ އިތުރުން، ޕާޓީ ހަރުދަނާކޮށް ހިންގުމަށް މީކާއީލް ހުށަހަޅާފައިވާ މެނިފެސްޓޯއަށް ބަލައި، އޭނާއަށް ވޯޓު ދިނުމަށް ރައީސް ސޯލިޙު ވަނީ އެދިވަޑައިގެންފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 ޖޫން 2026 | ހޮނިހިރު 17:09
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު | އެމްޑީޕީ

ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަށްޓަކައި ރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުމުގައި ތިބި އެންމެންނަށްވެސް މަރުހަބާ ކިޔަންޖެހޭކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

އިތުބާރު ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބު ގެއްލިގެން ދިޔަ ގޮތް ރައްޔިތުންވެސް އެބަ ކިޔާދޭ ކަމަށާއި، މީކާއީލް ހޮވިއްޖެނަމަ އެފަދަ ހާލަތަކަށް ޖާގަ ނުދިނުމަށް އެ ރައްޔިތުން ދަނީ އެދެމުން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ، އޭރު ބިކަވެގެން ދިޔައީ ހަމައެކަނި އެމްޑީޕީއެއް ނޫން ކަމަށާއި، އެ ބަދަލުގެ ގެއްލުން މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް ކުރިމަތިލާން ޖެހުނު ކަމަށެވެ.

މީގެ އިތުރުން، ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަށްޓަކައި ރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުމުގައި ތިބި އެންމެންނަށްވެސް މަރުހަބާ ކިޔަންޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ހަމައެކަނި ތިމަންނާއާއި ތިމަންނާ ވަށައިގެން ތިބި މީހުން އެކަނި ތިބެގެން އިންތިޚާބެއް ކާމިޔާބެއް ނުވާނެ ކަމަށާއި، މީކާއީލްއަކީ އެންމެންވެސް ގޮވައިގެން އުޅެވޭ ވިސްނުމުގެ ކެންޑިޑޭޓެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެހެންކަމުން ޕާޓީގެ ޗެއަރޕަރސަންކަމަށް ތާއީދު ކުރައްވަނީ މީކާއީލް އަހުމަދު ނަސީމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ސަބަބަކީ ޗެއަރގެ މަގާމަކީ ހަމަހަމަ ފުރުސަތު ދީގެން ޕާޓީ ހިންގަން ދަންނަ މީހަކަށް ދޭން ޖެހޭ މަގާމެއް ކަމަށާއި، މިހާރަށްވުރެ ޕާޓީގެ ހިންގުމާއި ހަރަކާތްތައް ހިންގޭނެ ގޮތްތައް ހޯދަންޖެހޭތީ ކަމަށްވެސް ރައީސް ސޯލިޙު ވިދާޅުވިއެވެ.

2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ކޯލިޝަނަކާއެކު މަސައްކަތް ކުރެއްވުމުން އެކަމަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިޙު ވިދާޅުވީ، އެ ވެރިކަމަށް އައީ ސޮއިކުރެވިފައިވާ ކޯލިޝަން އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެ އެއްބަސްވުމުގައި އެމަނިކުފާނުވެސް ސޮއިކުރައްވާފައިވާނެ ކަމަށެވެ.

ރައީސް ސޯލިޙު ވިދާޅުވީ ވެރިކަން ކުރައްވާފައިވާނީ އޭރު ސޮއިކުރެވި އެއްބަސްވެގެން ދިޔަ ގޮތަށް ކަންކަން ގެންދިއުމަށް ކަމަށެވެ. އަދި ވިދާޅުވީ މިއަދުވެސް ޕާޓީގެ ފަރާތުން ހަދާ އެފަދަ ލިއުންތަކުގައި ސޮއިކުރަންޖެހޭނީވެސް އިތުބާރު އޮންނަ ބޭފުޅެއް ކަމަށާއި އެއީ މީކާއީލް ކަމަށެވެ.

މީގެ އިތުރުން، މީކާއީލް ވަޑައިގަންނަވަނީ މެނިފެސްޓޯއަކާއެކުގައި ކަމަށާއި، އެ މެނިފެސްޓޯގައި ޕާޓީ ހިންގުމަށް ބޭނުންވާ މުހިއްމު ގިނަ ކަންތައްތަކެއް ހިމެނިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެއީ މީކާއީލްއަށް ތާއީދު ކުރާ އެއް ސަބަބު ކަމަށް ވިދާޅުވެ، އެކަމާ ރައްޔިތުންވެސް ފުންކޮށް ވިސްނުމަށް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.

މީކާއީލް ވަޑައިގަންނަވަނީ މެނިފެސްޓޯއަކާއެކުގައި، އެ މެނިފެސްޓޯގައި ޕާޓީ ހިންގުމަށް ބޭނުންވާ މުހިއްމު ގިނަ ކަންތައްތަކެއް ވަނީ ހިމެނިފައި، އެއީ މީކާއީލްއަށް ތާއީދު ކުރާ އެއް ސަބަބު،
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު 

އަދި އިންތިޚާބެއް ކާމިޔާބު ކުރުމަށްޓަކައި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ތިބުމަކީ މުހިއްމު ކަމެއް ކަމަށާއި، އެއީ ޗެއަރ ކަމަށް އަންނަ ބޭފުޅަކު ކުރަންޖެހޭ އެންމެ މުހިއްމު އެއް ކަންތައް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

އިބްރާހިމް މުހައްމަދު ސޯލިހުމީކާއިލް ނަސީމްއެމްޑީޕީރިޔާސީ އިންތިޚާބު 2023

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުން އެންމެ ހާލުގައި އުޅުނީ ދައުލަތަށް ރިކޯޑު އަދަދަކަށް އާމްދަނީ ލިބުނު 2 އަހަރު، ބަޖެޓު ޚަރަދު ކުރާ ގޮތެއް ނޭނގޭ: ޝަމްހީދު

ރައްޔިތުން އެންމެ ހާލުގައި އުޅުނީ ދައުލަތަށް ރިކޯޑު އަދަދަކަށް އާމްދަނީ ލިބުނު 2 އަހަރު، ބަޖެޓު ޚަރަދު ކުރާ ގޮތެއް ނޭނގޭ: ޝަމްހީދު

06 ޖޫން 2026
ދަރަނި ދައްކަން ޖެހޭނީ ރައްޔިތުން ނިކަމެތި ނުކޮށް، ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްގެން: ކުރީގެ ރައީސް ނަޝީދު

ދަރަނި ދައްކަން ޖެހޭނީ ރައްޔިތުން ނިކަމެތި ނުކޮށް، ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްގެން: ކުރީގެ ރައީސް ނަޝީދު

06 ޖޫން 2026
ހިތަދޫ އުތުރު ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

ހިތަދޫ އުތުރު ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

06 ޖޫން 2026
ރައީސް ސޯލިހު ފުވައްމުލައް ސިޓީ އަށް ވަޑައިގެންފި

ރައީސް ސޯލިހު ފުވައްމުލައް ސިޓީ އަށް ވަޑައިގެންފި

05 ޖޫން 2026
ޝާހިދު ކިޔައިދެއްވީ ހައްތަހާވެސް އައްޑޫގެ ތަރައްޤީ އާއި މެދު ސަރުކާރުން "ކަނޑާ ފޮނި"، އަމަލާއި ދިމާ ނުވާ ސަބަބުތައް

ޝާހިދު ކިޔައިދެއްވީ ހައްތަހާވެސް އައްޑޫގެ ތަރައްޤީ އާއި މެދު ސަރުކާރުން "ކަނޑާ ފޮނި"، އަމަލާއި ދިމާ ނުވާ ސަބަބުތައް

05 ޖޫން 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު